ޖަޕާނުގެ ޓޯކިޔޯގައި ފެށި އޮލިމްޕިކްސްގައި ދުނިޔޭގެ އަންހެން ބެޑްމިންޓަންގެ ރޭންކިންގެ 9 ވަނަ އަތުން ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ބަލިވި ނަމަވެސް ރަނގަޅު ވާދައެއް ކޮށްފިއެވެ.

ޗައިނާއަަށް ނިސްބަތްވާ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި ހިމެނޭ ހީ ބިންޖިއާއޮ އަތުން ނަބާހާ ބަލިވެފައިވަނީ 6-21 އަދި 3-21 އިންނެވެ. ތަޖުރިބާކާރު އެ ކުޅުންތެރިޔާ ދިޔައީ ނަބާހާ ކައިރިން އަވަސް ގޭމެއް ކުޅެފައެވެ. އަދި ނަބާ އަތުން ދޫވަމުން ދިޔަ ކޮންމެ ފުރުސަތެއްގެ ބޭނުން އޭނާ ވަރަށް ރަނގަޅަށް ހިިފި އެވެ.

ނަބާހާ ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަންނަމުންނެވެ. ނަމަވެސް އިދިކޮޅަށް ކުޅުނު ކުޅުންތެރިޔާގެ އަވަސް ކުޅުމާއެކު މެޗުގެ ތެރެއަށް ވަންނަން އޭނާއަށް ވަގުތެއް ނުލިބި ޖެހުނީ މެޗު ނިންމާލާށެވެ. މިއީ ނަބާހާ އަށް ލިބުނު ބޮޑު ތަޖުރިބާއެކެވެ.

މިފަހަރުގެ އޮލިމްޕިކްސްގެ ތެރެއިން ނަބާހާ

އޮލިމްޕިކްސްގައި ނަބާހާ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އީރާންގެ ކުޅުންތެރިޔާ ސޮރާޔާ އަގޭއީ އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މާދަމާ އެވެ. ނަބާހާ ވަނީ މީގެކުރިން 2019 ވަނަ އަހަރުވެސް އޭނާއާއި ދެކޮޅަށް ކުޅެފައެވެ. މިއީ އޭނާއާއި ދެކޮޅަށް ނަބާހާ ކުޅޭނެ ދެވަނަ މެޗެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރަނީ ހަތަރު އެތުލީޓުންނެވެ. އެއީ މުބާލާއި ނަބާހާގެ އިތުރުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި، ފެތުންތެރިޔާ އައިޝަތު ސާޖިނާއެވެ. އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމާއި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާއެވެ.

އޮލިމްޕިކްސްގައި ރާއްޖޭގެ އައިޝަތު ސާޖިނާގެ ފެތުމުގެ އިވެންޓު މިއަދު އޮންނާޏެ އެވެ. އޭނާ ވާދަކުރަނީ އަންހެނުންގެ 100 މީޓަރު ބްރެސްޓޯކް އިވެންޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދިވެހި ދިދަ

    މަށަށް ހީވަނީ ތިހާވަރުވާނެ ދުވަހަކު ނުކުޅޭ ކުޅުންތެރިއަކަށްވެސް..މިމީހުން ކޮންމެ ދުވަހަކު ކުރާ ޕްރެކްޓިސްގެ ނަތީޖާ އަކީ ކޮބާ ހަމަސުމެއް..ހުސްބޭކާރު ވަގުތާއި ދައުލަތުގެ ފައިސާ ޚަރަދުކުރުން.. އަބަދުވެސ ްތަޖުރިބާ މިނޫންވަރެއްނުވޭ

    33
    6
  2. ައޮފްބެ

    ތަޖުރިބާ ކުރާކަށްނޫން ތިކޮޅަށް ފޮނުވީކީ!!!

    10
    1
  3. އަހްމަދު

    ބްރެސްޓޯކް މީކޯޗެއް

  4. އާދަނު

    އަލުގަޑު ހިތަށް އަރާ ދިވެހި ދިދައިގެ ނަމުގައި ކޮމެންޓް ކޮއްފައި އިން ބޭފުލާ އަށް ކުޅިވަރު ގެ އެއްވެސް ކަމއެއް އެގޭބާއޭ...ނަބާހާ އަކީ އިންޑިއަޏް ޢޯޝަން އަލަންޑް ގޭމްސްގެ ވެސް މެޑަލިސްޓް އެއް...އޮލިންޕިކް ގޭމްސް އެއްގައި ބައިވެރި ވާދަކޮއްލުމަކީ ވެސް ކުޅިވަރު ކުޅޭ ކުޅުންތެރިއަކަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް..ހަ،މައެހެންމެ އެހާ ބޮޑު ކާމިޔާބެއް...އަލިންޕިކް ގޭމްސް ގެ ބާނީ ބުނެފަ އޮންނަނީ..އޮލިންޕިކް ގޭމްސް ގައި ބައިވެރިވާ ހުރިހާ އެންމެނަކަށް މެޑަލް އެއް ނުލިބޭނެ ކަމަށް..އަދި ހަމައެހެންމެ މިއީ ދުނުޔޭގައި ވެސް ބޭއްވޭ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށް ވެފައި... ބައިވެރި ވުން އެއީ ހަމަ އެހާމެ މުހިންމު ކަމެއްކަމަށް........

    5
    1
  5. އައްޑޫޝަކުވާބޯޓު

    ސަބާހޭ ނަބާހާ....

    އަހަރުމެން ދިވެހިން މިތިބީ ދިވެހި ޓީމާއިއެކު.
    މަދު ފެސިލިޓީއާއި އެކި ދަތިތަކާއި ހުރަސްތަކާއިއެކު ބުރަ މަސައްކަތްކޮށް ރާއްޖެ ތަމްސީލުކުރުމުގައި، ހުރިހައި ބައިވެރިންވެސް ތިކުރަމުންދާ ހިއްވަރަށް ފަށްފަށުން ޝުކުރުދަންނަވަން.

    ("ދިވެހިދިދައިގެ" އެ ކޮމެންޓް އިގްނޯރ ކޮށްލާ. ޢެއީ ތަންދޮރު ނުދަންނަ ނެގެޓިވް މީހުން.
    ޢަނގައެެއް އޮތީތީ ހަމަ ތަޅުވަނީ.)

    ކީޕް އިޓް އަޕް. ނަބާ!