އުއްޗުގެ ބޮޑު ހަދިޔާއަކާއިއެކު ފޯރިގަދަ ފައިނަލަށް ހިންނަވަރު ތައްޔާރު

ފާދިއްޕޮޅު ހިންނަވަރުގައި މިހާރު ކުރިއަށްދާ ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ޓީމަށް މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސާ (އުއްޗު) ބޮޑު ފައިސާގެ އިނާމެއް ހުށަހަޅުއްވައިފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗެމްޕިއަން ޓީމަށް އުއްޗު ވަނީ -/75000 ރުފިޔާ ހުށަހަޅުއްވާފައެވެ. ޗަމްޕާބްރަދާސްގެ ނަމުގައި ދެއްވާ އެއިނާމުގެ އިތުރުން މުބާރާތް އިންތިޒާމް ކުރަން ވެސް އުއްޗުގެ ކުރެއްދޫ ރިސޯޓުން ވަނީ -/50000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅުއްވާފައެވެ.

ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕަކީ ހިންވަރު ހިރިޔާ ޖަމިއްޔާ އާއި ރަށު ކައުންސިލް ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް މެޗްގައި މިއަދު ހިންނަވަރު ސްޕޯޓްސް ކްލަބާއި ނައިފަރު ޗެލްސީ ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގެ ފައިނަލް މެޗް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް މިހާރު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނަވަރުގައި އޮންނަ ފައިނަލް މެޗަށް ދަތުރު ކުރުމަށް ނައިފަރުގެ ގިނަ ބަޔަކު ވެސް ވަނީ ތައްޔާރުވެފައެވެ. ނައިފަރުގެ ދޯނި ފަހަރުގައި ދިދަ ފަތިތައް ދަމައި ހިންނަވަރަށް ދަތުރު ކުރުމަށް ދޯނިތައް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ.

މިއަދު ހަވީރު 16:00 ގައި އޮންނަ ފައިނަލް މެޗް ޓީވީއެމް އިން ވަގުތުން ދުރަށް ދައްކާނެއެވެ.

އުއްޗުގެ ޗަމްޕާ ބްރަދާސް އިން ދެއްވާ ފައިސާގެ އިނާމުގެ އިތުރުން އެސްޓީއޯ އިން ވެސް މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ -/60000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ. މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ އެސްޓީއޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖާބެ

    މިނުވާނެ ރިޝްވަތަކަށް؟ ޅ އަތޮޅުގައި މިނޫނަސް މުބާރާތް ބާއްވާ މިކިޔާ އުއްޗެއް މިވަރަކަށް ލާރިއެއް ނާޅާ. ސަރުކާރު ތެރެއިން ކަންކަން ހާސިލް ކުރަންވީމާ ވަލިއްޔުލް އަމްރުގެ މައިންބަފައިންނަށް ވެސް އުއްޗުދެއްވާ ހަދިޔާގެ ނަމުގައި ހަމަ ހަދިޔާތައްދޭންވީ

    23
  2. ާަމަރީ

    ދެން ބަލާ ހިންނަވަރު ކައިރީ އިން ދެފިނޮޅުވެސް މީނައަށް ލިބުނީކަމަށް..

    19
  3. އަބުދުﷲ

    އަޅާނުލާ! ހުރިހާފައުސާ އެއް ދޫކޮއްފަ ކައްވަޅައްދާކައް މާގިނަ ވަގުތެއް ނެތް.

    14
  4. ރިލޭ

    މުޅިން ކަރަޕްޝަން ،،،،،،

    10