ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އޭނާގެ ގައުމުގެ ރައްޔިތުންގެ ހިތުގައި ވަރަށް ވަރުގަދަ ލޯތްބެއް އޮވެއެވެ. އަދި ހާއްސަކޮށް ރޮނާލްޑޯގެ އުފަން ރަށުގެ ރައްޔިތުން އޭނާ ދެކެވާ ލޯބި މާބޮޑެވެ. އެކަމުގެ ހެއްކަކީ ރަށުގެ އެއާޕޯޓްގެ ނަން ވެސް ރޮނާލްޑޯ އަށް ނިސްބަތްކޮށްފައި ވުމެވެ.

މެޑީރާ އެއާޕޯޓް ނުވަަތަ ކްރިސްޓިއާނޯ ރޮނާލްޑޯ މެޑީރާ އެއާޕޯޓް އަކީ ރޮނާލްޑޯގެ އުފަން ރަށުގައި އޮންނަ އެއާޕޯޓެވެ. އެއާޕޯޓްގެ ނަމުގެ އިތުރަށް ރޮނާލްޑޯ އަށް ހާއްސަ ސްޓެޗޫ އެއް ވެސް އެއާޕޯޓްގައި އެބަހުއްޓެވެ.

ނަމަވެސް ރޮނާލްޑޯގެ މޫނު ސިފަވާގޮތައް ހުރި ސްޓެޗޫ އިިން އޭނާގެ މޫނު ސިފަނުވާކަމަށް ބުނެ އެތައް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ހުކުރު ދުވަހު ހެޓްޓްރިކް ހަދައިގެން ރޮނާލްޑޯ ވަނީ ޕޯޗްގަލް ސަލާމަތް ކޮށްދީފައެވެ. އެއާއިއެކު ރޮނާލްޑޯގެ ބުދުގެ ވާހަކަ ވަނީ މީޑީއާގެ ސަމާލުކަމަށް އައިސްފައެވެ. ރޮނާލްޑޯގެ މޫނު އެންމެ ރީތިކޮށް ސާފުނުވާ ބުދުވަނީ އެއަށްވުރެ ސާފުކޮށް، އޭނާގެ މޫނު ސިފަވާ ބުދަކަށް ބަދަލުކޮށްފައެވެ. އަދި، މިކަން އެއަރޕޯޓުން ކުރީ ވަރަށް ސިއްރުންކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

https://twitter.com/biconvalkyrie/status/1008352545511739393