ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ސަރުކާރުން އަންގަން ނިންމައިފިއެވެ.
މިނިންމުން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން މިއަދު ބޭއްވި އެޗްއީއޯސީގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި އެޗްއީއޯސީ އަށް ލަފާ އަރުވާ ޑޮކްޓަރުން ހިމެނޭ ޓެގް ޓީމުން ވެސް ބައިވެރިވިއެވެ.
ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް އަންގަން ސަރުކާރުން ނިންމި ނަމަވެސް މިނިންމުން އަދި އިއުލާނެއް ނުކުރެއެވެ.
ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ހުއްދަ މިހާރު އެޗްޕީއޭ އިން ދީފައި އޮތް ނަމަވެސް ހުޅުމާލޭ ޒުވާނުންތަކެއް އިންތިޒާމް ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތެއް ފުލުހުން ވަނީ މިދިޔަ ހަފްތާގައި ހުއްޓުވާފައެވެ. ފުލުހުން އެމުބާރާތް ހުއްޓުވީ ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ގައިޑްލައިންތަކާއި ހިލާފަށް މުބާރާތް ކުރިއަށް ގެންދާ ކަމަށް ބުނެއެވެ.
ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެ މިހާރު ރާއްޖެ ހިމެނެނީ ދުނިޔެއަށް ބަލާއިރު ވެސް އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވާ ގައުމުތަކުގެ އެއްވަނައިގައެވެ. ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހައި ބޮޑަށް މައްޗަށް ގޮސްފައި ވަނީ އޭޕްރީލް މަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ކޮވިޑުން ރައްކާތެރިވުމުގެ ގިނަ ފިޔަވަޅުތައް އުވާލުމުންނެވެ.
ރައީސް ކިޔަންވެސް ފަކުރުގަނޭ އިނގޭތޯ
ނުވާނެތި ކަމެއް. ބޮޑުވަޒީރު ތި ކަމަށްހުރަސް އަޅާނެ. ރެސްޓޯރެންޓުވެސް ނު ކުރެވޭނެބަންދެއް. ބޮޑުވަޒީރު ރުޅިއަންނާނެ. އަލިފު ހާ :
ގަލޮލު ބޯޅަދަނޑަށް އެހެންނޫނަސް ކުޅި ބަލަން ބަޔަކު ނުވަދޭ. ޔޫރަޕްގައި ކޮވިޑް ފެތުރުނަސް ލީގުތައް ހުއްޓާ ނުލާ ކުރިއަށްދޭ. ހަމައެކަނި ކުޅިބަލާ މީހުންނަށް ދަނޑަށް ނުވަދެވޭގޮތް ހެދީ.