ބާސެލޯނާގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޯން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލު ނުވާނެ ކަން ބާސެލޯނާގެ މިޑްފީލްޑަރުންނަށް އަންގާފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާގައި ޑި ޔޯން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އައި ދެ ކުލަބަކީ ޕްރިމިއާ ލީގުގެ މެންޗެސްޓަ ޔުނައިޓެޑުގެ އިތުރުން ވާދަވެރި ޗެލްސީއެވެ.

އެގޮތުން ޔުނައިޓެޑުން ނެދަލެންޑްސްގެ މިޑްފީލްޑަރު ހޯދުމަށް 63 މިލިއަން ޕައުންޑްގެ ބިޑެއް ބާސެލޯނާ އަށް ހުށަހެޅުމުން ބާސެލޯނާ އިން ވަނީ އެ ބިޑް ބަލައިގެންފައެވެ. އެކަމަކު، އެ ޑީލް ކުރިއަށް ނުދަނީ ޑި ޔޯން އާއި މެންޗެސްޓާ ޔުނައިޓެޑާ ދެމެދު އެއްބަސްވުމަކަށް ނާދެވިގެން ކަމަށްވެއެވެ.

ޑި ޔޯން އެހެން ކުލަބަކަށް ބަދަލުވާކަށް އަދި ބޭނުމެއް ނުވެއެވެ. އެއީ ބާސެލޯނާ އިން އޭނާ އަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 17 މިލިއަން ޕައުންޑް މިހާތަނަށް އައިއިރު ލިބިފައި ނުވާތީއެވެ.

އެކަމަކު، ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހޭގް އެންމެ ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި ވެސް ޑި ޔޯން ހިމެނޭ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަންނަ ސީޒަނަށް ބާސެލޯނާގެ ސްކޮޑް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން ލީޑްސް ޔުނައިޓެޑަށް ކުޅުނު ބްރެޒިލްގެ ވިންގާ ރަފީނިއާ އާއި ބަޔާން މިއުނިކަށް ކުޅުނު ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އާއި ޗެލްސީ އަށް ކުޅުނު އެންޑްރިއަސް ކްރިސްޓެންސަން އާއި އޭސީ މިލާނަށް ކުޅުނު އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީއޭ ވަނީ ބާސެލޯނާ އަށް ގެންގޮސްފައެވެ.

ނެދަލެންޑްސްގެ ޗެމްޕިއަން، އަޔަކްސް ދޫކޮށް ޑި ޔޯން ބާސެލޯނާ އަށް ބަދަލުވީ 85 މިލިއަން ޑޮލަރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޕޮގުބާ

    މިސީޒަނުގަ ކަލޯ ބެނޗްގަ ބައިންދާނި ކޮސްބެ ބާސާ އަކީ ކުޅުންތެރިން ހަލާކުކުރާ ކުލަބެއް