ފްރާންސްގެ އަންހެން ފުޓްބޯޅަ ކުޅުންތެރިން ބުރުގާ އަޅައިގެން މެޗް ކުޅުން މަނާކުރި ނިންމުމަށް ތާއީދުކޮށް އެ ނިންމުން ދެމެހެއްޓުމަށް އެންމެ މަތީ އެޑްމިނިސްޓްރޭޓިވް ކޯޓުން ބުރާސްފަތި ދުވަހު ނިންމައިފިއެެވެ.

ފްރާންސްގެ ފުޓްބޯޅަ އޯގަނައިޒޭޝަނުން ބުރުގާ އަޅައިގެން ފުޓްބޯޅަ ކުޅުން މަނާކުރުމުން އެކަމާއި ކަންބޮޑުވާ ފްރާންސްގެ ބައެއް ސިޔާސީ ބޭފުޅުންވެސް ވަނީ އެކި ދީންތަކުގެ މީހުންގެ ހައްގުތައް އެނިންމުމުގެ ސަބަބުން ނިގުޅައިގެނެވޭކަން ފާހަގަކޮށްފައިއެވެ. މި ގަވާއިދާ ދެކޮޅަށް ފްރާންސްގެ މުސްލިމް އަންހެން ކުޅުންތެރިން ވަނީ ނުރުުހުން ފާޅުކޮށްފައެވެ. އަދި އެންމެ ފަހުން މި މައްސަލަ ފްރާންސްގެ ކޯޓަކަށްވެސް ހުށަހެޅުނެވެ.

"އާންމު ހިދުމަތްތައް ރަނގަޅަށް ހިންގުމުގެ މަސައްކަތަކީ ކުޅިވަރު ފެޑެރޭޝަންތަކުން މުބާރާތްތަކާއި ކުޅިވަރު އިވެންޓްތަކުގައި ކުޅުންތެރިންގެ މައްޗަށް ނިއުޓްރަލިޓީ ޝަރުތެއް ލާޒިމުކޮށް، މެޗުތައް އޮމާންކަމާއެކު ހިނގާނެ ކަމުގެ ޔަގީންކަން ދިނުމާއި އެއްވެސް ކުރިމަތިލުންތަކެއް ނުހިނގާނެ ފަދަ ގޮތަކަށް އަމަލުކުރުން" ކޮންސްޓިޓިއުޝަނަލް ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"ކުޅިވަރު ކުޅޭއިރު ދީނީ ހެދުމެއް ލައިގެން ނުވާނެ. ފުޓްބޯޅަ ކުޅޭއިރު ކުރިމަތީގައި ހުރި މީހާގެ ދީން އެނގެން ނުޖެހޭނެ" އިންޓީރިއާ މިނިސްޓަރު ޖެރަލްޑް ޑާމަނިން ބުނެފައިވެއެވެ.

ފްރާންސްގެ މިހާރުގެ ރައީސް އިމޭނުއެލް މެކްރޯން ވެރިކަމަށް އައުމަށް ފަހު، ފްރާންސްގައި މުސްލިމުންނަށް ފުޓްބޯޅަ ކުޅުމުގައި ތަފާތުކުރުންތައް ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. ނިމިދިޔަ ރަަމަޟާން މަހުގައިވެސް، އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މުސްލިމް ކުޅުންތެރިން ރޯދަ ވީއްލާ ގަޑިއަށް މެޗް މެދުނުކެނޑުމަށް އިރުޝާދު ދީފައިއެވެ. ފްރާންސްއިން މިގޮތަށް އަމަލުކުރިއިރު، ޔޫރަޕްގެ އެހެން ގައުމުތަކުގެ ބޮޑެތި ލީގްތަކުގައި މުސްލިމް ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ފުރުޞަތު ދިނުމަށް ރެފްރީންނަށް އިޚްތިޔާރު ދީފައިވެއެވެ.

މެކްރޯން ގަބޫލުކުރާގޮތުގައި މުސްލިމުންނަކީ ސެކިއުލިއާރިޒަމަށް އޮތް ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

    އަންހެނުން ފުޓްބޯޅަކުޅުން ދީން ހުއްދަކުރާކަމެއްނޫން! ދެން ކޮން ބުރުގަލެކޭ ކިޔާކަށް!

    3
    5
    • ލޮލ

      ހާބީ ގޮލައެއް ދޯ މީ

  2. ހުވަދު

    މީ ހަމަ އެވަރުން އަންހެން ވެރިން ކުރަންޖެހޭ ކަމެއްތަ؟؟؟؟

    3
    1