ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ އާޖެންޓީނާ އިން ފްރާންސް ކޮޅަށް ޖެހި ތިންވަނަ ލަނޑަކީ ފުޓްބޯޅައިގެ ގަވައިދުތައް އޮތް ގޮތުން ލަނޑެއް ނޫން ކަމަށް ފްރާންސްގެ މީޑިއާތަކުން ބުނެފިއެވެ.

އާޖެންޓީނާ އިން މޮޅަށް ކުޅުނު މެޗް އެނބުރިގެން ދިޔައީ 80 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް ފްރާންސްގެ އެމްބަޕޭ ކާމިޔާބު ކުރި ހިސާބުންނެވެ. އޭގެ ދެމިނެޓް ފަހުން އޭނާ ދެލަނޑު ޖަހައި، އާޖެންޓީނާ އާއި ނަތީޖާ ހަމަހަމަ ކުރިއެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި އާޖެންޓީނާ އިން ތިން ވަނަ ލަނޑު ޖަހައި ފައިނަލް މެޗް ކާމިޔާބު ކުރުމާއި ވަރަށް ގާތައް ޖެހިލިއެވެ. ފްރާންސްގެ މީޑިއާ އިން ސުވާލު އުފައްދަނީ އެލަނޑާއި މެދުގައެވެ. އެއީ އާޖެންޓީނާގެ ބެންޗްގައި ތިބި ކުޅުންތެރިންގެ ތެރެއިން ދެކުޅުންތެރިއަކު އޭރު ދަނޑު ތެރޭގައި ތިބުމުންނެވެ.

"ލޯ އޮފް ފުޓްބޯލް" ގެ ތިން ވަނަ އަދަދުގެ ނުވަވަނަ ޕެރެގްރާފްގައި ބުނެފައި އޮންނަނީ ލަނޑެއް ޖަހާއިރު ލަނޑު ޖެހި ޓީމްގެ ބަދަލު ކޮށްފައިވާ ކުޅުންތެރިޔަކު، ނުވަތަ ބަދަލު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު ދަނޑުގައި ހުރިނަމަ އެލަނޑެއް އެއީ ލަނޑެއް ކަމަށް ބަލައިގަނެނެގެން ނުވާނެ ކަމަށެވެ. އަދި ކުޅުން ދެން ފަށަން ޖެހޭނީ ދަނޑަށް އެކުޅުންތެރިޔަކު ނުވަތަ އޮފިޝަލަކު އެރި ތަނަކުން އިދިކޮޅު ޓީމަށް ހިލޭ ޖެހުމެއް ދީގެން ކަމަށް ވެސް އެމާއްދާގައި ބުނެފައި އޮވެއެވެ.

އެހެންވެ ފްރާންސްގެ މީޑިއާ އިން ބުނަނީ އާޖެންޓީނާ އިން ޖެހި ތިން ވަނަ ލަނޑު އެއީ ލަނޑެއް ކަމަށް ބަލައި ގަނެގެން ނުވާނެ ކަމަށެވެ. ފްރާންސުން އޭގެ ފަހުން ޕެނަލްޓީއަކުން ލަނޑެއް ޖަހާފައި ވާތީ، މެޗްގެ އިތުރު ވަގުތަށް ފަހު ޕެނަލްޓީ ޖަހަން ނުޖެހުނީސް ކަމަށް ވެސް ފްރާންސްގެ މީޑިއާތަކުން ބުނެއެވެ.

ފްރާންސްގެ މީޑިއާތަކުން އާޖެންޓީނާގެ ލަނޑާއި ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް ފީފާ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ނަމަވެސް ނިމިފައި އޮތް މެޗެއްގެ ނަތީޖާ ބަދަލު ކުރާވަރުގެ ނިންމުމެއް ފީފާ އިން ނުނިންމާނެ ކަމަށް ހުރިހާ ތަޖުރިބާކާރުން ވެސް އެއްބަސްވެއެވެ.

ފްރާންސަށް ދެން އޮތް ހަމައެކަނި ހިތްހަމަޖެހުމަކީ އާޖެންޓީނާ އިން ވޯލްޑްކަޕް ކާމިޔާބު ކުރީ "ވަގު ގޯލެއް" ޖަހައިގެން ކަމަށް އުމުރު ދުވަހަށް ވެސް ބުނަން ފުރުސަތު ލިބުމެވެ. ނަމަވެސް ދުނިޔޭގެ ޗެމްޕިއަނަކީ އާޖެންޓީނާ އެވެ. އެކަން ދެން ބަދަލު ކުރުމުގެ ފުރުސަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. ޙެހެހ

    ޤަވައިދުގައި އެހެން އޮތިއްޔާ އެކަމެއް ބަލަންޖެހޭނެ ، ނޫނީ ޤަވައިދު އިސްލާހްކުރަންޖެހޭނެ ، ކޮންމެ ބަޔަކުވެސް ވޯލްޑްކަޕް ކުޅެނީ އެތައް ވަގުތެެއް އެތައް ހޭދައެއް ކޮށްގެން ، ތިކަންވެސް ވާނީ މެރަޑޯނާ އަތުން ގޯލްޖެހި ކަމާއި އެއްގޮތަށް ، އެކަމުން ވީ އެއްވެސްކަމެއްނެތް އޮތީ ހަމަ އެންމެނަށް އެނގޭ ބޮޑު ސިއްރަކަށްވެފަ

    42
    19
    • ޕެނާލްޑޯ

      ހާދަ ޕެނާލްޑޯ ފޭންސް ވަސް ދުވައޭ.

  2. އަލްޖިބްރާ

    މަރަޑޯނާވެސް އަތުން ޖަހައިގެން ގޯލަށް ބޯޅަ ވައްދާލިކަމަށް އޮތީ އަޑުއަރާފަ ! އެކަމަކުން ނަތީޖާ އަކަށް ބަދަލެއް ނާދޭ !

    68
    6
  3. ރެފްރީ

    ވަގުޗެމްޕިއަން ؟ މަރަޑޯނާގެ ގޯލްޑަންހޭންޑުގޯލްވެސް ؟ ގޯސް މުޅިންވެސް ގޯސް.. އަލުން ގުރުއަތުން ޗެމްޕިއަންޓީމުހޮވަންވީ!!!

    50
    21
    • ވާނުވާ

      ގުރުއަތުން ހޮވަންޖެހޭނީ އެއްވަރު ވީނަމަތާ. އެއީ ލަނޑެއް ނޫން. އެހެންވީމަ މެޗް ނިމުނިއިރު އޮތީ 2 - 3 ން ފްރާންސް މޮޅުވެފަ. އެހެންވީމަ ޗެމްޕިއަނުންނަކީ ފްރާންސް.

      86
      55
      • ޖަލީލު

        ފްރާންސްގެ 2 ވަނަ ގޯލް ޖެހީ މެސީ
        ބޯޅަ ހިފައިގެން ދަނިކޮށް މެސީ ކޮއްޕާލާފައި ފައުލްކޮށްގެން ގޮސް ގޯލް ޖަހައިގެން. އެއީ ވެސް ގޯލެއް ނޫން. އެ ގޯލް ނުޖެހުނުނަމަ، އިތުރު ވަގުތު ނުކުޅެ އާޖެންޓީނާއަށް ޗެމްޕިއަންކަން ލިބުނީސް.

        26
        26
      • ނިހާން

        އެއީ ލަނޑަކަށް ނުވާނަމަ ގަވާއިދުގައި އޮންނަ ގޮތަށް ކުޅުންތެރިން އަރައިގެން ހުރިހިސާބުން ޖަހައިގެން ކުރިއަށް ގެންދަން ޖެހޭނީ، އޭރުން މެޗްގެ އޮއިވަރަށް ބަދަލް އަންނާނެ، އެހެން ކަމަށް ވާނަމަ ފްރާންސް އިން ޖެހި ލަނޑުވެސް ގަބޫލް ކޮށްގެން ނުވާނެ

        13
        6
      • ވެނީލާ

        ކެންސަލް ކޮށް، އެތަނުން ޖެހުމެއްދީގެން ކުޅެނިކޮށް އަނެއްކާ އާޖެންޓީނާ ގޯލެއް ޖަހައި ފިއްޔާ؟؟ ގޯލު ކެންސަލް ކުރުމަށްފަހު ކަންތަށް ވާނެ ގޮތެއް ކިހިނެއް ކަލޭއަށް އެނގޭނީ. ފުރާންސުން ފަހުން ޖެހި ޕެނަލްޓީ ލިބުމުގެ ކުރިން ފުރާންސު ކުޅުންތެރިއެއްގެ އަތުގައި ޖެހުނުކަން އެނގޭތަ؟ ހަމަޖައްސާލަބަލަ ބުރޯ. ބޭސް ގުޅައެއް ކާލައިގެން އަރާމްކޮށްލަނިކޮށް އޯކޭވެދާނެ ހުރިހައިކަމެއްވެސް.

        8
        1
  4. ޗަކޮއި

    އާޖެންޓީނާ މީހުން ވ މޮޅުވާނެ ވަގުގޯލުޖަހަން، ނުހައްގުން ޕެނަލްޓީހޯދަން.

    92
    31
    • ވެނީލާ

      ބުރޯ.. ޕެނަޑޯލް ބޭނުންތަ؟؟

      6
      3
  5. Anonymous

    ދެން އެހެން ކިޔާލަ ކިޔާލަ ތިބޭ ފްރާންސް މީހުން ކިތަންމެ ދެރައެރިޔަސް ނިމިފާ އޮތްކަމެއް ބަދަލެއްނުކުރެވޭނެ😂

    65
    72
    • ބީތާ

      އެކަން ބަދަލު ނުކުރިޔަސް ޙަޤީޤަތް ބަދަލެއް ނުކުރެވޭނެ. މެސީ އަކީ ވަގެއް.

      64
      60
      • ކަލޯ

        ކަލޯ ބަފޯ ގޯތިންތަ ވައްކަންކުރީ އޭނާ؟؟ ވަގުންނަށް އަބަދުވެސް ހީވާނެ ދެންތިބި އެންމެންނަކީވެސް ވަގުންނޭ

  6. އެމްޑީ

    އެހެން ވީމާ މުޅިން ވަގުލަނޑު ދޯ

    59
    15
  7. ވީވާ

    ރެފުރީއަށް ސުކުރިޔާ އާރޖެންޓިނާ އައް މަރުހަބާ

    61
    24
  8. އަލީ

    ރެފުރީއަށް ސުކުރިޔާ އާރޖެންޓިނާ އައް މަރުހަބާ ބަލިވީމަރެފުރީގެލޮލަކައްވެސްނުފެންނާނެ ބަލިވާޓީމުހިތުން ގުޑުލަކުމެސީ

    25
    9
  9. Anonymous

    ފްރާންސް މީޑިޔާތަކުން ވާހަކަ ދައްކާއިރު ބްރެޒިލްގައޮތް ވޯލްޑްކަަޕައް ކޮލިފައިވިގޮޔް ހަންދާންކޮއްލުން ރަންގަޅު
    އޮންރީ އަތުން ކޮންޓްރޯ ކޮއްފަޖެހިގޯލަކުން މުބާތައްތައް ކޮލިފައިވީ އެހަންދާން ނެތެއްނު މިހާރަކު

    26
    2
    • ރަދީފް ހުސެން

      މެޗުނިމުމުން މެޗުގަ ހިނގާ ކަންކަން ބަލައިގެން މެޗުގެނަތީޖާ ނިންމާނަމަ ފްރާންސް މިފަހަރު ފައިނަލަކައް ނުދިޔައީސް. ވަރައްއަވަހައް އަތޮޅުތެރޭ ފުޓުބޯޅަ މުބާރާތް އެބަފަށަ، ފަހަރުގަ ރަނގަޅުގޮތެއްވެދާނެ. އެހާތަނައް ހަޖަމުކޮއްލާ

      11
      7
  10. އެނަލިސްޓް

    މެސީ ލަނޑުޖެހުމަށްފަހު ދުއްވާގަތްފަހުން ހާފް ރޮގުކައިރީގައި ތިބި 2 ކުޅުންތެރިޔަކު ދަނޑަށްއެރިތަނުގެ ފޮޓޯ ނަގާ ފްރާންސުން ބޮޑާހާކަނީ. ބަލިވިޔަސްތީ ތަންފުކެއް ބޮޑުވަރު.

    63
    34
    • ގަލަން ތުނޑު

      ބީތާއާނ ލަނޑުޖެހުމުގެ ކުރިން އެތިބީ ދަނޑަށް އަރާ..ދެން ބުނޭ ފޮތޯ އެޑިޓްކޮށޤފައޭ

      10
      11
  11. ފަރަންޖީކޮއި

    ފަރަންސޭސީން ބަލިވީތީ އުފާކުރަން. ފަރަންސޭސި ވިލާތުގައި އުޅޭ މުސްލިމުންނަށް އެ ގައުމުގެ ސަރުކާރުން އެބައިމީހުންގެ ދީނީ ޘަޤާފަތާއި ދެކޮޅަށް ކަންކަން މަޖުބޫރުކޮށް ކުރާ އުނދަގުލުގެ ސަބަބުން މުސްލިމުން ވަނީ ނުރުހުންތެރިވެފަ.

    25
    4
    • ޏ×ބސހ

      ދެން އާޖެންޓީނާ ޔޯ؟ ޢެއީ މުސްލިމުންނަށް ވަރަށް ހެޔޮކޮން ހިތާ ބަޔެއްތަ؟

      8
      4
  12. ިުޔ

    ގޯ ހޯމް

    8
    5
  13. ވާނުވާ.

    އާޖެންޓީނާ އަބަދުވެސް ތަށި ނަގަނީ މިހެން. އަތުން ގޯލުޖަހައިގެންނާ....

    9
    12
  14. ފަރުހާދު

    ކޮންމެ ކުޅުންތެރިޔެއްގެވެސް ޗިޕެއް ހަރުކޮށްފަިއ ބަހައްޓަންވީ،

    7
    1
  15. ކަނބިލި ކުޑައާދަނު

    އެމްޑީޕީން ބަގާވަތެކޭ ކިޔަކިޔާ ތިބޭގޮތަށް ދީ! ދެން މަ ހީ ހީ.. .

    11
    5
  16. ހަޖަމް

    ހަމަ އެކަނި އާޖަންޓީނާ އެއްނޫން ފުރާންސް ޖެހީ 3 ވަނަ ގޯލް ބަލާ ބަލަ

    6
    3
  17. ރާއްޖޭ މީހާ

    އާޖެންޓީނާ ހަމަ މޮޅީ

    8
    7
  18. މެސީގެ އަންހެނުން

    އެމްބައްޕޭ ލަނޑު ޖެހީމަ އިންފެންޓިނޯ މާޔޫސް ވިތަން ފެނުނު. ޤާއިމު ވަކިކޮޅަކަށް ޖެހިފަ ހުރީމަދޯ މިހާވަރުވާނީ ވެސް. #ވަގުޕެސީ

    6
    6
  19. ސީނާ

    އެޑިޓް ކޮށްފައިވާ ފޮޓޯއެއް. ނޫން ނަމަ ވީޑިއޯ އާއްމު ކުރީސް. ހުރިހާ އޭންގަލަކުންވެސް ވީޑިއޯ ނަގާފައި ހުރޭ ވިއްޔާ.

    7
    3
  20. ކައުންސެލަރު

    ވޯޓުވަގު، ގައްދާރުވަގު، ތަށިވަގު

    4
    6
  21. އާމިރު އަޙްމަދު

    މަށަށްހީވަނީ ލަނޑު ޖެހިފަހުންހެން ދަނޑަށް އަރާ އެތިބީ، ވީޑިއޯ ހާމަކުރީމަ ނޫނީ ޤަބޫލެއްނުކުރެވޭނެ..

  22. ހާމިދު

    ފޮޓޯއަށް ބެލީމަވެސް އެނގޭ ލަނޑު ޖެހިފަހުންކަން ދަނޑުގަ އެތިބީ، މި ދިވެހިންނަކީ މީހަކު ތިމާ ބޭނުންވާގޮތަކަށް އެއްޗެއް ބުނެފިއްޔާ އެހެޔޮ ދޮގަކަސް ވަރަށް ފަސޭހައިން ގަބޫލު ކުރާނެ،

    3
    2
  23. މެސީ އަލީ

    އާޖެންޓީނާ ހަމަމޮޅީ. މޮޅަށް ކުޅުނީވެސް އާޖެންޓީނާ. ތިޔަ ބުނާ ފްރާންސް ކޮބާތޯ ފުރަތަމަ ހާފުގަ؟ ބޯޅައެއް ގޯލަށް ޖަހާލެވުނީވެސް 80 މިނިޓް ހިނގި ފަހުން. ފްރާންސްގެ 2 ވަނަ ގޯލަކީ ނުބައި ގޯލެއް. އެ ބިލްޑްއަޕްގައި ފްރާންސް ކުޅުންތެރިއެއްގެ އަތުގައި ބޯޅަވެސް ޖެހުނު. އަދި ރަގަޅަށް މުުޅި މުބާރާތް ބަލާނަމަ ފްރާންސް އެއީ އިންގްލެންޑް އަތުން ކަޓަންޖެހޭ ޓީމެއް. މެސީ އެންޑް އާޖެންޓީނާއަށް މަރުހަބާ. ދެން ބުނަން އޮތް އެއްޗަކީ
    "ހަޖަމް ކޮށްލާ"....ވަރަށް ސަލާން.......

  24. ޒިކް

    ގޯލަށް ބޯޅަ ވަތްފަހުން އެމީހުންގެ ފަައި ދަނޑަށް އަރާފަ އިނީ.. ފޮޓޯތަކުންވެސް އެކަން ޔަޤީންވާނެ.. މެޗު ރިޕޯޓްގަ ވެސް އެވާހަކަ އެބަ އޮތް

  25. އެންބަފާ

    ދިވެހިރާއްޖޭގެ ފާނޫނުއަސާސީގެ ކޮންމެވެސް ތާކު އޮންނާނެ ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމޭ. ވަރަށް ސަލާން

  26. ކެކެ

    ހަޖަމް ޕްލީސް..!!

  27. Anonymous

    އޭރުން 1986 ގެ ވޯލްޑްކަޕްވެސް އަލުން ކުޅެން ޖެހޭނެ. ތަށި ލިބެން ޖެހޭނީ އާޖެންޓީނާއަކަށް ނޫން

  28. ނަޖްވާ

    ބަލަގަ އާޖެންޓީނާ އޭ މޮޅަށް ކުޅުނީ! ހަމަ ވެއްޖެ ޕެރަންޓީ އެއް ދޭން މެޗް ނިމި ނިމި އޮއްވަ!