އޯޝިއާނާ ސަރަހައްދުުގައި ފުރަތަމަ ފަހަރަށް ބޭއްވުނު ފީފާ އަންހެނުންގެ ވޯލްޑް ކަޕުގެ ފައިނަލްގައި އިނގިރޭސި ވިލާތާއި ސްޕެއިން ވާދަކުރި މެޗު ސްޕެއިންގެ އަންހެނުންގެ ޓީމުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލައިފިއެވެ. 1-0 ގެ ނަތީޖާއިން ނިމިގެން ދިޔަ މެޗުގެ ހަމައެކަނި ލަނޑު ޖަހައި، ސްޕެއިންނަށް މި މެޗު ކާމިޔާބުކޮށްދިނީ ސްޕެއިންގެ ލެފްޓުބެކް އޮލްގާއެވެ. އެނާ ވަނީ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ހޮވިފައެވެ.

އަންހެނުންގެ ވޯލްޑްކަޕް ސްޕެއިން އިން ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމާއެކު، އެގައުމު ވެގެން ދިޔާއީ ފިރިހެނުން އަދި އަންހެނުންގެ ވޯލްޑުކަޕް ކާމިޔާބު ކުރި ދެވަނަ ގައުމަށެވެ.

ސްޕެއިން އިން މުބާރާތް ކާމިޔާބު ކުރި އިރު އެ ޓީމުގައި ބާސެލޯނާގެ 7 ކުޅުންތެރިން ހިމެނެއެވެ. ފައިނަލާ ހަމައަށް ސްޕެއިން ދަތަރު ކުރިއިރު އެ ޓީމު ބަލިވެފައިވަޏީ އެންމެ މެޗަކުންނެވެ. ޖަޕާނާ ވާދަކޮށް ސްޕެއިން ބަލިވެފައިވަނީ 4-0 ގެ ބޮޑު ފަރަޤަކުންނެވެ. ސްޕެއިންނާ ޙިލާފަށް އިނގިރޭސި ޓީމުން ވަނީ އެއްވެސް މެޗަކުން ބަލިނުވެ ފައިނަލަށް ވާޞިލްވެފައެވެ. އިނގިރޭސި ވިލާތުން ވަނީ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެފައެވެ، ގްރޫޕް ސްޓޭޖްގައި އިނގިރޭސި ވިލާތު ކޮޅަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ. މި ލަނޑު ކާމިޔާބު ކޮށްފައިވަނީ ޗައިނާއިންނެވެ.

ފައިނަލްގައި އިނގިރޭސި އަދި ސްޕެއިން ޓީމުގެ ކުރިމަތިލުން ފެނިގެން ދިޔާއީ ވަރަށް ވާދަވެރިކޮންނެވެ. މެޗު ފެށިގެން 15 މިނެޓު ތެރޭގައި އިނގިރޭސި ޓީމުން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފައެވެ ނަމަވެސް މި ހަމަލާ ވަނީ ގޯލުގެ ދަނޑީގައި ޖެހި ބޭރުވެފައެވެ. ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާއިން ސްޕެއިން ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފްގައި ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާބިޔާބެއް ނުކުރެވުނެވެ. މެޗް ނިމެން ގާތްވެފައިވަނިކޮށް އިނގިރޭސި ވިލާތައް ވަނީ ކޯނަރެއް ލިބިފައެވެ، ނަމަވެސް ސްޕެއިންގެ ކީޕަރު ކަޓަލީނާ ކޮލް ވަނީ ހުޝިޔާރުކަމާއެކު ކޯނަރަށް ހުރަސްއަޅާފައެވެ.

މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޖަޕާންގެ ހިނަޓާ މިޔަޒަވާ އެވެ، އަދި ހަމަ އެއާއެކު އިނގިރޭސި ވިލާތު ބަލިވިކަމުގައި ވީނަމަވެސް އަންހެނުންގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އިނގިރޭސި ވިލާތުގެ މެރީ އޭޕްސްއެވެ.