ބޮޑު ކުލަބަކަށް ބަދަލުވާން އުޅޭކަމަށް ބުނެ ފްރާންސްގެ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ ޔަގީންކަން އެ ޓީމުގެ ތަރި ކީލިއަން އެމްބާޕޭ ދީފިއެވެ.

މި ސީޒަން ނިމުމުން ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އޭނާއާާއެކު އިތުރު އެއްބަސްވުމެއް ހެދުމަށް ޕީއެސްޖީން މިހާތަނަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ

ޕީއެސްޖީން ވަނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރގައި އެމްބާޕޭ ގެނައުމަށް ރެއާލް މެޑްރިޑުން ހުށައެޅި 189 މިލިއަން ޕައުންޑްގެ ދުނިޔޭގެ ރެކޯޑު އަދަދެއްގެ ހުށައެޅުމަށް ނޫނެކޭ ބުނެފައެވެ. .އޭގެފަހުން ވެސް ރެއާލުން އެތަކެއް ފަހަރު އެއްބަސްވުން އާކުރަން މަސައްކަތްކުރި ނަމަވެސް ޕީއެސްޖީން ދިޔައީ އެކަމާއި ދެކޮޅު ހަދަމުންނެވެ.

މިހާތަނަށް އައި އިރު އޭނާގެ ޓްރާންސްފަރ އާއި ގުޅޭގޮތުން ވާހަކަތަކެއް ނުދެއްކި ނަމަވެސް މީގެކުރިން ވެސް ރިޕޯޓުތައް ބުނަމުން އައީ ރެއާލް މެޑްރިޑަށް އޭނާ ބަދަލުވާނެ ކަމަށެވެ. ޕީއެސްޖީން ވެސް މިކަމާއި ގުޅޭގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ. އޭރުވެސް އެ ކުލަބުން ބުނަމުން އައީ އެމްބާޕޭ އެ ކުލަބުގައި މަޑުކުރާނެ ކަމަށެވެ

"އަހަރެން ކުރީކޮޅު ވަރަށް ހިތްހަމަނުޖެހުނު، މީހުން އޭރު އަހަރެން ކައިރި ވަރަށް އެހި ހިތްހަމަ ނުޖެހިފަ ހެއްޔޭ ތިހުރީ، އެއީ ދޫކޮށް ދާން ބޭނުންވެފަ ހުއްޓާ އެހެން ވީމަ، އަހަރެން މި ކުޅެނީ ތިންވަނަ ޑިވިޝަނަކު ނޫން" އެމްބާޕޭ ބުންޏެވެ.

. އުމުރުން 22 އަހަރުގެ ފޯވާޑަކީ އަރަމުން އަންނަ ކުޅުންތެރިންތަކުގެ ތެރެއިން އެންމެ ގިނަ ކުލަބުތަކުގެ ކަޅި އަމާޒުވަމުން އަންނަ އެއް ކުޅުންތެރިޔާއެވެ. އޭނާ މިހާރު ޕީއެސްޖީގައި ކުޅެމުން އަންނަނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްް ފޯވާޑް ލައިނުގައި ހިމެނޭ ލިއޮނަލް މެސީ އާއި ނޭމާއާއި އެކުގައެވެ