އާޖެންޓީނާގެ ގައުމީ ޓީމުން ރިޓަޔާ ނުވަން ނިންމާފައިވާ ކަމަށް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ހާމަ ކޮށްފިއެވެ.

އުމުރުން 35 އަހަރުގެ މެސީ މިއަހަރުގެ ވޯލްޑް ކަޕުގެ ތަށި އުފުލާފައިވާއިރު، މީގެ ކުރިން އޭނާ ވަނީ މި މުބާރާތަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕު ކަމަށް ވެސް ބުނެފައެވެ.

އެހެން ނަމަވެސް ފުޓްބޯޅައިގެ އެންމެ އިތުބާރު ހިފޭ މަސްދަރުތަކުން ވަނީ މިއަހަރުގެ ތަށި އާޖެންޓީނާއިން އުފުލުމާއި އެކީ އެޓީމުން ރިޓަޔާ ނުކުރަން މެސީ ނިންމާފައިވާކަން ހާމަ ކޮށްފައެވެ.

މެސީ އާއި ހަވާލާދީ ރިޕޯޓްތަކުން ބުނީ އޭނާ އަދިވެސް އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅޭނެ ކަމަށެވެ.

"އަހަރެން ގައުމީ ޓީމުން ރިޓަޔާ ނުކުރާނަން. އަހަރެން ބޭނުން ވަނީ އަޖެންޓީނާގެ ޖޯޒީގައި ޗެމްޕިއަނެއްގެ ގޮތުގައި ކުޅެން" މެސީ އާއި ހަވާލާދީ ރިޕޯޓްތަކުން ބުނެފައިވެއެވެ.

ވޯލްޑް ކަޕް 2022ގެ ފައިނަލުގައި އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރި މި މެޗުގައި ދެ ޓީމުން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފް ނިމުނުއިރު، 2-0 ގެ ނަތީޖާއަކުން އާޖެންޓީނާ ކުރީގައި އޮތްއިރު، ފްރާންސްގެ އެމްބާޕޭ ޖަހައި ދިން 2 ލަނޑުން ފްރާންސް ވަނީ އާޖެންޓީނާއާއި އެއްވަރު ކޮށްދީފައެވެ.

މެޗުގެ 90 މިނެޓު ހަމަވެ އިތުރަށް ކުޅުނު 30 މިނެޓުގައި ވެސް އާޖެންޓީނާއާއި ފްރާންސްއިން ގޯލު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށް ނިމުމުން ވަނީ ޕެންލްޓީއަށް ގޮސްފައެވެ.

އާޖެންޓީނާ މިމުބާރާތުގެ ތަށި އުފުލާފައިވަނީ ޕެނަލްޓީގައި 4-2 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިކިލީކްސް

    ޝަރަފާއެކީގަ އެންމެންގެ ލޯބި ލިބުނީމާ ރިޓަޔާކުރަންވީ ވަގުތަކީ މިއީ!
    ނަމަވެސް އިންސާނުންނަކީ އަމިއްލަ އެދުން ބޮޑު ބަޔަކަށްވުމުން، ދުވަހަކުވެސް ހިތެއް ނުފުރޭނެ!

    46
    8
    • ރެފްރީ

      ރަތްކަޑުަކުން މިމީހުން ރިޓަޔާ ކުރުވަން ޖެހޭނީ.

      16
      7
  2. Anonymous

    ފައްކާ ޔަހޫދީއެއް. ބުނާބަހުގައި އިތުބާރެއްނެތް. މިހާރު 3ވަނަ ފަހަރު ވިއްޔާ ތިކަމެއްވެސް ކޮއްފި.

    34
    12
  3. އަލީ

    މެސީ ބުނީ ފަހު ވޯލްޑް ކަޕޭ.. ޤައުމީޓީމަށް ނުކުޅޭނަމޭ ބުނިތަ؟

    18
    3