ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުތަކުގެ ތެރޭގައި ހިމެނޭ ސްޕެއިން އާއި ސްވިޑަން މިރޭ 00:00 ގައި ބައްދަލުކުރާނެ އެވެ. މިމ މެޗާއި ސްޕެއިން ކުރިމަތިލަނީ ބޮޑު ގޮންޖެހުންތަކާއެކު އެވެ. ހާއްސަކޮށް އެ ޓީމުގެ މުހިއްމު އެއް ކުޅުންތެރިޔާ ސާޖިއޯ ބުސްކެޓްސް އަށް ކޮވިޑު ޖެހުމާއި ގުޅިގެން އޭނާއަަށް މި މެޗުގައި ނުކުޅެވުން އެއީ ބޮޑު ހިތާމައެކެވެ.

ސްޕެއިންގެ ސެވިއްޔާއަށް ނިސްބަތްވާ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައެވެ. މި ސްޓޭޑިއަމްގެ ޖާގައަކީ ޖުމްލަ 62000 ކަމަށްވާއިރު މެޗު ބެލުމުގެ ފުރުސަތު ދޭން ނިންމާފައިވަނީ ދަނޑުގެ ތިންބައިކުޅަ ދެބައި މީހުންނަށެވެ.

މި މެޗު ކުޅޭއިރު މި މުބާރާތަށް މިފަހަރު ސްޕެއިން ނުކުތީ ނިސްބަތުން ޒުވާން ހުނަރުވެރި ކުޅުންތެރިންނާއެކު އެވެ. އަނެއްކޮޅުން ސްވިޑަންގެ ޓީމަށް ބަލާއިރު އަނިޔާގެ ސަބަބުން އިބްރަހިމޮވިޗް މިފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ. ސްޕެއިންގެ އެންމެ ބޮޑު މައްސަލައެއް ޖެހުނީ މި ސްކޮޑުގައި ރެއާލްގެ ކުޅުންތެރިން ނުހިމެނުމުންނެވެ.

މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ސްޕެއިން މި މުބާރާތަށް ނުކުމެފައިވަނީ މުޅިން އައު ސްކޮޑަކާއެކުއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މި ފަހަރުގެ ސްކޮޑުގައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ހިމަނާފައި ނުވާއިރު، މި މަހުގެ ކުރީކޮޅު ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

މި ދެ ޓީމު ވަނީ މިހާތަނަށް 15 ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ. މީގެތެރެއިން ސްޕެއިން ވަނީ ހަ ފަހަރު މޮޅުވެފައެވެ. އަދި ސްވިޑަން މޮޅުވެފައިވަނީ ތިން ފަހަރުއެވެ. ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސްޕެއިން

ކޯޗު: ލުއިސް އެންރީކޭ

ކެޕްޓަން: ސާޖިއޯ ބުސްކެޓްސް

ޔޫރޯއިން ލިބުނު ކާމިިޔާބީ: ޗެމްޕިއަން (1964، 2008، 2012)

 

ސްވިޑަން

ކޯޗު: ހަން އެންޑަސަން

ކެޕްޓަން: އަންޑްރޭޒް ގްރަންވިސްޓް

ޔޫރޯއިން ލިބުނު ކާމިޔާބީ: ސެމީފައިނަލް (1992)

 

ކޯޗުންގެ ބަސް:

ލުއިސް އެންރީކޭ

އެންމެ ގިނަ ޝަކުވާތަކެއް އުފުލަން ޖެހުނު އެއް ކޯޗަކީ އެންރީކޭ އެވެ. ހާއްސަކޮށް ކޮވިޑުގެ ހިޔަނީގައި މުޅި ޓީމު އޮތްއިރު މިއީ އޭނާއަށް ކުރިމަތިވި އެންމެ ބޮޑު ޗެލެންޖުކަމަށް ކޯޗު ބުންޏެވެ.

ނަމަވެސް ކޯޗު ބުނީ ސްވިޑަން އަކީ ބަލިކުރަންޖެހޭ ޓީމެއް ކަމަށާއި މޮޅަކާއެކު ފެށުމަކީ އެންމެ ފުރަތަމަ ޓާގެޓު ކަމަށެވެ. އަދި ސްވިޑަން އަކީ ފަސޭހަ ޓީމެއް ނޫންކަމަށްވެސް އެންރީކޭ ބުންޏެވެ.

ޔާނީ އެންޑަސަން (ސްވިޑަން)

މިފަހަރުގެ ޔޫރޯގައި ސްވިޑެންގެ އަމާޒަކީ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔުން ކަމަށް ކޯޗު ބުންޏެވެ. ސްޕެއިން އާއި ދެކޮޅަށް ފުރަތަމަ މެޗު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއްގެ ގޮތުގައި އޭނާ ފާހަގަކުރި އެވެ.