އިޓަލީގެ މަޝްހޫރު ކުލަބު އޭސީ މިލާނުން ޗެލްސީގެ ރޫބެން ލޮފްޓަސް ޗީކް ހޯދުމަށް މަސައްކަތް ކުރަން ފަށައިފިއެވެ.

ޗެލްސީގައި ހޭދަކުރި މުއްދަތުގައި އޭނާ ވަނީ ޕްރިމިއާ ލީގު ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފަ އެވެ.

އިންގްލެންޑަށް 10 މެޗު ކުޅެފައިވާ އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ޒުވާން އުމުރުން ފެށިގެން ސްޓެމްފޯޑް ބްރިޖުގައި ހުރިއިރު ލޯނު އެއްބަސްވުމުގެ ދަށުން ކްރިސްޓަލް ޕެލެސް އާއި ފުލަމްއަށް ވެސް ކުޅެފައިވެއެވެ.

ރޫބެން ލޮފްޓަސް ޗީކްގެ އިތުރުން އޭސީ މިލާނުން އަންނަނީ މަޝްހޫރު ފޯވާޑުން ގެނައުމަށް މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭސީ މިލާންއަށް ކުޅެމުން އައި އބްރާހީމް މޫވިޗް ޓީމު ދޫކޮށްލުމާއެކު އޭނާ ނެތްތަން ފޫބެއދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފާގައި ޗެލްސީން ވަނީ ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލާފައެވެ. ކަލިޑޫ ކުލިބާލީ ސައުދީ އަރަބިއްޔާގެ އަލް ހިލާލް އަށް ބަދަލުވުމުގެ މަސައްކަތް މިދިޔަ އާދީއްތަ ދުވަހު ވަނީ ނިންމާލައިފައެވެ. އެންގޯލޯ ކާންޓޭ ސައުދީ ޗެމްޕިއަން އަލް އިއްތިހާދަށް ސޮއިކޮށްފައިވާއިރު، އެ ޓީމުގެ އެޑުއާޑް މެންޑީ ވަނީ އަލް އަހްލީއާ ގުޅެން ކައިރިވެފައެވެ. މީގެއިތުރުން ހަކީމް ކިޔެކްވެސް އުޅެނީ ސައުދީގެ އަލް ނަސްރާ ގުޅުމުގެ އެންމެ ފަހު މަރުހަލާގައެވެ.

ޗެލްސީގެ މިޑްފީލްޑަރު މޭސަން މައުންޓް ހޯދަން މެންޗެސްޓާ ޔުނައިޓެޑުން މަސައްކަތް ކުރާއިރު، މިޑްފީލްޑަރު ކައި ހަވާޓްޒް އާސެނަލްއާ ގުޅެން ގާތްވެއްޖެއެވެ.