ރެކޯޑެއް ގާއިމުކުރުމުގެ އަޒުމުގައި ވާދަކުރާ ރަފައެލް ނަޑާލް އޮސްޓްރޭލިއަން އޯޕަންސްގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ނަޑާލް މަސައްކަތްކުރަނީ މި ޝަރަފްވެރި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދިފާއުކުރުމަށެވެ. ފައިނަލަށް ދަތުރުކުރުމާއި އެކު އޭނާ ފައިނަލުގައި ބައްދަލުކުރަން ޖެހޭ ކުޅުންތެރިއަކީ ރަޝިއާގެ ޑަނީލް މެޑްވެޑޭވް އެވެ.

މި ފައިނަލް މެޗު ކާމިޔާބުކުރެވިއްޖެ ނަމަ މިއީ އުމުރުން 35 އަހަރުގެ ނަޑާލްގެ ކެރިއަރުގައި އޭނާ ހޯދާނެ 21 ވަނަ ގްރޭންޑް ސްލޭމް އެވެ. އެއާއެކު އޭނާ ވެގެންދާނީ ޓެނިހުގެ ދުނިޔޭގައި އެންމެ ކާމިޔާބު ކުޅުންތެރިންގެ ތެރޭގައެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކޮށް ނަޑާލް މި ކާމިޔާބީ ހޯދީ އިޓަލީގެ މަޓެއޯ ބެރެޓިނީއާ ވާދަކޮށްގެންނެވެ. މި މެޗުގެ ސެޓުތައް ނަޑާލް ގެންދިޔައީ 6-3 6-2 3-6 6-3 އިންނެވެ. ވަރުގަދަ ކުުރިމަތިލުމެއް ދެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އިރު ނަޑާލް ވަނީ ސާބިތުކަމާއި އެކު އޭނާގެ މޮޅު ކުޅުން ދައްކާފައެވެ.

ނަޑާލްގެ ހަޔާތުގައި އެންމެ ކާމިޔާބީ ދަށް މުބާރާތަކީ އޮސްޓްރޭލިއަން އޯޕަންސް އެވެ. އޭނާ މި މުބާރާތް ހަމައެކަނި ކާމިޔާބުކުރެވިފައި ވަނީ 2009 ގައެވެ.