މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ކާމިޔާބުކުރި ލަނޑާއެކު ވެސްޓް ބްރޮމް އަތުން ލިވަޕޫލް މޮޅުވެއްޖެ އެވެ.

ރެލިގޭޓުވެފައިވާ ވެސްޓް ބްރޮމް ގެ ދަނޑުގައި ކުޅުނު މި މެޗުން ލިވަޕޫލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު ލިވަޕޫލް ވަނީ ގަދަ ހަތަރެއްގެ އުއްމީދު އާކޮށްފައެވެ.

މުޅި މެޗުކަހަލަ ގޮތަކަށް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ލިވަޕޫލެވެ. މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ތާވަލުގެ ފަސްވަނައިގައެވެ. އެއީ ކުޅުނު 36 މެޗުން ލިބުނު 63 ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި ޗެލްސީ އޮތީ 36 މެޗުން ލިބުނު 64 ޕޮއިންޓާއެކު އެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ލެސްޓާ އެވެ. މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ވޭލްސްގެ ފޯވާޑް ހަލް ރޮބަޓްސަން ކާނޫ އެވެ. ލިވަޕޫލުން ނަތީޖާ ހަމަހަމަކުރި ލަނޑު މުހައްމަދު ސަލާހް ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ މިނެޓުގަައެވެ. ދެވަނަ ހާފުގައި ވެސްޓް ބޮރޮމްގެ ކައިލް ބާޓްލީ ލަނޑެއް ޖެހިއެވެ. މެޗުގެ 70 ވަނަ މިނެޓުގައި މި ލަނޑު ޖެހި ނަމަވެސް ވީއޭއާރުގެ އެހީގައި އެއީ ލަނޑެއް ކަމަށް ރެފްރީ ބަލައެއް ނުގަތެވެ.

މެޗު އެއްވަރުވެގެން ނިމޭނެކަމަށް ބަލައިގެން ތިއްބާ މެޗުގެ އެންމެ ފަހު ވަގުތު ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ގޯލު ދޫކޮށް ކުރިޔަށްޖެހި އެ ޓީމުގެ އެޓޭކުގައި ބައިވެރިވެފައެވެ. އެއީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ހަތަރު މިނެޓުގެ އެންމެ ފަހު ވަގުތުކޮޅު ކަމަށް ބަލައިގެންނެވެ. އެއާއެކު އޭނައަށް ނަސީބު ލައްވާލީ އެންޑީ ރޮބަޓްސަން ނަގައިދިން ބޯޅަ ބޮލުނ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލާ ލިވަޕޫލް މޮޅުކޮށްދިނުމުންނެވެ.

މި ލަނޑު ޖެހުމާއެކު ލިވަޕޫލްްގެ ހުރިހާ ކުޅުންތެރިން ވަނީ ކީޕަރާއެކު އުފާފާޅުކޮށްފައެވެ. އެއާއެކު މިއީ ކީޕަރު އެލިސަން ބެކާ އަށް ބޮޑު އުފަލެކެވެ. މިއީ ލިވަޕޫލްގެ ދިގު ތާރީހުގައި ކީޕަރަކު މިފަދަގޮތަކަށް ޓީމު މޮޅުކޮށްދިން ފުރަތަމަ ފަހަރެވެ.