މިދިޔަ މަހު ކޮވިޑު-19 ޖެހުމަށްފަހު އައިސޮލޭޝަނުގެ އުސޫލުތަކާއި ހިލާފުވިކަމަށް ސާބިއާގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް އެއްބަސްވެއްޖެ އެވެ.

އިންސްޓަގްރާމްގައި ޖޮކޮވިޗް ބުނެފަަައިވަނީ އެއީ އޭނާއަށް ގޮތް ނިމުމުގައި ހެދުނު ބޮޑު ގޯހެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ޖޮކޮވިޗް ކޮވިޑަށް ފައްސިވީ މިދިޔަ ޑިސެމްބަރު މަހުގެ 16 ގައެވެ. އެއީ ސާބިއާގެ ނޫސްވެރިއަކާއި އިންޓަވިއުކުރިތާ ދެ ދުވަސްފަހުންނެވެ. ކޮވިޑު ޖެހުނީ އެ އިންޓަވިއު ތެރެއިން ކަމަށް ޖޮކޮވިޗް ގަބޫލުކުރެއެވެ.

"އެ އިންޓަވިއު އެހެން ދުވަސްވަރަކަށް ރީ ޝެޑިއުލް ކުރެވުނު ނަމައޭ މިހާރު ހިތަށްއަރާ، ވަރަށް ބޮޑު ލަނޑެއް މި ލިބުނީ" ޖޮކޮވިޗް ބުންޏެވެ.

މިހާރު އޮސްޓްރޭލިއަން އޯޕަންސްގައި ވާދަކުރުމަށް އެ ގައުމަށް ދިޔަ ނަމަވެސް ވެކްސިން ޑޯޒުގެ މައުލޫމާތާއި ކޮވިޑު ޖެހުނުކަމުގެ މައުލޫމާތު ދޭން ޖޮކޮވިޗް ދެކޮޅު ހެދުމުން އެ ގައުމުން ވަނީ އޭނާގެ ވިސާ ކެންސަލްކޮށްފައެވެ. ނަމަވެސް ފަހުން އެ ކޯޓުން ވަނީ ޖޮކޮވިޗް އާއި އެއްކޮޅަށް މައްސަލަ ނިންމާފައެވެ.

އަދި އެންމެ ފުރަތަމަ އޮސްޓްރޭލިއާ އިން އޭނާ ޑީޕޯޓުކޮށްލުމަށް ވެސް މަސައްކަތްކޮށްފައި ވެއެވެ. ފަހުން އެ މައްސަލައިގައި ކޯޓުން ގޮތް ނިންމުމުން އަނެއްކާވެސް އެ ގައުމުން ދަނީ ވީސާ ކެންސަލްކުރަން މަސައްކަތްކުރަމުންނެވެ.

އެއީ އޮސްޓްރޭލިއާގެ ގަަވާއިދު ބުނާގޮތުން ކޮވިޑުގެ ވެކްސިން ދެ ޑޯޒު ފުރިހަމަކޮށްގެން ނޫނީ އެ ގައުމަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭތީއެވެ.

ޖޮކޮވިޗް ވަނީ އޭނާއަށް އޮސްޓްރޭލިއާ އަށް އެތެރެ ނުވެވުނީ އޭނާގެ އޭޖެންޓު ޓްރެވަލް ފޯމު ފުރި ގޮތުންކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަން ތަހުގީގުކޮށް ދިނުމަށްވެސް އޭނާ ކަމާބެހޭ ފަރާާތްތަކުގެ ކިބައިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު