ފްރާންސްގެ ޕީއެސްޖީގައި ހުރެގެން ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނުވެވޭނެ ކަމަށް ބްރެޒިލްގެ އަދި ބާސެލޯނާގެ ކުރީގެ އެޓޭކިންގ މިޑްފީލްޑަރ ރިވާލްޑޯ ވިޓޯ ބޯބާ ފެރައިރާ ބުނެފިއެވެ.

ޖަރުމަނުގެ ޑެއިލީ ބިލްޑަށް ދިން އިންޓަވިޔުއްގައި ރިބާލްޑޯ ބުނީ ފީފާއިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބެލެންޑީ އޯ އެވޯޑް ހޯދަން ބޭނުންމަ ނޭނާ ކުޅެން ޖެހޭނީ ދުނިޔޭގެ ބޮޑެތި ކުލަބުތަކަށް ކަމަށެވެ.

އަދި ފްރާންސްގެ ޕީއެސްޖީގެ އާ ކޯޗު ތޯމާސް ތުޗެލް އާއި އެކު ނޭމާއަށް އެންމެ މޮޅު ކުޅުންތެރިޔާއަށް ވުމުގެ އެއްވެސް އުންމީދެއް ނެތް ކަމުގައި ރިވާލްޑޯ ބުނެފައިވެއެވެ.

ރިވާލްޑީ އިތުރަށް ބުނެފައިވާ ގޮތުގައި ނޭމާއަށް މޮޅު ކުޅުންތެރިޔާއަށް ވެވޭނީ ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ ނަމައެވެ.

ރިވާލްޑޯ މިހެން ބުނެފައިވަނީ 310 މިލިއަން ޔޫރޯއަށް ނޭމާ ރެއާލްއަށް ގެންނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. ނަމަވެސް ރެއާލް މެޑްރިޑުން ވަނީ 310 މިލިއަން ޔޫރޯއަށް ނޭމާ ގެންނަން އުޅޭ ކަން ދޮގުކޮށްފައެވެ.

ރެއާލް މެޑްރިޑުން މީގެ ކުރިންވެސް ނޭމާ ގެންނަން މަސައްކަތްކޮށްފައިވާ ކަމުގެ އަޑުތަށް ފެތުރުފައިވާއިރު ރެއާލްގެ ރައީސް ފްރެލެންޓީނިއޯ ޕެރޭޒް ވަނީ ނޭމާއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކާފައެވެ. އެގޮތުން ޕެރޭޒް ބުނީ ނޭމާއަށް ރެއާލް އާއި އެކު ބެލެންޑޯ އޯ އެވޯޑް ހޯދޭނެ ކަމަށެވެ.

އަދި ނޭމާ ރެއާލްއަށް ބަދަލުވެއްޖެ ނަމަ އެ ކުލަބުން ނޭމާއަށް މަރުހަބާ ކިޔާނެ ކަމަށް އެ ކުލަބުގެ ޑިފެންޑަރ ޑެނީ ކަވަޖަލް ވަނީ މީގެ ކުރިން ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ނޭމާއަކީ ހުނަރުގެ ގޮތުން މޮޅު އަދި ތަފާތު ކުޅުންތެރިއެކެވެ.