ރާއްޖޭގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 ގައި ވާދަކުރާ ޓީމުތަކަށް ހާއްސަކޮށް "މަޅި މޯލްޑިވްސް" އިން ހާއްސަ އަގުތަކެއް ހާމަކޮށްފިއެވެ.

ޖުމްލަ 177 މެޗު ކުޅޭ މި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް މަޅި މޯލްޑިވްސް އިން ވަނީ ސަޕޯޓަރުންނާއި ޓީމުތަކަށް ޖާރޒީ ފޯރުކޮށްދިނުމުގައި ހާއްސަ އަގުތަކެއް ހާމަކޮށްފައެވެ. މި ޖާރޒީތަކަށް އޯޑަރުދިނުމުގެ އެންމެ ފަހު ތާރީހަކީ 10 ފެބްރުއަރީ އެވެ.

މަޅި މޯލްޑިވްސްގެ ހާއްސަ ޕެކޭޖު

  • 250 ރުފިޔާ- ސޯޓާއި އެކު (އަތްކުރު އަދި އަތް ދިގު) ޖާރޒީ ނަގާނަމަ އޮފިޝަލް ކިޓު ހިލޭ
  • 100 ސަޕޯޓަރުންގެ ޖާރޒީ ނަގާނަމަ އެ ޓީމެއްގެ ކުޅުންތެރިންނަށް ބޭނުންވާ ހޯމް ނުވަތަ އަވޭ ކިޓު ހިލޭ
  • 200 ޖާރޒީ ނަގާނަމަ އެ ޓީމެއްގެ ކުޅުންތެރިންގެ ޖާރޒީ، އޮފިޝަލް ޖާރޒީ ހިލޭ

މި މުބާރާތުގައި މިއަހަރު ޖުމްލަ 91 ޓީމެއް ވާދަކުރެއެވެ. އެންމެ ފުރަތަމަ މި މުބާރާތުގެ އަތޮޅު ބުރު، ޒޯން ބުރު އަދި ގަދަ 16 ގެ ގުރު ވަނީ ނަގާފައެވެ.

މުބާރާތުގެ އަތޮޅު ބުރު ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. ނަމަވެސް ގިނަ ޓީމުތަކެއް ބައިވެރިވާނަމަ ގްރޫޕްތަކަށް ބަހާލާނެއެވެ. އަދި ފަސް ޓީމަށްވުރެ މަދުން ބައިވެރިވާ ނަމަ ކުރިޔަށްގެންދަން ނިންމާފައިވަނީ ލީގު އުސޫލުންނެވެ. ހަ ޓީމަށްވުރެ ގިނައިން ބައިވެރިވާނަމަ ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ދެ ގްރޫޕަށް ކުޅޭނަމަ ދެ ގްރޫޕުގެ އެއްވަނަވެސް ޒޯން ބުރަށް ދާއިރު އަތޮޅު ޗެމްޕިއަން ހޮވުމަށް ފައިނަލް މެޗު ކުޅެންޖެހޭނެ އެވެ.

ދެ ގްރޫޕަށް ބަހާލި އަތޮޅުތައް

ހއ އަތޮޅު

  • ގްރޫޕް އޭ: ވަށަފަރު، ހޯރަފުށި، ދިއްދޫ، މާރަންދޫ
  • ގްރޫޕް ބީ: ބާރަށް، އިހަވަންދޫ، މުރައިދޫ، ކެލާ
  • ހދ. އަތޮޅުގްރޫޕް އޭ: ކުމުންދޫ، ފިނޭ، ނޭކުރެންދޫ، ނާވައިދޫ
  • ގްރޫޕް ބީ: ކުޅުދުއްފުށި، ވައިކަރަދޫ، ނެއްލައިދޫ، މަކުނުދޫ
  • ށ. އަތޮޅު
  • ގްރޫޕް އޭ: މިލަންދޫ، ބިލެއްފަހި، ކޮމަންޑޫ، ފޯކައިދޫ
  • ގްރޫޕް ބީ: މަރޮށި، ކަނޑިތީމު، ފީވައް، ގޮއިދޫ
  • ކ. އަތޮޅުގްރޫޕް އޭ: ހުރާ، ތުލުސްދޫ، ކާށިދޫ
  • ގްރޫޕް ބީ: ގުރައިދޫ، ގާފަރު، މާފުށ

އދ. އަތޮޅު

  • ގްރޫޕް އޭ: ހަންޏާމީދޫ، ފެންފުށި، މާމިގިލި
  • ގްރޫޕް ބީ: ދަނގެތި، އޮމަދޫ، ކަނބުރުދޫ

މ. އަތޮޅު

  • ގްރޫޕް އޭ: މުލި، ކޮޅުފުށި، މުލަކު
  • ގްރޫޕް ބީ: ނާލާފުށި، ދިއްގަރު، މަޑުއްވަރި
  • ތ. އަތޮޅުގްރޫޕް އޭ: ކިނބިދޫ، ގާދިއްފުށި، އޮމަދޫ
  • ގްރޫޕް ބީ: ވޭމަންޑޫ، ތިމަރަފުށި، ބުރުނި

ގއ. އަތޮޅު

  • ގްރޫޕް އޭ: ގެމަނަފުށި، ކޮނޑޭ، ކަނޑުހުޅުދޫ، ނިލަންދޫ
  • ގްރޫޕް ބީ: ދާންދޫ، ކޮލަމާފުށި، ދެއްވަދޫ، މާމެންދޫ

ކިޔުންތެރިންގެ ހިޔާލު