ކޮވިޑު-19 ގެ ސަބަބުން ހަރުދަނާ އުސޫލުތަކަކާއެކު އަންނަ ބުދަދުވަހު ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ފަށަން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

"ވަގުތު" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ އެންމެ ފުރަތަމަ ވިއްކަން ހަމަޖެހިފައިވަނީ ކޮންމެ "މެޗްޑޭ" ނުވަތަ އެ ދުވަހެއްގައި ކުޅޭ މެޗުތަކަށް އެކަނި ކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ބުދަ ދުވަހު ވިއްކަން ފަށަނީ އޮކްޓޯބަރު 1 ގައި ކުޅޭ މެޗުތަކުގެ ޓިކެޓުތަކެވެ. ނަމަވެސް މި ޓިކެޓުތައް ލިބޭނީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ހުށައަޅަންޖެހޭނެ ކަމަށް ޖަވާ ވިދާޅުވިއެވެ.

"ވެކްސިން ކާޑާއި އައިޑީ ކާޑު ގެނައުމުން އެ މީހަކަށް ޓިކެޓު ދޫކުރާނެ، ކުޑަކުއްޖެއް ނަމަ ވެކްސިން ޖެހޭ އުމުރުފުރާ ނަމަ ދެ ޑޯޒު ފުރިހަމަކޮށްފައި ވޭތޯ ބަލާނެ، އައިޑެންޓިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ޓިކެޓު ގަންނައިރު، މިގޮތަށް އަމަލު ކުރަނީ އެންމެންގެ ވެސް ސަލާމަތަށް، މިކަމަށް ފުރިހަމަ އެއްބާރުލުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން" ވަގުތު އާއި ވާހަކަދައްކަވަމުން ޖަވާ ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވާ ދުވަހު ޖުމްލަ ދެ މެޗު ކުޅޭނެއެވެ އެންމެ ފުރަތަމަ ކުޅޭނީ އެ ދުވަހުގެ ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. އަދި އެ ދުވަހުގެ ރޭ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުޅޭނީ ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗެވެ. އެހެންކަމުން އެންމެ ފުރަތަމަ ވިއްކުމަށް ހަމަޖެހިފައިވަނީ މި ދެ ދުވަހުގެ ޓިކެޓުތަކެވެ.

މެޗްޑޭ ޓޫ ނުވަތަ ދެވަނަ ދުވަހު ކުޅޭ މެޗުތަކުގެ ޓިކެޓުތައް ވިއްކަން ފަށާނީ އަަންނަމަހުގެ ފަސްވަނަ ދުވަހުގައެވެ. މި ދުވަހުގެ މެޗުތައް ކުޅޭނީ 7 ވަނަ ދުވަހުގައެވެ. މީގެއިތުރުން ރާއްޖޭގެ ތިންވަނަ މެޗުގައި 10 ވަނަ ދުވަހު ލަންކާ އާއި ދެކޮޅަށް ނުކުންނައިރު މިމެޗުގެ ޓިކެޓް ވިއްކުމަށް އެފްއޭއެމް އިން ނިންމާފައިވަނީ އަށްވަނަ ދުވަހާއި ނުވަވަނަ ދުވަހެވެ.

މި ޓިކެޓުތައް ދޫކުރާނީ ހަމައެކަނި ދިވެހިންނަށް ނޫނެވެ. އިދިކޮޅު ޓީމުތަކަށް ވެސް ވަކި އަދަދަކަށް ޓިކެޓުތައް ދޫކުރަން އެފްއޭއެމުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމީ

    ހިލޭ ދެވުނަސް ނުދާނަން

    18
    11
    • ޤައުމު ބައިބައި ކުރި ސިޔާސަތު

      އެކަމު އެމްޑީޕީ ނޫނީ ޕީޕީއެމްގެ ޖަލްސާއެއް ވިއްޔާ އޮންނާނީ ފުރާލާފައި..

      4
      1
    • ނަން

      ކަލޭ ކަރުގަ ވަޅި ޖައްސާފަ މީހަކު އެބަ ކިޔާތަ ދާށޭ.
      ނުދަންޔާ ގޭގަ އޮވެލާ ބަސް އަހައިގެން މާ އަންގަ ގަދަ ނުކޮއް

      8
      4
    • ސޮއި

      ބަންގާޅު މީހުންނާއި އިންޑިއާ މީހުން މިތާ ކޮމެންޓް ކުރާނެކަމެއް ނެތް.
      ސަރުކާރުގެ އިސްވެރިން ދެކެ ހިތްހަމަނުޖެހުނަސް ދިވެހި ދިދަ ބިންމަތްޗަށް ވައްޓައެއް ނުލާނަން

      5
      3
  2. ސަނީ

    ގަންނަން ދާނެ މީހުން އުޅޭނެތާ

    5
    1
  3. މުހައްމަދު

    ޓިކެޓް ތަކުގެ އަގުތަށް ވެސް ހާމަ ކޮއްޅިނަމަ

    5
    1
  4. އަހުމިއްޓޭ

    ބަލަގަ އައިޑީ ކާޑުގެނައިމަ ޓިކެޓްދޫކުރަން އިންނަބޭފުޅާ އެޗްޕީއޭގެ ވެބްސައިޓުން އެކަންބެލީމަ މާރަނގަޅުވާނެ. އެހެންނޫނީ ފޭކު ވެކްސިންކާޑު ގެނަސްފާނެ. މިހާރުމިއުޅޭ ކުދިން ވަރަށް މޮޅުވާނެ.

  5. އަޗާ

    ދަނޑަށް ވައްދާއިރު ނުބަލާ ދެޑޯޒް ޖަހާފަތޯ؟ ހަމަ އެކަނި ޓިކެޓް ގަންނަންދާމީހާ ޖެހޭނީ ވެކްސިންކާޑް ގެންދަން.

    4
    1
  6. Anonymous

    ވެކުސިން ކާޑަކުން ނޫޅެން ކޮންމެހެން ތިތަނައް ވަންނާކައް.

    2
    1
  7. ހުސެންދީ

    ތީ އެއްވެސް ހަމަޖެހޭ އުސޫލެއްނޫން. ދަނޑަށްވައްދަބަލަ ވެކްސިން ކާރޑާއި އެއް ޓިކެޓް ހިފައިގެން އައިމާ