އިޓާލިއަން ލީގުގައި 1-2 ގެ ނަތީޖާއަކުން ލާޒިއޯ ބަލިކޮށް، އޭސީ މިލާން ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ލާޒިއޯ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ކުރީކޮޅު އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިމޯބައިލްއެވެ.

މި ލަނޑާއެކު އޭސީ މިލާނުން އެޓީމުގެ އެޓޭކްތައް ވަރުގަދަ ކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތައްވެސް އެޓީމުން ދިޔައީ ތަނަވަސް ކުރަމުންނެވެ.

ނަމަވެސް ލާޒިއޯގެ ކީޕަރު ފުރަތަމަ ހާފްގައި މާ ރަނގަޅަށް އޭސީ މިލާނަށް ޓެސްޓް ކުރެވިފައި ނުވާއިރު، މި ހާފް ނިމިފައި ވަނީ 0-1 ގެ ނަތީޖާއަކުން އޭސީ މިލާންގެ މައްޗަށް ލާޒިއޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އޭސީ މިލާނުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކޮށްފައިވާއިރު، 50 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އޮލިވާ ޖީރޫއެވެ.

މި ލަނޑާއެކު އިތުރު ހިތްވަރަކާއެކު އޭސީ މިލާނުން ކުޅެމުން ގޮސްފައިވާއިރު، ލީޑު ނެގުމަށް އެޓީމަށް ވަނީ ގިނަ ފުރުސަތުތައް ލިބި ބޭކާރުވެފައެވެ.

އޭސީ މިލާނުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ އިތުރު ވަގުތުގައި ޒްލަޓާން އިބްރަހިމޮވިޗްގެ އެހީތެރިކަމާއެކު ޓޮނާލީ ކާމިޔާބުކުރި ލަނޑުންނެވެ.

މި ނަތީޖާއާއެކު އޭސީ މިލާން އޮތީ ކުޅުނު 34 މެޗުން ލިބުނު 74 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ލާޒިއޯ އޮތީ ކުޅުނު 34 މެޗުން ލިބުނު 56 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ލީޑު ފުޅާކުރީ ކިހާ ހިސާބަކަށްތަ؟ އިތުރަށް އެއް މެޗު ކުޅެގެން 2 ޕޮއިންޓުގެ ތަފާތެއް އޮތުމަކީ ލީޑު ފުޅާލުރުން؟؟