ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ނޭތަން އަކޭ އެންމެ ފަހުން އެ ކުލަބުގައި މަޑުކުރަން ނިންމާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑީއާ ރިޕޯޓުތައް ބުނެފިއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާގައި އާކޭ ގެންދިއުމަށް އެންމެ ބޮޑު ޝައުގުވެރިކަމެއް ފާޅުކުރީ ޗެލްސީންނެވެ. އަކޭ އާއި ޗެލްސީއާ ދެމެދު އެއްބަސްވުމަކަށް އައި ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. އެކަމަކު، ޗެލްސީ އާއި މެންޗެސްޓާ ސިޓީއާ ދެމެދުގައި އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށްވެއެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޓީމުގައި އަކޭ ފާހަގަ ކުރެވިފައި ވަނީ ބޮޑަށް ބެންޗުން އަރާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭނާ ބޯންމައުތަށް ކުޅުމަށް ފަހު، ސިޓީއާ ގުޅުނީ 2020 ގައެވެ.

އަކޭ 27، މީގެކުރިން ވެސް ޗެލްސީ އަށް ކުޅެފައިވެއެވެ. އެކަމަކު، އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުމުގެ ސަބަބުން ޗެލްސީގެ ފުރަތަމަ އެގާރައިން ގިނަ މެޗުގައި ފުރުސަތެއް ނުލިބެއެވެ.

ސިޓީން އަންނަނީ ބްރައިޓަން އަށް ކުޅެމުން އަންނަ ޑިފެންޑަރު މާކް ކުކުރެއްޔާ ހޯދުމަށް ވެސް މަޝްވަރާތަކެއް ކުރަމުންނެވެ. އެކަމަކު، މިހާތަނަށް އައިއިރު އެއްވެސް ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

ޗެލްސީން އަންނަނީ ޕީއެސްޖީ އަށް ކުޅެމުން އަންނަ ޑިފެންޑަރު ޕްރެސެނަލް ކިމްޕެމްބޭ ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެ ކުލަބުން މިހާރު ވަނީ ނަޕޯލީގެ ޑިފެންޑަރު ކަލިޑޫ ކަލިބަލީގެ ސޮއި ހޯދައިފައެވެ.

ސިޓީ އަށް ކުޅެމުން އަންނަ އޮލެކްސެންޑްރާ ޒިންޗެންކޯ އާސެނަލް އަށް ބަދަލުވުމާ ގާތަށް ޖެހިލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.