ރަޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ވެފައި މިވަނީ ހައިރާން ކުރަނިވި އެތައް ކަމެއް ފެނިގެންދާ ވޯލްޑް ކަޕަކަށެވެ. މި ވޯލްޑްކަޕުގެ ގްރޫޕް ސްޓޭޖު މިހާރު މިވަނީ ނިމިގެން ގޮސްފައެވެ. ގްރޫޕް ސްޓޭޖަށް ބަލާއިރު ފޯރިގަދަ މެޗުތަކެއް ފެނިގެން ދިޔަ އިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ވަނީ ހުނަރު ދައްކާލާފައެވެ.

މިފަދަ ވަރުގަދަ، ދުނިޔޭގެ ފެންވަރުގެ މުބާރާތެއް ކުރިއަށްދާއިރު ސުވާލު އުފެދެނީ މުބާރާތުގައި އެންމެ މޮޅަށް ކުޅެނީ ކޮން ލީގެއްގެ ކުޅުންތެރިންނެއް ތޯއެވެ. އެހެން ކަމުން މި ބަލާލަނީ ވޯލްޑްކަޕުގައި އެ ލީގެއްގެ ކުޅުންތެރިން އެންމެ ގިނަ ގޯލު ޖަހާފައިވާ ލީގުތަކަށެވެ.

1) ސްޕެނިޝް ލަލީގާގެ ކުޅުންތެރިން : 31 ގޯލު (ރެއަލް އަދި ބާސާ އަށް ކުޅޭ ކުޅުންތެރިން 9 ގޯލު)

2) އިންގްލިޝް ޕްރިމިއާ ލީގު : 30 ގޯލު (ޓޮޓެންހަމްއަށް ކުޅޭ ކުޅުންތެރިން 8 ގޯލު ޖަހާފައިވޭ)

3) ޖަރުމަނު ބޮންޑަސްލީގާ: 10 ގޯލު

4) ރަޝިއާ ލީގު: 8 ގޯލު

4) ލީގް ވަން :8 ގޯލު (ޕީއެސްޖީ ކުޅުންތެރިން 4 ގޯލު)

5) ސެރީއާ : 7 ގޯލު

މި ލިސްޓުގައި ހިމެނިފައި މިވަނީ އެ ލީގެއްގެ ކުޅުންތެރިންގެ ކިބައިން އެންމެ ގިނަ ގޯޯލުތައް މިހާތަނަށް ފެނިގެން ގޮސްފައިވާ ހަ ލީގެވެ.

ޕްރިމިއާ ލީގުގެ ކުޅުންތެރިން ވޯލްޑް ކަޕުގައި 30 ގޯލު ޖަހާފައިވާއިރު ބޮޑެތި ކްލަބުތައް ކަމަށްވާ، ޔުނައިޓެޑް، ސިޓީ، ލިވަޕޫލް އަދި ޗެލްސީ މިއިން ކޮންމެ ކްލަބަކަށް ނިސްބަތްވާ ކުޅުންތެރިންް ވަނީ ތިން ގޯލު ޖަހާފައެވެ.

އެންމެނަށް ހައިރާންކަން ގެނުވާފައި ވަނީ އަދި ބަޔާން މިއުނިކަށް ކުޅޭ އެއްވެސް ކުޅުންތެރިއަކަށް ވޯލްޑް ކަޕުގައި ގޯލެއް ޖެހިފައި ނުވުމުންނެވެ. ލެވަންޑައޮސްކީ ޕޮލެންޑާއެކު ކަޓަައިގެން ގޮސްފައިވާއިރު މުލާ އާއި އެހެން ބަޔާންގެ ކުޅުންތެރިން ވަނީ ޖަރުމަނާއެކު ކަޓާފައެވެ. މިހާރު ބަޔާން އަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން މުހިންމު ކުޅުންތެރިއަކަށް މުބާރާތުން ނުކަޓާ ހުރީ ހަމޭސް ރޮޑްރިގޭޒް އެކަންޏެވެ.

ސްޕެނިޝް ލީގަށް ބަލާއިރު އެންމެ ވަރުގަދަ ދެ ޓީމު ކަމަށްވާ ބާސެލޯނާ އަދި ރެއަލް މެޑްރިޑް އަށް ކުޅޭ ކުޅުންތެރިން މިހާތަނަށް ޖަހާފައި ވަނީ ޖުމްލަ 9 ގޯލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަލީމް

    ޔުނައިޓެޑަށް ނިސްބަތްވާ ކުޅުންތެރިން 5 ލަނޑު ޖަހާފައިވޭ.ލޫކަކޫ 4 ލިންގާޑް 1. ޢަދި އެއީ ޕޮގްބާ ޖެހި ގަބޫލް ނުކުރުމުން އެ ލަނޑު ނުހިމަނައި