އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗުގެ ފުރަތަމަ އެގާރައިގައި އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފިއެވެ.

މިއީ ދިގު މުއްދަތަކަށްފަހު އަމިއްލަ ދަނޑުގައި ދަގަނޑޭ ކުޅޭ ފުރަތަމަ މެޗެވެ. ދަގަނޑޭ އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅެފައިވަނީ ވޯލްޑްކަޕް ކޮލިފައިންގައި ފިިލިޕީންސްއާއި ދެކޮޅަށެވެ.

ނޭޕާލާއި ދެކޮޅަށް ކުޅޭ ރާއްޖޭގެ ގައުމީ ޓީމުގެ ފުރަތަމަ އެގާރަ

  1. މުހައްމަދު ފައިސަލް
  2. އަކްރަމް އަބްދުލްޢަނީ
  3. ސަމޫހު އަލީ
  4. ހުސެއިން ސިފާއު ޔޫސުފް
  5. އަލީ އަޝްފާގު
  6. އިބްރާހިމް އައިސަމް
  7. ހަމްޒާ މުހައްމަދު
  8. އަލީ ފާސިރު
  9. އައްސަދު އަލީ
  10. ހައިޝަމް ހަސަން
  11. އިބްރާހިމް މަހުދީ ހުސެއިން

މުބާރާތުށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ގަތަރުގައި ކޭމްޕުކޮށް އެކުވެރިކަމުގެ ދެ މެޗެއް ކުޅެފައެވެ. މުބާރާތަށް ރާއްޖެއިން ތައްޔާރުވިއިރު ދަގަނޑޭ އަކީ މި މުބާރާތުގެ ފެވަރިޓެކެވެ. އޭނާއަކީ މި މުބާރާތުގެ ލަނޑު ލިސްޓުގެ އެއްވަނައިގައި ހިމެނޭ އެއް ކުޅުންތެރިޔާއެވެ. މިއީ ދަގަނޑޭގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވުން ގާތެވެ.

މި މެޗާއި ކުރިމަތިލާ ނޭޕާލް ގައުމީ ޓީމުގައިވެސް ތިބީ ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ. ހާއްސަކޮށް އިންޑިއާ އާއި ދެކޮޅަށް ކުޅުނު ދެ މެޗުގައި ފެނިގެންދިޔަ ކުޅުންތެރިން އެ ޓީމުގެ ފުރަތަމަ އެގާރައިގައި ވަނީ ހިމަނާފައެވެ.