ކޮވިޑުގެ ހާލަތާއި އެކުވެސް މިދިޔަ ސީޒަނުގައި ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ޗެމްޕިއަނުންގެ ތެރެއިން އެންމެ ފައިދާވި އެއް ކުލަބަކަށް ޖަރުމަނުގެ ބަޔާން މިއުނިކް ވެއްޖެއެވެ.

ފުޓުބޯއިގެ ތަފާސްހިސާބު ހޯދާ ދިރާސާކޮށް ބެލުމުގައި ފާހަގަކޮށްލެވޭ "ކޭޕީއެމްޖީ ފުޓްބޯލް ބެންޗްމާކް" އިން އާންމުކޮށްފައިވާ ބޮޑެތި ކުލަބުތަކުގެ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑުގެ ހާލަތާއި ގުޅިގެން އެ ކުލަބުތަކަށް އެންމެ އެކަށީގެންވާ އާމްދަނީއެއް ނުލިބެއެވެ.

މި ދިރާސާގައި ބަލާފައިވަނީ އިންގްލޭންޑް، ސްޕެއިން، ޖަރުމަނު، އިޓަލީ، ފްރާންސް، ނެދަލޭންޑްސް، ތުރުކީ އަދި ޕޯޗުގަލްގެ ޗެމްޕިއަނުންނަށެވެ.

"ޔޫރަޕިއަން ޗެމްޕިއަންސް ރިޕޯޓް" ގެ ނަމުގައި އާންމުކުރި މި ރިޕޯޓުގައި އެހެން ސީޒަނުތަކަށް ވުރެ ނިމިދިޔަ ސީޒަނުގައި ސާފު ފައިދާ އިތުރުވި ހަމައެކަނި ކުލަބަކަށް އޮތީ މެންޗެސްޓަރ ސިޓީ އެވެ.

ސިޓީން ނިމިދިޔަ ސީޒަނުގައި 644 މިލިއަން ޔޫރޯ ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެޗެ، ސިޓީއަށް މިހާބޮޑު އެއްޗެއް ލިބުނީ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކުރުމުން ބްރޯޑްކާސްޓް ރެވެނިއުގެ ގޮތުގައި 94 މިލިއަން ޔޫރޯ ލިބުމުންނެވެ. މިއީ އެ ކުލަބަށް އޭގެ ކުރީ އަހަރަށްވުރެ ބޮޑު އަދަދެކެވެ.

ބަޔާން މިއުނިކް އަށް މިދިޔަ ސީޒަނުގައި ލިބުނު ސާފު ފައިދާ ބިލިއަނަކާ ގާތްކުރެއެވެ. އިޓާލިއަން ލީގުގެ ޗެމްޕިއަން އިންޓަމިލާން ވަނީ 245.6 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފައެވެ. ސްޕެއިންގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑަށް ވަނީ 1.8 މިލިއަން ޔޫރޯގެ ގެއްލުމެއް ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު