ކުރީގެ ނަން މައްޝޫރު ގޯލްކީޕަރު ޕީޓާ ޝްމެއިކަލް ބްރެޒިލްގެ ގައުމީ ޓީމަށް ތައުރީފު ކުރިނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި ބްރެޒިލްގެ ހަމަ އެކަނި މައްސަލަ އަކީ ނޭމާ ކަމަށް އޭނާ ބުނެފިއެވެ.

ރޭ ސާބިއާގެ މައްޗަށް 0-2 ގެ ނަތީޖާ އަކުން ކުރިހޯދައި ވޯލްޑް ކަޕުގެ ދެވަނަ ބުރަށް ދަތުރު ކުރި އިރު ލަނޑުޖަހާފައިވަނީ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ އަދި ޕައުލީނިއޯ އެވެ.

ޕީޓާ ބުނާގޮތުގައި ރޭގެ މެޗުން މޮޅުވެ ދެވަނަ ބުރަށް ދަތުރު ކުރުމަކީ ފުރަތަމަ އެގާރަ ކުޅުންތެރިންނަށް ބަލާއިރު ބްރެޒިލް އަށް ފަސޭހަ ކަމެއް ކަމަށެވެ. "އަހަންނަށް ހީވަނީ ސާބިއާ ރޭގެ މެޗަށް ނިކުތީ އެންމެ ރަނގަޅަށް ތައްޔާރު ވެގެން ނޫންހެން. ބްރެޒިލް ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް މެޗު ނިމުނު އިރުވެސް" ޝްމެއިކަލް ބުންޏެވެ.

ޑެންމާކް އާއި އެކު 1992 ވަނަ އަހަރު ޔޫރަޕިއަން ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޝްމެއިކަލް ވަނީ ބްރެޒިލްގެ ކޯޗު، ޓީމު އެކަތި ގަނޑަކަށް ހެދުމުން އޭނާ އަށް ވެސް ތައުރީފު ކޮށްފައެވެ. "ކުރީގެ ބްރެޒިލް ގޮތަށް މިޓީމު ކުޅެން އެދޭ ސަަޕޯޓަރުން ބްރެޒިލް މެޗު ނުބެލުން ރަނގަޅުވާނީ، ކުރީގެ ބްރެޒިލް އަކީ ތަފާތު ކަންތައް ކުރާ ޓީމެއް ނަމަވެސް މިހާރު ބްރެޒިލް ޓީމަކީ އެކަތި ގަނޑެއް، ބްރެޒިލް ފޫއަޅުވާލައި ދާން އުނދަގޫ ވާނެ" ޝްމެއިކަލް ބުންޏެވެ.

ގިނަ ޑިފެންޑަރުންނަށް ވެސް އޭނާ ތައުރީފު ކުރި އިރު ޝްމެއިކަލް ބުނެފައިވަނީ ބްރެޒިލްގެޓީމުގެ މައްސަލަ އަކީ ނޭމާ ކަމަށާއި އޭނާގެ ނުބައި ވިސްނުންތަކުގެ އަސަރު ކުރަނީ މުޅި ޓީމަށް ކަމަށެވެ.

"އަދިވެސް ބްރެޒިލް ޓީމުގައި މައްސަލަ ބޮޑު ނޭމާ އެބަ އުޅޭ، ޕީއެސްޖީ އިން ދުނިޔޭގެ އެންމެ އަގު ބޮޑު ކުޅުންތެރިޔާ ކަމަށް ބޮޑު އަގެއް ދިނުމުންވެސް އޭނާ ބޭނުންވަނީ ޗަރުކޭސް ދައްކަން. މަދު ފުރުސަތެއް ލިބުނު ނަމަވެސް ނޭމާ އަށް އޭގެ ބޭނުން ހިފިފައެއް ނުވޭ." ކުރީގެ މެންޗެސްޓާރ ސިޓީ އަދި ޔުނައިޓެޑުގެ ކީޕަރު ބުންޏެވެ.

ބްރެސިލް ވޯލްޑް ކަޕުގެ ގުރޫޕް ސްޓޭޖުގައި ގުރޫޕުގެ އެއްވަނަ ޓީމު ކަމުގައި ނިންމުމުގެ ސަބަބުން ދެވަނަ ބުރުގައި ބްރެޒިލް ކުޅެން ޖެހޭނީ މެކްސިކޯ އާއި އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Soppެެ

  ކެޕްޓަން އަކީ ތިއާގޯ ސިލްވާ އެއްނުން. މިރަންޑާ.

 2. ޢެނގޭ

  ޑްރާމާ ކްއީން

  • އިޝާ?

   ޝަޓް އަޕް

 3. ސްޕްރިންގް

  ޖޭވަނީ......ހަމަ.... ލޮލް