އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވާން ކުޅޭ ގްރޫޕްސްޓޭޖުގެ ފަހު ބުރުން ޖާާގައެއް ރާއްޖެއަށް ލިބިއްޖެއެެވެ.

ރާއްޖެއަށް ކޮލިފައިންގެ ފައިނަލް ބުރުން ޖާގައެއް ލިބުނުކަން ހާމަވީ އޭޝިއަން ކަޕްގެ ކޮލިފައިން އަށް އޭއެފްސީން ކަނޑައެޅި އާ ރޭންކިންތަކުގައިވާ ގޮތުންނެވެ. މީގެކުރިން އޮތް ގޮތުން ފިލިޕީންސް އަތުން މޮޅު ނުވެއްޖެ ނަަމަ ރާއްޖެއަށް ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ.

ރާއްޖެއާއެކު އޭޝިއަން ކަޕް ކޮލިފައިންގެ ފައިނަލް ބުރުން ފުރުސަތު ލިބިގެންދިޔަ ހަތަރުވަނައިގައި ހިމެނުނު ގައުމުތަކަކީ ސިންގަޕޫރާއި ހޮންކޮން އަދި ނޭޕާލާއި އަފްގާނިސްތާނާއި ތައިލޭންޑާއި ސްރީލަންކާ އަދި މޮންގޯލިޔާ އެވެ.

ފަސްވަަނަ ޓީމުތަކުގެ ތެރެއިން ފައިނަލް ބުރަށް ހޮވުނީ ޔަމަން އާއި މިޔަންމާގެ އިތުރުން ބަންގްލަދޭޝް އެވެ.

އިއްޔެ ފިލިޕީންސް އަތުން އެއްވަރުވުމާއެކު ރާއްޖެއަށް އޮތީ ކޮލިފައިންގެ ފައިނަލް ބުރަށް ދިއުމަށް ޕްލޭއޮފް މެެއް ކުޅޭށެވެ. އެ މެޗުން މޮޅުވެގެން ރާއްޖެއަށް ކޮލިފައިންގެ ފައިނަލް ބުރުން ޖާގަ ލިބޭ ގޮތަށެވެ. ނަމަވެސް އާ ގަވާއިދާއެކު ގިނަ ޓީމުތަކަކަށް މި ވަނީ ފައިނަލް ބުރުން ފުރުސަތު ލިބިފައެވެ.

އޭއެފްސީން އަލަށް ހެދި އުސޫލުގައިވާ ގޮތުން ގްރޫޕުގެ ދެވަނަ އަދި ހަަތަރުވަނައިން ޖާގަ ލިބުނު ޓީމުތައް ނުގުނާނެއެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕުގައި ޗައިނާ އާއި ގުއާމް އާއި ދެކޮޅަށް ކުޅުނު މެޗުތަކުގެ ޕޮއިންޓެއް ނުގުނާނެ އެވެ. ރާއްޖެ ކޮލިފައިން ނިންމާލީ ގްރޫޕުގެ ހަތަރުވަނައިގައި ހިމެނިގެންނެވެ. އެއްވަނައިގައި ސީރިއާ 21 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި ޗައިނާ އޮތީ 19 ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިިލިޕީންސް 11 ޕޮއިންޓާއެކު އޮތްއިރު ހަތަރުވަނައިގައި ރާއްޖެ އޮތީ 7 ޕޮއިންޓާއެކު އެވެ.

އޭޝިއަން ކަޕުގެ ފައިނަލް ބުރުގައި ހިމެނޭނީ ހަ ގްރޫޕެވެ. ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ވާދަކުރާއިރު ކޮންމެ ގްރޫޕަކުން ދެ ޓީމެއް އޭޝިއަން ކަޕަށް ކޮލިފައިވާނެ އެވެ. މިއާއެކު ޕްލޭއޮފް ކުޅެން ޖެހޭ ގައުމުތަކަކީ ރާއްޖެ ގްރޫޕުގެ ފުލުގައި އޮތް ގުއާމް އާއި ކެމްބޯޑިއާ އަދި ޗައިނީސް ޓައިޕޭ އާއި އިންޑޮނީޝިއާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކާފަ

  މީކޮންކަހަލަ މުބާރާތެއް.. ފުތަތަމަ ދެމެޗްގެ ޕޮއިންޓެއްނުގުނަޔޯ.. ކެކެކެ.. ތިހުރީ ކޮރަޕްޝަން ވަދެފައި.. ޓީމްކެޓީމަވެސް ފައިސާކޮޅެއް ދިނީމަ އަނެއްކާ މުބާރާތުގައި ބައިވެރިކުރަނީ..

  26
  6
 2. މައްކި

  ގައުމީ ޓީމަށް ފުރުސަތު ލިބުމުން އުފާކުރަން. އެކަމަކު މިއީ މުބާރާތަކަށްވުރެ އަރަތެއް

  20
  1
 3. ހަސަދު

  ގައުމީޓީމަށް ހިއްވަރު ދެން އަދި ކާމިޔާބީ އަށްވެސް އެދެން. އެހެނަސް ކުޅުންތެރިން ރެޕްރެސެންޓު ކުރަނީ ގައުމު. ބޯދިގު ކޮށް ފަހަތަށް ހުޅިޖެހުން އެއީ މުޖްތަމައު ގަބޫލްކުރާ ކެމެއްނޫން. ވީމާ ކިތައްމެ މޮޅަސް މުޖްތަމައު ގަބޫލު ނުކުރާ ގޮތަށް ތިބޭ ކުޅުންތެރިން ރަނގަޅު ވާނީ ޓީމަށް ނޭރުވިއްޔާ.

  3
  3