މިހާރު ރަޝިޔާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގްރޫޕް އެޗުގައި ވާދަކުރާ ޖަޕާނާއި ސެނެގާލް، ގްރޫޕިގެ ގޮތުން އެއްވަރުވުމުން، ފެއަރ ޕްލޭ އަށް ބަލައިގެން، ދެވަނަ ބުރަށް ދާނެ ޓީމެއް ކަނޑައަޅައިފިއެވެ. ފެއަރ ޕްލޭ އަށް ބެލުމުގައި ބަލާފައިވަނީ ދައްކާފައިވާ ރީނދޫ ކާޑަށެވެ.

ޖަޕާނަށް ވުރެ ގިނަ ރީނދޫ ކާޑު ސެނެގާލް އަށް ދައްކާފައިވުމުން، ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ޖަޕާނެވެ. މިއީ ގްރޫޕުގެ ދެވަނައެވެ.

އެހެންނަމަވެސް، އެޓީމު މިއަދު ޕޮލެންޑާ ކުޅުނު މެޗުން، 0-1 ގެ ނަތީޖާއަކުންވަނީ ބަލިވެފައެވެ.

ބައިނަލްއަޤުވާމީ ނޫސް ރިޕޯޓުތައް ބުނާގޮތުގައި މިއީ، ފެއަރ ޕްލޭ އަށް ބަލައިގެން، ވޯލްޑް ކަޕެއްގެ ދެވަނަ ބުރަށް ނުވަތަ ރައުންޑް އޮފް ސިކްސްޓީން އަށް ދާނެ ޓީމެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މިކަމުގެ ސަބަބުން، ވޯލްޑް ކަޕުގެ ތާރީޚުން، ޖަޕާން ވަނީ ޚާއްޞަ މަޤާމެއް ހޯދާފައެވެ.

ގްރޫފު އެޗުގެ ޕޮއިންޓު ޓޭބަލް އޮތްގޮތުން، އެންމެ ކުރި ލިބެނީ ކޮލަމްބިޔާ އަށެވެ. އެޓީމަށް ޖުމުލަ ހަ ޕޮއިންޓު ލިބޭއިރު، ދެވަނަ ދެ ޓީމަކަށް ލިބެއެވެ. އެއީ ފައިދާ ގޯލާއި ބައިކޮޅަށް ވަތް ގޯލު އަދި މޮޅުވި މެޗުތަކަށް ބަލައިގެންވެސް ހުރިހާ ގޮތަކުން އެއްވަރުވި ޖަޕާނާއި ސެނެގާލް އެވެ. ގްރޫޕުގެ އެންމެ ފުލުގައި ތިން ޕޮއިންޓާއެކު އޮތީ ޕޮލެންޑެވެ.

މިކަމާ ގުޅިގެން ބައެއް ފަރާތްތަކުން ފާޑު ކިޔާފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ މިއީ ރަނގަޅު ނިންމުމެއްކަމަށެވެ.