ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ފްރާންސް އަތުން ޖަރުމަނު ބަލިވި މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ދަނޑުމަތީގައި 10-15 ސިކުންތާއި ދެމެދުގެ ވަގުތެއްގައި ހޭވެރިކަން ނެތްކަމަށް ފްރާންސްގެ ޑިފެންޑަރ ބެންޖަމިން ޕަވާޑް ބުނެފިއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕަވާޑަށް އަނިޔާވުމާއެކު ދަނޑުމަތީގައި އޭނާއަށް ފަރުވާދީފައިވެއެވެ. މިކަން ދިމާވީ ފްރާންސް ލަނޑުޖެހި ފަހުން ޖަރުމަނުގެ ރޮބިން ގޮސެންސް އެޓޭކަށް އެރި ވަގުތު މަތިން އައި ބޯޅައެއް ހޯދަން އުޅުމުގެ ތެރޭގައި ޕަވާޑްގެ ބޮލުގައި ޖެހިފައި ހިނގި ހާދިސާއާއި ގުޅިގެންނެވެ.

ފްރާންސްގެ މެޑިކަލް ސްޓާފުން ވަގުތުން ފަރުވާ ފެށިއިރު އޭނާ އެންމެ ފުރަތަމަ ހޭވެރިކަމެއް ނެތް ކަމަށާއި ވާހަކަދެއްކުމުން ވެސް އެއަށް ޖަވާބުނުދީ އިރުކޮޅެއް ވަންދެން އޮތްކަމަށް ވެއެވެ.

މެޗަށްފަހު ޕަވާޑް ވާހަކަދައްކަމުން ބުނީ އެކަން ހިނގުމުން ކުޑަވަރެއްގެ ޝޮކެއް ލިބުނު ކަމަށާއި ބޮޑުވަރެއް ނުވެ އެނބުރި ކުޅުމުގެ ތެރެއަށް އައުމުން ހިތްހަމަޖެހޭ ކަމަށެވެ.

ޕަވާޑް ބުނީ ޖަރުމަނާއި ދެކޮޅަށް ފްރާންސް ކުޅުނީ އުއްމީދީ ކުޅުމެއް ކަމަށާއި މި ކުޅުން ތަކުރާރުކޮށްގެން ޔޫރޯގެ ތަށި ހޯދުމަކީ އުނދަގޫކަމެއް ނޫން ކަމަށެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅޭ މި ގްރޫޕުގެ މެޗުތަކުގެ ތެރެއިން ފްރާންސް ދެން ބައްދަލުކުރާނީ ހަންގޭރީއާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ. އަދި ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ.