ކޮންމެ މެޗެއް ނިމުމަށްފަހު އުފެދޭ ހިޔާލުތަފާތުވުން ނައްތާލުމަށްޓަކައި އެ މެޗެއްގެ ރެފްރީންނާއި އެކު ޕްރެސް ކޮންފަރެންސްއެއް ބޭއްވުމަށް އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ ގޮވާލައިފިއެވެ.

އާސެނަލްގެ ކުރީގެ މެނޭޖަރު ބުނީ ކުޅުމަށްފަހު ރެފްރީއަކު އެ މެޗުގައި ނިންމާ ނިންމުންތައް ބަޔާން ކުރުމުގެ ފުރުސަތު އެ މެޗެއްގެ ރެފްރީންނަށް ލިބެންޖެހޭ ކަމަށެވެ.

މިހާރު ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގައި ހަރަކާތްތެރިވަމުން އަންނަ އުމުރުން 71 އަހަރުގެ ވެންގާ މިހެން ބުނެފައިވާއިރު، އޭނާ ބުނީ މިއީ ފުޓުބޯޅައަށް އަންނަ އީޖާދީ ބޮޑު ބަދަލެއްގެ ގޮތުގައި ގަބޫލުކުރާ ކަމަށެވެ. އަދި މައްސަލަ ޖެހުމުގެ ފުރުސަތު ވަރަށް ކުޑަވާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

"އާންމު ބަހުސަކަށް ވުމުގެ ކުރިން އެ ކަންކަން ނުވަތަ އެ އަނގަތަށް ބަންދު ކުރުމަކީ ރަނގަޅު ގޮތެއް، ރެފްރީންގެ ސަޕޯޓް ހޯދަން ޖެހޭނެ، ކޮންމެ މެޗަކަށްފަހު އެމީހުންގެ (ރެފްރީންގެ) ވިސްނުން ހުންނަގޮތެއް ގިނަބަޔަކަށް ނޭނގޭ" ވެންގާ ބުންޏެވެ.

ވެންގާއަކީ ވޯލްޑްކަޕް ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަން ތާއިދުކުރާ ކޯޗެކެވެ. އަދި މިގޮތަށް މިކަން ބަދަލުކުރުމުގެ އެންމެ އިސް މޭސްތިރިންގެ ތެރޭގައި ވެންގާ ހިމެނެއެވެ.

"އަހަރެން ހުރިހާ އެންމެންގެ މަޝްވަރާއަށް ގޮސް އެ މީހުންނާ ދެ ސުވާލެއް ކުރިން، 1. ކަންކަން ހުރި ގޮތަށް ކުރިއަށް ގެންދަން ބޭނުންހެއްޔެވެ؟ 100 ޕަސަންޓް އެހެން ބުނި، 2. އިންޓަރނޭޝަނަލް ކަލަންޑަރު އަލުން ރޭވުމުގެ ވިސްނުން އެބަހުރިތޯ؟ އަޅުގަނޑު އަދިވެސް މިހިރީ ހިޔާލުތަކަށް ހުޅުވާލާފައި، ކޮލިފިކޭޝަން ރައުންޑްތައް ރީއޯގަނައިޒް ކުރުމާއި، ކުރުކުރުމާއި، ބައިނަލްއަގްވާމީ މުބާރާތަކަށް ޖާގަ ދިނުން ފަދަ ވިސްނުން 80 ޕަސެންޓާއި 90 ޕަސެންޓާ ދެމެދުގެ މީހުން ގެންގުޅޭ" ވޯލްޑްކަޕަށް ކޮލިފައިވާ އޮތް މަގު ކުޑަކުރުމާއި ގުޅޭގޮތުން ވެންގާ ބުންޏެވެ.

ވެންގާ މިހެން ބުނެފައިވާއިރު ރެފްރީން ޕްރެސް ކޮންފަރެންސް ނުވަތަ މީޑިއާތަކުގައި ވާހަކަދެއްކުމަކީ ރެފްރީންގެ ގަވާއިދުގައި މަނާ ކަމެކެވެ. އެއީ މަސްލަހަތަށް ބެލުމަށްފަހު އެއީ ރަނގަޅު ގޮތެއްކަމުގައި ނުބެލެވޭތީ އެވެ.