ރާއްޖޭގައި މި ވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް ބެޑްމިންޓަން ކުޅުންތެރިޔާ، ނީލާ އަހުމަދު ނަޖީބާއި މެދު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ނިންމަމުން އަންނަ ނާއިންސާފު ނިންމުންތަކުގެ ސަބަބުން އޭނާ މިހާރު ކުރިއަށްދާ ގައުމީ ބެޑްމިންޓަން މުބާރާތުގައި ވާދަނުކުރަން ނިންމައިފިއެވެ.

މި މަހު އެއް ވަަނަ ދުވަހު ފެށި 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ގައުމީ ޗެމްޕިއަންކަން ނުވަ ފަހަރު ހޯދާފައިވާ ނީލާ ވާދަނުކުރަން ނިންމީ އޭނާއާ ދެކޮޅަށް ނިންމި ނިންމުންތަކެއްގެ ޖަވާބު ދޭން އެސޯސިއޭޝަނުން ދެކޮޅު ހަދާފައިވާތީ އެވެ.

ނީލާ ފެސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި މި ގޮތަށް ނިންމަން ޖެހުނު ސަބަބުތަށް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ހަ ކަމެއް ނީލާ ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ދުވަސްތަކެއް ވަންދެން އެއްވެސް ވަރަކަށް ތަމްރީން ނަހަދާ ހުންނަން ޖެހުމާއި، އިންސާފާއި ހަމައިގެ ބޭރުން ނީލާއާ ދޭތެރޭ ފިޔަޅު އެޅުމާއި، އެ ފިޔަވަޅުތައް އެޅި ސަބަބު ހޯދުމަށްޓަކައި ލިޔުނު އެއްވެސް ސިޓީއަކަށް މިއަދާ ހަމަށް ވެސް އެސޯސިއޭޝަނުން ޖަވާބެއް ދީފައި ނުވުން ވަނީ ފާހަގަކޮށްފައެވެ.

މީގެ ދެ މަހެއްހާ ދުވަސް ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އިން ނީލާ އަށް އަންގާފައިވަނީ ކުޅުންތެރިންތަކަކާއި ކޯޗުގެ ފަރާތުން އައި ޝަކުވާތަކެއްގެ ސަބަބުން އޮކްޓޫބަރު 10 ވަނަ ދުވަހުގެ ނިޔަލަށް ނީލާ ގައުމީ ޓީމުން ބާކީކޮށްފައިވާ ކަމަށެވެ. މިއާ އެކު، މި އަހަރު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ޗައިނާގައި ބާއްވާ އޭޝިއަން ގޭމްސްގެ ފުރުސަތު ނީލާ އަށް ވަނީ ގެއްލިފައެވެ.

އެސޯސިއޭޝަންގެ މި ނިންމުން ދެކޮޅު ނުޖެހޭތީ އާއި މީގެ ކުރިން ވެސް މި ގޮތަށް ގައުމީ ޓީމުން އެހެން ކުޅުންތެރިން އެކަހެރި ކޮށްފައިވާތީ، ނީލާ އަންނަނީ އެސޯސިއޭޝަންގެ މި ނިންމުމާ ދެކޮޅަށް ޝުއޫރުފާޅުކުރަމުންނެވެ. އެ ގޮތުން، ނީލާ ވަނީ މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަރިތަކުރާ ސްކޮޑު ނެގުމުގައި ވެސް އިންސާފުން ބޭރުން ކަންކަން ކޮށްފައިވާ ކަމަށް ބުނެފައެވެ.

ނީލާ އަކީ މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބޭއްވި ކޮމަންވެލްތު ގޭމްސް އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ މެނޭޖަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ޗޯރުއިބުރޭގެ ސަރުކާރެއްގައި އަޑިއަޑިން ކަންތައްތައް ނިންމުން އޮތީ. ޖަވާބުދާރީވުން ހަދާންނައްތާލާ. މީގެ މިސާލުތަކެއް
    ޝައިޚް އިމްރާން އަންހެނެއްގެ އުރަަމަތީ ހިފައިގެން އެކަމާ ސުވާލުކުރުމުން.......
    ޗޯރު އިބުރާހީމް އެމްއެމްޕީއާރުސީގެ 35 މިލިއަން ކައްވާލުން..........
    ރާއްޖޭގެ ކަނޑުތައް ވިއްކާލުމަށް ސިޓީފޮނުވުން...........
    ވީމާ ނީލާ އަހުމަދު ނަޖީބަށް އެޅި ފިޔަވަޅު ސާފުކޮށްދިނުމަކީ މުޅި ދުނިޔޭގެ ސަލާމަތަށް ނުރައްކާވެ ދުނިޔެ އޭގެ އޯބިޓުން ކަހާލާނެކަމެއްކަމުގައި ވާތީވެ އެކަން ސާފުކޮށްދެވެން ނެތްކަން ހިތާމައާއެކު ދަންނަވަން.

    8
    1