އަންނަ މަހު ސްރީލަންކާގައި ބޭއްވުމަށް ތައްޔާރުވާ "މަހިންދަ ރާޖަޕަކްސަ ކަޕް" ގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ސްރީލަންކާ އާއި ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

މުބާރާތް ބާއްވާ ސްރީލަންކާގައި މި މުބާރާތް ކުރިޔަށްދާނީ ޖުމްލަ ހަތަރު ގައުމަކާއެކު އެވެ. އެއީ ދިވެހިރާއްޖެއާއި ސްރީލަންކާގެ އިތުރުން ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މުބާރާތް ކުރިޔަށްދާނީ ނިމިދިޔަ ސާފް ޗެމްޕިއަންޝިޕް ގޮތަށް ލީގު އުސޫލުންނެވެ. ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދާނެއެވެ.

ލަންކާގެ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގައި މި މުބާރާތް ކުރިޔަށްދާނީ ނޮވެމްބަރު 8 އިން 17 ގެ ނިޔަލަށެވެ. މުބާރާތުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުންނެވެ.

މުބާރާތުގެ ޝެޑިއުލްގައި ވާ ގޮތުން ކޮންމެ ތިން ދުވަހަކުން މެޗެއް ކުޅެއެވެ. މެޗު ކުޅޭ ދުވަހު ހަވީރު އަދި ރޭގަނޑު މެޗެއް އޮންނާނެ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި ނޮވެމްބަރ 8 ވަނަ ދުވަހުގެ ރޭގަނޑު ލަންކާއާއި ބައްދަލުކުރާ އިރު ދެވަނަ މެޗުގައި ނޮވެމްބަރ 11 ގެ ހަވީރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. އަދި ނޮވެމްބަރ 14 ގެ ރޭގަނޑު ބައްދަލުކުރާނީ ސީޝެލްސް އާއެވެ.

ފައިނަލް މެޗު ކުޅުމަށް ހަަމަޖެހިފައިވަނީ ނޮވެމްބަރ 17 ގެ ރޭގަނޑު އެވެ. މުބާރާތުގައި ވާދަކުރާ ސްރީލަންކާ އާއި ސީޝެލްސް އިން މިހާރު ވަނީ މުބާރާތަށް ތައްޔާރުވާން ފަށާފައެވެ.

ސީޝެލްސްގެ އެކި ހިސާބުތަކުގެ ކުދި އެސޯސިއޭޝަންތަކުން މިހާރު ވަނީ ޓީމަށް ކުޅުންތެރިން ނަގާފައެވެ. އަދި މީގެތެރެއިން ފައިނަލް ސްކޮޑެއް ވަރަށް އަވަހަށް އެކުލަވާލާނެ އެވެ.

ސްރީލަންކާއިން މި މުބާރާތުގައި ވާދަކުރާނީ އާ ކޯޗަކާއެކު އެވެ. ނަމަވެސް އެއީ ކޮން ކޯޗެއްކަން އެ ގައުމުގެ ފެޑެރޭޝަނުން އަދި ނުނިންމައެވެ. ބެލެވޭގޮތުގައި އެ ގައުމުން މަސައްކަތްކުރަނީ އާ ބިދޭސީ ކޯޗެއް ގެނައުމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މުހައްމަދު

    ދިވެހިރާއްޖެ ނިމިދިޔަ ސާފްޗެމްޕިއަންއަށް ނަގާފައިވާ ޓީމް ހަމަ ބަރާބަރު. އެހެނަސް މިޑްފީލްޑް ރަނގަޅުކޮއްލުމަށް ތަޖްރިބާހުރި "ބަކާ" ނެގުން މުހިއްމު. ފުލް 11 އަށް ޒުވާން ހުނަރުވެރި ވެލެންސިޔާގެ ބަދަލު ކީޕާރ ސްޓާޓިން އަށް ތަޖުރިބާކޮއްލުން ކިހިނެތްވާނެބާ؟ ރޭގެ މެޗް އިން ފައިސަލް ގެ ކޮންފިޑެންސް ވަރަށް ދަށް. މިޑްފީލްޑް އަށް ވެސް އުމޭރު އެރުވިޅެއް ލަސް. ވުމާއިއެކު ކުދި މިސްޓޭކްތަށް ފާހަގަކޮއް އާ ފެށުމަކާއިއެކު ލަންކާ މުބާރާތް ކާމިޔާބް ކުރަމާ. މޯލްޑިވިއަން އިން ދިވެހިންނަށް މެޗްބަލާލުމަށް ދިޔުމަށް ހާއްސަ ފެއާ އިންތިޒާމްކުރަމާ

    16
    2
  2. އިންޑިއާ އައުޓް

    މިފަހަރު ރިޒާވްކީޕަރެއް ޓީމުގަ އިންނާނެތަ އަދި ކޯޗަކީ ބަލި ގަބޫލުކޮށް ޓީމަކަށް މިޒަމާނުގެ ފުޓުބޯޅަ ފަސްކޮށްނުދެވޭނެކަން ގަބޫލު ކުރި ކޯޗުތަ ބަލަގަ ތީ ރައްޔިތުންގެ ލާރިއޭ

  3. ޢަލިބެ

    އަނެއްކާވެސް ވެލިކާންދަނީ. ބޭކާރުހަރަދުކުރުން ހުއްޓާލާފަ ސިއްހީދާއިރާ ރަނގަޅުކުރޭ

    2
    1
  4. ބެލް

    ފައިސަލްގެ މިސްޓޭކްގެ އިތުރުން ޑިފެންސިވް މިސްޓޭކް // ކުރިއަށް އޮތްތާ ބޮޑުތަނުނުން ރަނގަޅު ކުރަންޖެހޭ // މަސައްކަތް ކުރޭ //

  5. ބެލް

    ދިވެހީން ފަޙުރުވެރިވާނެ ކުޅުން ފެންނާނެ // އިންޝާﷲ //