ކޮމަންވެލްތު ގޭމްސްގައި ރުވާންޑާ އަތުން ރާއްޖޭގެ ބީޗު ވޮލީ ޓީމު ހަނިގޮތަކަށް ބަލިވެއްޖެއެވެ.

ރޭ ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު މި މެޗުގައި ރުވާންޑާ އަތުން ބަލިވެފައި ވަނީ ތިން ސެޓް އެއް ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު 16-21 އިން ރުވާންޑާ ގެންދިޔައިރު، ޖެހިގެން އައި ސެޓު މޮޅު ކުޅުމެއް ދައްކައި ރާއްޖެއިން ވަނީ 14-21 އިން ގެންގޮސްފައެވެ.

ރާއްޖެ އަދި ރުވާންޑާ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ: އެމްއޯސީ

މެޗުގައި ކޮންމެ ޓީމެއް އެއް ސެޓު ގެންގޮސްފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު ތިން ވަނަ ސެޓުން ރާއްޖެ ބަލިވީ 14-16 އިންނެވެ. ރާއްޖެއިން ލީޑުގައި މި ސެޓުގައި އޮތް ނަމަވެސް، ރުވާންޑާއިން ވަނީ ފަހުވަގުތު ރާއްޖެ ބަލިކޮށްފައެވެ.

މިއީ ގްރޫޕްގައި ރާއްޖެ ބަލިވި ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ރާއްޖެ ބަލިވީ ވާދަވެރި ކުޅުމަކަށްފަހު އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ އަތުން ސީދާ ދެ ސެޓުންނެވެ. ގްރޫޕްގައި އެއްވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، ދެވަނައިގައި އޮތީ ރުވާންޑާއެވެ. އަދި ތިންވަނައިގައި ރާއްޖެ އޮތްއިރު، ފުލުގައި އޮތީ ސައުތު އެފްރިކާއެވެ.

ގްރޫޕްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނިކުންނާނީ ސައުތު އެފްރިކާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލް

    ރުވަންޑާއިން ސެލްފީ ހޯދި ކާމިޔާބީ ދޯ

  2. ާއަފުން

    އަބަދުވެސް އިވެނީ ބަލި ބަލި ބަލި. އަހަރެން ވަރުބަލި ވެއްޖެ

  3. އަލްޖިބްރާ

    ދިވެހިން އަބަދުވެސް ވާނީ ބަލި ! އެމީހުން މުބާރާތް ތަކުގައި ބައިވެރިވަނީ މޮޅުވާކަށް ނޫން ! ދިވެހިރައްޔިތުންގެ ފައިސާއިން ބޭރު ޤައުމުތަކަށް ގޮސް މަޖާކޮށްލަން !