ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕިއަން ކޮލިފައިން ބުރުގައި ކަޒަކަސްތާންގެ މައްޗަށް 0-8 ގެ ނަތީޖާއިން ކުރިހޯދައި، ފްރާންސުން މުބާރާތުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ފްރާންސްގެ ޕެރިސްގައި ކުޅުނު މި މެޗު ފެށިގެން 6 ވަނަ މިނެޓުގައި އެޓީމުން ވަނީ ކީލިއަން އެމްބާޕޭގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަށްފަހުވެސް ފްރާންސުން ފުލުފުލުގައި ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންދިޔައިރު، 12 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކުރި 2 ވަނަ ލަނޑުން ފްރާންސުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ.

ފްރާންސްގެ 3 ވަނަ ލަނޑު 32 ވަނަ މިނެޓުގައި ކާމިޔާބުކޮށް، އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައިވާއިރު، މިއީ އޭނާ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ހެޓްރިކެވެ. ފުރަތަމަ ހާފް ނިމިފައިވަނީ އެމްބާޕޭގެ 3 ލަނޑުން ކަޒަކަސްތާންގެ މައްޗަށް ފްރާންސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ފްރާންސް އިން މޮޅު ކުޅުމެއް ދައްކަމުން ގޮސްފައިވާއިރު، އެޓީމުގެ 4 ވަނަ ލަނޑު 55 ވަނަ މިނެޓުގައި ކާމިޔާބުކުރީ ކަރިމް ބެންޒެމާއެވެ. އަދި އޭގެ 4 މިނެޓު ފަހުން ފްރާންސްގެ 5 ވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައި ވަނީ ބެންޒެމާއެވެ.

މެޗުގައި ފްރާންސްގެ 6 ވަނަ ލަނޑު 75 ވަނަ މިނެޓުގައި ރަބިއޮޓް ކާމިޔާބުކޮށްދީފައިވާއިރު، 7 ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ. އަދި މެޗުގައި ފްރާންސްގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.

މެޗުގައި ފްރާންސްގެ 6 ވަނަ ލަނޑު 75 ވަނަ މިނެޓުގައި ރަބިއޮޓް ކާމިޔާބުކޮށްދީފައިވާއިރު، 7 ވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެންޓޯނިއޯ ގްރިޒްމަންއެވެ. އަދި މެޗުގައި ފްރާންސްގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ. މ

މި ނަތީޖާއާއެކު ކޮލިފައިންގައި ފްރާންސަށް ބާކީ 1 މެޗު އޮތް ނަމަވެސް، އެޓީމުން ވަނީ 4 ޓީމު ހިމެނޭ ގްރޫޕްގެ 1 ވަނައިގެ ގޮތުގައި ވޯލްޑް ކަޕުން ޖާގައެއް ކަށަވަރުކޮށްފައެވެ. ފްރާންސް 1 ވަނައިގައި އޮތީ ކުޅުނު 7 މެޗުން 15 ޕޮއިންޓް ހަމަކޮށްގެންނެވެ. 2 ވަނައިގައި ފިންލޭންޑް އޮތީ 11 ޕޮއިންޓާއެކުގައެވެ. އަދި 3 ވަނައިގައި 9 ޕޮއިންޓާއެކު ޔޫކްރެއިން އޮތްއިރު، ފުލުގައި 7 ޕޮއިންޓާއެކު އޮތީ ބޮސްނިއާއެވެ.