ހުކުރު ދުވަހު ފީފާ ވޯލްޑް ކަޕު ގުރޫޕް ސްޓޭޖުގައި ސްޕެއިން އަދި ޕޯޗުގަލް ބައްދަލު ކުރި މެޗުގައި ރޮނާލްޑޯ ކުޅުނު މޮޅު ކުޅުމަށް މޮރީނިއޯ ތައުރީފު ކޮށްފިއެވެ.

ފަހު ވަގުތު ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ކާމިޔާބު ކޮށްދިން ފްރީ ކިކާއި އެކު ހެޓް ޓްރިކެއް ހެދުމަށް ފަހު ސްޕެއިން ހިފަހައްޓާފައެވެ.

"ރޮނާލްޑޯ އަކީ މޮޅު މިސާލެއް، އޭނާ އަށް އެނގޭ ބަލި ނުވާނެ ކަން، އެފަދަ ނަމޫނާ ދައްކާ ކުޅުންތެރިންނަކީ އަހަރެން އަބަދުވެސް ބޭނުންވާ ކަހަލަ ކުޅުންތެރިން" ޕޯޗުގަލްގެ މޮރީނިއޯ ބުންޏެވެ.

"ބައެއް ކުޅުންތެރިންނަކީ ވަކި މެޗު ތަކެއްގައި ތަފާތު ދައްކާ ކުޅުންތެރިން އަދި ބައެއް ކުޅުންތެރިންނަކީ މުހިއްމު މެޗު ތަކުގައި ތަފާތު ދައްކާ ކުޅުންތެރިން، މުހިއްމު މެޗު ތަކުގައި ތަފާތު ދައްކާ ކުޅުންތެރިޔަކީ މޮޅު ކުޅުންތެރިއެއް" މެންޗެސްޓާރ ޔުނައިޓެޑުގެ ކޯޗު ބުންޏެވެ.

މީގެ އިތުރުން ރޮނާލްޑޯ އާއި ބެހޭ ގޮތުން މޮރީނިއޯ ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑު އަދި ރިއަލް މެޑްރިޑުގައި ފްރީކިކު ޖަހަމުން އައި ގޮތަށް މިހާރު ރޮނާލްޑޯ ނުޖަހާ ކަމަށާއި ނަމަވެސް ޕޯޗުގަލް އާއި ދެކޮޅަށް ޖެހި ފްރީ ކިކަކީ މުހިއްމު ފްރީ ކިކެއް ކަމަށެވެ. އޭނާ ފްރީ ކިކު ޖެހީ ޕޯޗުގަލް އަށް ހުންނަ ލޯބި ހިތުތެރޭ ބާއްވައިގެން އިތުބާރާއި އެކު ކަމަށްވެސް މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑިހެއާ އަތުން ހެދުނު ގޯހެއްގެ ސަބަބުން ރޮނާލްޑޯގެ ދެވަނަ ލަނޑު ވަން ނަމަވެސް މޮރީނިއޯ ވަނީ ޑިހެއާ ދިފާއު ކޮށްފައެވެ.

"އެންމެ މޮޅު ކީޕަރުންގެ އަތުންވެސް ގޯސް ހެދޭނެ، އަހަންނަށް ބުނަން ވަެަށް ސުނދަގޫ ނަމަވެސް އޭނާ އަށް އިނގޭނެ އެއީ ވަރަށް ނުބައި ގޯހެއްކަން، ދެން އަންނަ މެޗުގައި ރަނގަޅު ވާނެ" އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ ނަޖީބު

    ރޮނާލްޑޯ ކުޅެން މޮޅީކީ ނޫން، ލަނޑުޖަހަން މޮޅީ...ދަނޑުމަތީގަ ހުންން މީހެއް ރޮނާލްޑޯ އަކީ..

  2. ފޮޅި

    ޅަނޑު ޖަހަން މޮޅު މީހުން ދަނޑު މަތީގައި ހުރުމުން މޮޅަށް ކުޅެނީ އަކީ ނޫންތަ.. ކިޔާނެ އެހެން އެއްޗެއް ބުނެބަލަ..

  3. މަރީ

    ބޭނުމަކީ ލަޑު ޖެހުން ކުޅުނަކަސް ނުވާނެ. ކުޅެނީވެސް ލަޑުޖަހަން

  4. ޢަޒީ

    ޢަޭ ފޮޅި ދެން ކަލޯ ތީ ބޮޑު ޖޯކެއް ދޯ

  5. އެޑަމް

    ފުޓްބޯޅަ ކުޅެނީ ދެޓީމްވެސް ލަނޑުޖަހަން ހާއްސަކޮށް އެޓޭކިން ކުޅުންތެރިޔަކު އާދަޔާ ހިލާފަށް ލަނޑު ޖަހަން މޮޅުވީމަ އެއީ މޮޅު ކުޅުން ތެރިއަކަށްވީ،،، އޭނަ ނުޖެހޭ ކޮންމެހެން މުޅި ދަނޑުގަ ދުވާކަށް..