ވޯލްޑް ކަޕު ކުއާޓާ ފައިނަލުގައި މިރޭ ސްވެޑެން އަދި އިންގްލޭންޑު ބައްދަލު ކުރާއިރު ސްވިޑެންގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ޒްލަޓަން އިބްރާހިމޮވިޗް، އިންގްލޭންޑުގެ ލެޖެންޑު ބެކަމް އާއި 'ބެޓް' އެއް ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ޒްލަޓަން ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ، މިރޭ ސްވިޑެން މޮޅުވެއްޖެނަމަ ދުނިޔޭގެ ކޮންމެ ތަނަކުންވެސް ޑޭވިޑް ބެކަމް އަށް ކާން ދޭނެ ކަމަށެވެ. ނަމަވެސް އިންގްލޭންޑު މޮޅު ވެއްޖެ ނަމަ އައިކިއާ އިން އޭނާ ބޭނުންވާ އެއްޗެއް ބެކަމް ދޭން ޖެހޭނެ ކަމަށެވެ.

https://www.instagram.com/p/Bk5rFg4gpsq/?taken-by=iamzlatanibrahimovic

" ޔޯ ބެކަމް! އިންގަލެންޑް މޮޅުވެއްޖެ ނަމަ އަހަރެން ބެކަމް ބޭނުން ކޮންމެ ތަނަކުން ކާން ދޭނަން، ސްވިޑެން މޮޅުވެއްޖެ ނަމަ އައިކިއާ އިން އަހަންނަށް ބޭނުން އެއްޗެއް ދޭން ޖެހޭނެ" މިހާރު އެލް އޭ ގެލެކްސީ އަށް ކުޅެމުން އަންނަ އިބަރާހިމޮވިޗް ބުންޏެވެ.

ނަމަވެސް ބެކަމް މިއަށް ރައްދު ދިނީ މުޅިން ތަފާތު ގޮތަކަށެވެ. އިންގްލޭންޑު މޮޅުވެއްޖެ ނަމަ އޭނާ ބޭނުންވީ ކެއުމުގެ ބަދަލުގައި ވެމްބްލީ ސްޓޭޑިއަމްގައި އިންގްލޭންޑު ޖާޒީ އެއް ލައިގެން އިބްރާހިމޮވިޗް ހުންނަންށެވެ. " ސްވިޑެން މޮޅުވެއްޖެ ނަމަ އަހަރެން ވަކިން ޒްލަޓަން ގޮވައިގެން ގޮސް، އައިކިއާ އިން ލޮސް އޭންޖެލިސް ހުންނަ އޭނާގެ ބޮޑު ގެއަށް ބޭނުންވާ އެއްޗެއް ގަނެދޭނަން"

"ނަމަވެސް އިންގްލޭންޑު މޮޅުވެއްޖެ ނަމަ އަހަރެން ބޭނުމީ އިބްރަހިމޮވިޗް އިންގްލޭންޑު ޖާޒީ އެއް ލައިގެން އިންގްލޭންޑު ކުޅޭ މެޗެއް ވެމްބްލީގައި ބަލަން އައިސް، ހާފް ބްރޭކުގައި 'މަސް އަދި ފްރައިސް' ކާން" ޑޭވިޑް ބެކަމް ބުންޏެވެ.

36 އަހަރުގެ އިބްރާހިމޮވިޗް މިފަހަރުގެ ވޯލްޑް ކަޕު ސްކޮޑުގައި ސްވިޑެން ޓީމުގައި ހިމެނިފައި ނުވާއިރު އެޕްރިލް ގައި އޭނާ ބުނެފައި ވަނީ އޭނާ ނެތި، ވޯލްޑް ކަޕު، ވޯލްޑް ކަޕަކަށް ނުވާނެ ކަމަށެވެ.