ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި މޮރޮކޯ އާއި ޕޯޗުގަލް ކުޅުނު މެޗަށް ނެރުނު އާޖެންޓީނާގެ ރެފްރީއާ މެދު ހިތްހަމަނުޖެހޭ ކަމަށާއި އާޖެންޓީނާއަށް ތަށި ދިނުމަށްފަހު މުބާރާތް ނިންމާލަން ފެންނަ ކަމަށް ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ ބުނެފިއެވެ.

ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓީ އަލް ތުމާމާ ސްޓޭޑިއަމްގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބަލި ވެގެންނެވެ.

ދަނޑުމަތީގައި ހުރި ރެފްރީ ފަކުންޑޯ ޓެލޯގެ އިތުރުން، ދެ އެސިސްޓެންޓް ރެފްރީންނާއި ވީޑިއޯ އެސިސްޓެންޓް ރެފްރީ އަދި އެސިސްޓެންޓް ވީޑިއޯ އެސިސްޓެންޓް ރެފްރީންގެ ތެރޭގައި ވެސް ތިބީ އާޖެންޓީނާ އަށް ނިސްބަތްވާ ރެފްރީންނެވެ.

"އާޖެންޓީނާގެ މެޗުގައި ހިނގާދިޔަ ކަންކަމަށް ފަހު ވެސް، މި މެޗަށް އިންސާފް ކުރަން އާޖެންޓީނާގެ ރެފްރީން ތިބުން ބަލައެއް ނުގަނެވޭ، މެސީ ވާހަކަ ދައްކާއިރު އާޖެންޓީނާ ރެފްރީއެއް ކަށިގަނޑު ފުމެނީ. އަހަންނަށް މިއަދު ފެނުން މަންޒަރުން އަހަންނަށް ފެންނަނީ އާޖެންޓީނާއަށް ތަށި ދީފައި މުބާރާތް ނިންމާލުން ރަނގަޅު ކަމަށް،" މެޗަށް ފަހު ދަނޑުމަތީގައި ދިން އިންޓަވިއު އެއްގައި ޕެޕޭ ބުންޏެވެ.

ޕެޕޭ ވަނީ މެޗްގެ އިތުރު ވަގުތު ދިނީ މާމަދުން ކަމަށް ބުނެ އެކަމަށް ވެސް ފާޑުކިޔާފައެވެ.

"ކީޕަރު އަބަދުވެސް ހުންނަނީ ހުއްޓިފައި، އިތުރު ވަގުތުގެ ގޮތުގައި އެންމެ އަށް މިނިޓު ދެއްކީ. މިއަދު ފެނުނު މަންޒަރަށް ބަލާއިރު، އެމީހުންނަށް މިހާރު ގޮސް އާޖެންޓީނާ އަށް ތަށި ހަވާލު ކުރަންވީ. ދެވަނަ ހާފުގައި އެއްވެސް އެއްޗެއް ނުދޭ، އެންމެ އަށް މިނިޓު ލިބުނީ (އިތުރު ވަގުތުގެ ގޮތުގައި). އަހަރެމެން ވަރަށް މަސައްކަތް ކުރި، އަށް މިނިޓުގައި ނުވެސް ކުޅެވޭ. ދެވަނަ ހާފުގައި އަހަރެމެން ކުޅެން ބވެސް ބޭނުންވީ. އަހަރެމެން ވަރަށް ދެރަ ވެއްޖެ، އަހަރެމެންގެ އެބަހުރި މެޗުން މޮޅުވުމުގެ ފެންވަރު، ކަން ދިމާކުރި ގޮތުން އެގޮތަކަށް ނޫން ކަންތައް ދިމާވީ." ޕެޕޭ ބުންޏެވެ.

ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ވެސް ވަނީ މެޗަށް ފަހު ރެފްރީ އަށް ފާޑު ކިޔައިފަ އެވެ. އޭނާ ވެސް ބުނީ، މުބާރާތުގައި ދެމި އޮތް ގައުމަކަށް ނިސްބަތްވާ ރެފްރީ އެއް މެޗުގައި ހުރުމުން ކަންބޮޑު ވާކަމަށާއި ރެފްރީގެ ނިންމުންތައް ހުރީ ޕޯޗުގަލް އާއި ވަރަށް ބޮޑަށް އިދިކޮޅަށް ކަމަށެވެ.

މިއީ ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުޅުނު ތިން ވަނަ ފަހަރެވެ. މީގެކުރިން ޕޯޗުގަލް ކުއާޓާ ފައިނަލްގައި ކުޅުނު ދެ ފަހަރު ވެސް މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރިއެވެ. އެގޮތުން 1966 ގައި ޑީޕީއާރު ކޮރެއާ އާ ކުޅެ 5-3 އިން މޮޅުވިއިރު، 2006 ގައި އިންގްލެންޑް ޕެނަލްޓީ ޝޫޓުގައި 3-1 އިން ބަލި ކުރިއެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގައި އާޖެންޓީނާ ވާދަކުރާނީ 14 ޑިސެމްބަރުގައި ކްރޮއޭޝިއާ އާއި ދެކޮޅަށެވެ. ދެ ވަނަ ސެމީގައި ބައްދަލުކުރާނީ ފްރާންސްއާއި މޮރޮކޯއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޕޮގުބާ

    ޕެޕޭ އެއީ ނުލަފާ ސޮރެއް އެކަމަކު މިފަހަރު އެބުނީ ރަނގަޅު ވާހަކައެއް ތަށިދީ އާޖެންޓީނާއަށް އެކަމަކު ކުޅިގެން ނުލިބޭނެ

    10
    13
    • Anonymous

      ދެން ކަޑަވެފަ ތިބެބަލަ. ! ތިފުރުސަތެއް ދެން ޕެނަލްދޯ އަކަށް ނުލިބޭނެ. ހަނި ފުރުސަތެއްވެސް އޮތިއްޔާ އޮތީ މެސީއަށް. ! ދެން މެޗުތައް ނުބަލާތި !! 00.00 ގަ އެނދަށް އަރާ ނިދާލާ !

      2
      1
  2. ހަމީދު 1

    ބަލިވީމަ ގޯސްވާނީ ކޯޗް. ބޯޗްގީޒް މީހުން ބަލި ކުރި ދިވެހިންވެސް. ހަނދާން އެބަހުރިތަ އަނދިރި އަނދިރިނަށް އަހަރެމްނ ހަދާލިގޮތް. އެހެންވީމާ ބަލި ގަބޫލުކުރޭ . ޝުކުރިއްޔާ

    26
    6
  3. ޑެނީ

    ޕޯޗުގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންވުން ކަހަލައެވެ މުސްލިމުންނަށް ލިބުނު ފަހުރެއް މޮރޮކޯގެ މޮޅަކީ މަށަށް ހެޔޮ ރެފްރީ ސަލީމް އާއި ސައީދުބެ ވިއަސް

    17
    1
  4. ދަރަނި ދަންތުރަ

    މަސް ނުބޭނުނީމަ ކަނޑު ގޯސްވީދޯ ، ކަލޯ ޕެޕޭ ކަލޭމެނަން ހައްގު މިންވަރު ތިއޮތީ ލިބިފައި ، ދެން ރަށަށްދޭ