އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާއިން ރާއްޖެ ކޮޅަށް ފުރަތަމަ ލަނޑު ޖަހައިފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅެމުން އަންނަ މި މެޗުގައި އިންޑިއާއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ 33 ވަނަ މެނެޓުގައި އިންޑިއާގެ ޖާޒީ ނަމްބަރު 9، މަންވިރ ސިންގް އެވެ.

ރާއްޖޭގެ ޓީމު މި މެޗަށް ނުކުތީ އެންމެ ފަހުން ލަންކާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އާ އެކު އެވެ.ރާއްޖޭގެ ޓީމު މި މެޗަށް ނުކުތީ އެންމެ ފަހުން ލަންކާއާ ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އާ އެކު އެވެ.

އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެނަމަ، މި މުބާރާތުން އަލްވަދާއު ކިޔާނެއެވެ. އަދި މެޗު އެއްވަރު ކޮށްގެން ނިންމާލައިފިނަމަ، ރާއްޖެއަށް ފައިނަލަށް ދަތުރު ކުރެވޭނެއެވެ.

ދެ ޓީމުގެ ވާދަވެރިކަމަށް ބަލާއިރު، އިންޑިއާ އިން ވަނީ ނުވަ ފަހަރު ރާއްޖެ ބަލިކޮށްފައެވެ. ރާއްޖެ އަށް އިންޑިއާ ބަލި ކުރެވުނީ އެންމެ ތިން ފަހަރެވެ. ދެ ޓީމު އެއްވަރުވީ އެންމެ މެޗެއްގައެވެ.