އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް "ޑީ" ގައި ހިމެނުނު އިންޑިއާއިން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، އޭޝިއަން ކަޕްން ޖާގަ ހޯދައިފިއެވެ.

ގްރޫޕް ސްޓޭޖުގައި އިންޑިއާ ކުޅުނު ފަހު މެޗުގައި މިރޭ ހޮންކޮންގް އަތުން 0-4 ގެ ނަތީޖާއަކުން ވަނީ މޮޅުވެފައެވެ. މި މެޗުގައި އިންޑިއާގެ ލަނޑުތައް ކާމިޔާބުކުރީ އަންވަރު އަލީ، ސުނިލް ޗެތުރީ، މަންވީރު ސިންހް އަދި އިޝާން ޕަންޑިތާއެވެ.

ކޮލިފައިންގައި މިރޭ ހޮންކޮންގްއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވި ނަމަވެސް، އިންޑިއާއަށް އޮތީ ދެވަނަ ޓީމުގެ ގޮތުގައިވެސް އޭޝިއަން ކަޕަށް ކޮލިފައިވެފައެވެ. ނަމަވެސް ހޮންކޮންގް އަތުން ހޯދި ބޮޑު މޮޅާއެކު އިންޑިއާ އޭޝިއަން ކަޕަށް ކޮލިފައިވީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ގްރޫޕްގެ އެއްވަނައިގެ ގޮތުގައެވެ.

އިންޑިއާ ހިމެނުނު ގްރޫޕްގައި އެޓީމުގެ އިތުރުން ދެން ހިމެނެނީ ހޮންކޮންގް، އަފްގާނިސްތާން އަދި ކެމްބޯޑިއާއެވެ. ގްރޫޕްގެ ދެވަނަ ތިން މެޗުން ހަ ޕޮއިންޓާއެކު ހޯދައިގެން ހޮންކޮންގް ހޯދިއިރު، އެޓީމު ވަނީ އެންމެ މޮޅު ރަނަރަޕް ޓީމުތަކުގެ ތެރޭގައި ހިމެނިގެން 1968 ވަނަ އަހަރަށްފަހު އޭޝިއަން ކަޕުން ފުރުސަތު ހޯދާފައެވެ.

މި ގްރޫޕްގެ ތިންވަނަ ކުޅުނު ދެ މެޗުން އެއް ޕޮއިންޓް ހޯދައިގެން އަފްގާނިސްތާޏް ހޯދިއިރު، އެޓީމާ އެއް އަދަދަކަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ފުލަށް ދިޔައީ ކެމްބޯޑިއާއެވެ.

މިއީ އޭޝިއަން ކަޕަށް އިންޑިއާ ކޮލިފައިވި ފަސް ވަނަ ފަހަރެވެ. އެޓީމު ވަނީ 1964، 1984، 2011 އަދި 2019 ވަނަ އަހަރުވެސް އޭޝިއަން ކަޕްގައި ވާދަކޮށްފައެވެ.