ކުރިޔަށްއޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ދިވެހި ގައުމީ ޓީމުން ފަސް ކުޅުންތެރިން ބާކީކޮށް މުބާރާތަށް 24 ކުޅުންތެރިންގެ ސްކޮޑު ހާމަކޮށްފިއެވެ.

ގަތަރުގައި މިހާރު ކޭމްޕުކުރަމުންދާ ގައުމީ ފުޓުބޯޅަ ޓީމުގެ ފައިނަލް ސްކޮޑު ހާމަކުރި އިރު މި ސްކޮޑުން ބާކީވި ކުޅުންތެރިންނަކީ އަހުމަދު އަބްދުﷲ (ލިލީ) މޫސާ ޔާމީން (ޔާމްބެ) ، ޓީސީ ސްޕޯޓްސްގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ގްރީން ސްޓްރީޓްސްގެ ހަސަން ނަޒީމް (ޗޯޓޭ) އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް (މުލަކޭ) އެވެ.

ސާފް ޗެމްޕިއަންޝިޕަށް ނެގި ފައިނަލް ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު މީގެތެރޭގައި ސާފް ޗެމްޕިއަންޝިޕަށް އަލަށް ކުޅޭ ކުޅުންތެރިންތަކެއް ވެސް ހިމެނެއެވެ. މިފަހަރު އަލަށް ސާފް ޗެމްޕިއަންޝިޕް ކުޅޭނެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ޖުމްލަ 8 ކުޅުންތެރިންނެވެ. މީގެތެރޭގައި ނިމިދިޔަ ވޯލްޑްކަޕް ކޮލލިފައިންގައި ހިމެނުނު ކުޅުންތެރިން އަދި އޭއެފްސީ ކަޕުން ފެނިގެންދިޔަ ކުޅުންތެރިން ހިމެނެއެވެ.

ސާފް ޗެމްޕިއަންޝިަޕަށް ނެގި 24 ކުޅުންތެރިންގެ ސްކޮޑް. -- އެފްއޭއެމް

ސާފް ޗެމްޕިއަންޝިޕް 2021 އަށް ނެގި ފައިނަލް ސްކޮޑު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު)، ހަމްޒާ މުހައްމަދު (ހަމްޕު)، މުހައްމަދު އުމެއިރު، އިބްރާހިމް އައިސަމް، ސަމޫހު އަލީ، ހުސެއިން ނިހާން (ނިހާޓް)، ނާއިޒު ހަސަން (ދާދު)، އަސަދުﷲ އަބްދުﷲ (އަސަކޮ)

ކުލަބް އީގަލްސް

ހަސަން ރާއިފް އަހުމަދު (ހަންނަ)، ހައިޝަމް ހަސަން (ބިޑި)، ހުސެއިން ޝިފާއު (ކުރޯ)، މުހައްމަދު ނާއިމް، އަސްހަދު އަލީ (އަޑޭ)، އަހުމަދު ނޫމާން (ހެލްމެޓް)

ކުލަބް ވެލެންސިއާ

އަލީ އަޝްފާގު (ދަގަނޑޭ)، މުހައްމަދު ފައިސަލް، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ޝަފީއު (ޗެކް)

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)

އިސްމާއިލް އީސާ (މެސީ)، އަލީ ނާޖިހު، އަލީ ހައިޝަމް (ޗުމްޕު)

ދަ ގްރާންޑޭ

ގާސިމް ސައްމާމް (ސައްމޭ)

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނައިކް

    ޔާނު މެންކަހަލަ ޒުވާން ކުދިން ތިއްބާ ތި އުމޭރު މެން ދެކޮޅުމް ނުރަޖެހި މީހުން ޓީމަށް ލައިގެން ކިޔެއްކުރަންހޭ ތިޔަ އުޅެނީ ސުޒޭނުމެން،؟؟ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭށޭ

    6
    3
  2. ސަމްޕަތު

    ސަމިއްޓެ ބޭނުމީ ޓީމަށް

  3. އޭނަ

    ތިއިން ކޮންމެ ކުޅުންތެރިއެއްގެ ވަނަން ޖަހަންޖެހޭތަ؟