ވޯލްޑް ކަޕް 2018 ރަޝިޔާގައި ފޯރިއާއެކު ކުރިއަށްދާއިރު، ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޯނަލް މެސީގެ ނަމާއި ގުޅުވާފައި ރަޝިޔާއަށް ވިހެއި ކުއްޖަކަށް ނަން ދީފިއެވެ.

ރަޝިޔާގެ ކަޒާން އަވަށަށް ވިހެއި އެ ކުއްޖާއަށް ދީފައި ވަނީ ލިއޯނަލްއެވެ. ލިއޯނަލް އަކީ އާއްމުކޮށް ރަޝީޔާ މީހުން އެ މީހުންގެ ދަރިންނަށް ދޭ ނަމެއް ނޫނެވެ.

އެހެން ނަމަވެސް މިފަހަރު އެ ނަން ކުއްޖަކަށް ދޭން ނިންމީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ވޯލްޑްކަޕްއިން މެސީގެ ޓީމް ކެޓުމާއި ގުޅިގެން ކަމަށް ހަބަރުތައް ބުނެއެވެ. އަދި އެއީ މެސީއަށް ޓްރިބިއުޓެއް ދިނުމުގެ ގޮތުން އެ ކުއްޖާއަށް ދިން ނަމެއްކަމަށްވެސް ބުނެފައި ވެއެވެ.

ކަޒާންގައި މެސީމެން ވޯލްޑްކަޕް ކުޅުމަށް އައިސް ތިބި ހޮޓެލް ކައިރީވެސް މެސީގެ ފޮޓޯ ޖަހާފައި ގްރެފިޓީއެއް ކުރަހާފައިވާއިރު، އެ ގައުމުގައިވެސް މެސީގެ ސަޕޯޓަރުން ތިބިކަމަށް ގަބޫލުކުރެވެއެވެ.

ވޯލްޑްކަޕްގައި އެ ޓީމަށް ރަނގަޅު ނަތިއްޖާއެއް ނެރެވިފައެއް ނުވެއެވެ. އެ ޓީމް ވަނީ ދެވަނަ ބުރަށް ނުގޮސް ކަޓާފައެވެ.

ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު އެންމެ ފަހު މެޗުގައި 4-3 ގެ ނަތީޖާއަކުން ފްރާންސް މޮޅުވިއެވެ. އެ ނަތީއްޖާއިން އާޖެންޓީނާއަށް ގެނެސްދިނީ ހިތްދަތިކަމެވެ.

އެ މެޗަކީ 31 އަހަރު ވެފައިވާ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ވޯލްޑް ކަޕުގައި ކުޅޭނެ އެންމެ ފަހު މެޗަށް ވުން އެކަށީގެންވެއެވެ.