ފީފާ ވޯލްޑްކަޕްގައި މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލައި އެންމެ ރަނގަޅު ކުޅުމެއް ކުޅެމުން އަންނަ އެއް ކުޅުންތެރިއަކީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކެޕްޓަން ކުރިސްޓިއާނޯ ރޮނާލްޑޯ ކަމީ ގަބޫލު ކުރަން ޖެހޭ ހަޤީގަކެވެ.

އެއީ ވޯލްޑްކަޕްގައި ފުރަތަމަ މެޗުގައި 2010 ވަނަ އަހަރުގެ ޗެމްޕިއަން ސްޕެއިން ކޮޅަށް ހެޓްރިކް ހެދުމާއި އޭގެ ފަހުން ޕޯޗުގަލް ކުޅުނު މެޗުގައިވެސް ރޮނާލްޑޯގެ ފަރާތުން ގޯލެއް ފެނިފައި ވުމުންނެވެ.

ނަމަވެސް ރޮނާލްޑޯގެ ފަރާތުން ވޯލްޑްކަޕްގައި މިހާތަނަށް ފެނިގެން ގޮސްފައިވާ ހަތަރު ގޯލަކީ ރޮނާލްޑޯގެ ނަސީބު ރަނގަޅުކަމުން ޖެހުނު ހަތަރު ގޯލުކަމަށް ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ މިޑްފީލްޑަރ ސެސް ފެބްރިގާސް ވަނީ ބުނެފިއެވެ.

އެގޮތުން ބީބީސީއަށް ދިން އިންޓަވިޔުއެއްގައި ފެބްރިގާސް ބުނެފައިވަނީ ރޮނާލްޑޯގެ ފަރާތުން މިދުވަސްކޮޅު ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު ކުޅުމެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނަނީ ފޯވާޑް ލައިންގައި ކަމަށާއި މެޗުގެ އެހެން ތަންތާގައި ރޮނާލްޑޯ ހަރަކާތްތެރި ނުވާ ކަމަށެވެ.

އަދި ރޮނާލްޑޯ އަދި ޕޯޗުގަލްއަށް ދެ މެޗުން މޮޅުވެވުނީ އެމީހުންގެ ކުޅުން ރަނގަޅުވެގެން ނޫންކަމަށް ފެބްރިގާސް ވަނީ ބުނެފައެވެ.

" ޕޯޗުގަލް އަށް ލަނޑު ޖެހުނީ ރޮނާލްޑޯ ނޫނީ ޕޯޗުގަލްއިން ރަނގަޅު ކުޅުމެއް ކުޅެގެންނޭ ނުބުނެވޭނެ " ފެބްރިގާސް ބުނެފައިވެއެވެ.

އަދި ރޮނާލްޑޯ ޖެހި ހަތަރު ގޯލު ކުރުކޮށް ސިފަކޮށްދެމުން ފެބްރިގާސް ބުނީ ރޮނާލްޑޯ ޖެހި ގޯލުތަކަކީ ޕެނެލްޓީ އަކުން އަދި ފްރީކިކް އަކުން އަދި ހެޑަރ އަކާއި ސްޕެއިންގެ ކީޕަރަކަށް ހެދުނު ގޯހަކުން ޖެހުނު ލަނޑުތަކެއް ކަމަށެވެ.

ފެބްރިގާސް އަށް މިފަހަރުގެ ސްޕެއިންގެ ސްކޮޑުން ޖާގަ ދީފައި ނުވާއިރު އޭނާއަކީ ރޮނާލްޑޯގެ ރެއާލް މެޑްރިޑާއި އެންމެ ވާދަވެރި ކުލަބު ބާސެލޯނާއަށް ގިނަ އަހަރުތަކެއްގައި ކުޅެދީފައިވާ ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހަސަން

    ރޮނާލްޑޯ ވަރެއް ހަމަ ނެތޭ. ފެބްރިގާސް ޖެހޭނީ ހުވަފެނުގަ ވާރލްޑް ކަޕް ކުޅެން

    • ފުތާބެއްޔާ

      ފެބްރިގާސް އަކީީ ވޯލްޑްކަޕް ވިނާ އެއް. އިތުރުވާހަކައެއް ދައްކާނީީ ރޮނާލްޑޯ ޔަށް ވޯލްޑްކަޕް ކާމިޔާބް ކުރެވުނު ދުވަހަކުން

      • ފޑ

        ރަނގަޅު ވާހަކައެއް

  2. ހުސޭނުބޭ

    މީނަ މި ފަހަރު ސްކޮޑަށް ނުނެގުމުން އުޅެނީ ވަރަށް ބޮޑަށް ހަޖަމު ނުބައިވެގެން.

  3. ސސ

    ރޮނާލްޑޯއަށްވުރެ މާމޮޅުގޯލްޖެހި ނައިޖީރިޔާގެ މޫސަ.

    • މޫސަ

      އާންދެން މިހާރު އާޖެންޓީނާ ކުދިން ސަޕޯރޓް ކުރާނީވެސް މޫސަ އަށް

    • ޏައުބެ

      ހަމަ ތެދުފުޅެއް..

  4. 3ނިރު

    ފެބުރި ކިތަންމެ މޮޅިވިޔަސް ރޮނާޑޯޔާ ހަމަޔަށްވެސް ނާދެވޭނެ ކުޑަމިނުން ރޮނާޑޯޔަށް ދަނޑުމަތިން އެލިބޭ ސަޕޯޓްވެސް ނުލިބޭނެ ސާފްބަހުން ބުނަނީނަމަ ރޮނާޑޯޔާ ހަމަޔަށްވެސް އެއްވެސް ކަމެއްކޮއްގެންނެއް ނާދެވޭނެ ފެބުރިގާސް އުމުރު ހުސްވިޔަސް ދެން ސްޕެއިން ޓީމަކަށް ނުނަގާނެ

    • uuuy

      ????????????????????

  5. ރިއަލިޓޫ

    އެއީ ތެދެއް.
    އެކަމަކު ރޮނާލްޑޯ ސްޕެއިން ކޮޅަށް ޖެހި ފުރީ ކިކް ހަމަ ހެސްކިޔާފައި ސަޅި.

  6. ޢަލީ

    ހަސަނާ ހާދަވަރެއް ތިވީ، މަކަރާ ހިލަތުން ޖެހުމާއި ޕެނަލްތީ ހޯދާމީހެއް، އެއީ، ރެފްރީން އޭނާއާދޭތެރޭ ވިސްނަންވެއްޖެ.

  7. މަ

    އޭނާއަށް ވޯރލްޑް ކަޕްގަ ނުކުޅެވި ރޮނާލޑޯއަށް ކުޅެވުނީމަ ފެބުރިގާސް ހިތަށް ތަދުވަނީތަ؟

  8. ޙުޗެން

    ޕެނެލްޓީ އެއްވިޔަސް ފްރީކިކެއް ވިޔަސް ގޯލު ވާނީ ހަމަ ގޯލަށް...

  9. ޙަމޭ

    އެގޮތުން ބީބީސީއަށް ދިން އިންޓަވިޔުއެއްގައި ފެބްރިގާސް ބުނެފައިވަނީ ރޮނާލްޑޯގެ ފަރާތުން މިދުވަސްކޮޅު ފެނިގެން ގޮސްފައިވަނީ ވަރަށް ތަފާތު ކުޅުމެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނަނީ  ފޯވާޑް ލައިންގައި ކަމަށާއި މެޗުގެ އެހެން ތަންތާގައި ރޮނާލްޑޯ ހަރަކާތްތެރި ނުވާ ކަމަށެވެ.

    ބަލަ ގޯލް ޖަހަން ހުންނަ މީހެެއްގެ ޒިންމާ އަކީ ގޯލް ޖެހުން ދޯ ގޯލް ޖޭހޭނީ ފޯވާޑް ގަ އޮވެގެން. ޓީމް އެއް ނަގާއިރް ކީޕަރ އައް މީހުން ތިބޭ ޑިފެންސް އައް މީހުން ނަގާ ދެން ފޯވާޑައް ނަގާމީހަކު އަބަދު ޑިފެންސައް ގޯލް ކީޕަރައް ކުޅެނަ ޖެޙޭ ކަމެއް ނުދެނަހުރިން .

  10. ޢަޒީ

    ފެބްރިގަސް ސްކޮޑައްނުނެގީ ކީއްވެކަން މިހާރި އަދިކިރިޔާ މިއެގުނީ... ތަސައްރަފް ނުފުދޭ ކުޑަކުދިން ދައްކާކަހަލަ ވާހަކަ ތި ދައްކަނީ....

  11. ނުރަބޯ

    އޯކޭ މައްސަލައެއް ނެތް. ކަލޭ އަމިއްލައަށް ޖެހި ތިބުނާހާ މޮޅު ގޯލެއް ނޫނީ ފްރީކިކެއް ދައްކާބަލަ.

  12. ހާމް

    ޙަހަހާ ބުރޯ ތިބުނި ގޮތް ތައް ފިޔަވައި ދެން ފޯވާޑަކަށް ގޯލު ނެހޭނެ ގޮަތްތައް ވެސް ކިޔާ ދިން ނަމަ ދޯ. ބަލަ ފޯވާޑޭ، ޑިފެންޑަރޭ ކިޔާފަ މަގާމް ތައް ހުންނަނީ އެންމެން ދަނޑުގަ ބަކަތަޅާކަށް ނޫނޭ