މިދިޔަ އާދިއްތަ ދުވަހުގެރޭ ބޭއްވި ވޯލްޑް ކަޕްގެ ފައިނަލް މެޗު ކާމިޔާބު ކުރި އާޖެންޓީނާގެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ތަށި ހަވާލުވި އިރު، އަރަބިންގެ ސަގާފީ ހެދުން ލެއްވުމުން ބައެއް މީހުންނަށް އެކަން ހަޖަމްނުވެގެން ފާޑު ކިޔަން ފަށައިފިއެވެ.

މެސީ ތައްޓާ ހަވާލުވާން ދިއުމުން އެ ތަށި ހަވާލުކުރުމުގެ ކުރިން މެސީގެ ގަޔަށް އަރަބި ސަގާފީ ހެދުމެއް ކަމަށްވާ ޖުއްބާއެއް ވައްތަރުގެ ހެދުމެއް ލެއްވިތަން ފެނިގެން ދިޔައެވެ.

ގަތަރުން މިގޮތަށް އަމަލު ކުރުމުން އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ނިއުސް އިން ފާޑު ކިޔާފައިވެއެވެ.

ޑެއިލީ މެއިލްއިން ބުނީ ތަށި ހަވާލުކުރުމުގެ ކުރިން މެސީގެ ގަޔަށް ޖުއްބާއެއް ގަދަކަމުން ލެއްވީ ކަމަށެވެ. އަދި ތަށި ހިފައިގެން ހުރި އިރު އާޖެންޓީނާގެ ޖޯޒީވެސް ރަނގަޅަން ނުފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ގަތަރުގެ އަމަލަކީ އަމިއްލަ އެދުމުން ފޯވެފައިވާ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.

"މިއީ ކުޅުންތެރިންނަށް ވަރަށް މުހިންމު ވަގުތެއް. އެ ވަގުތު މުހިންމީ ގަތަރަކަށް ނޫން" ޑެއިލީ މެއިލްއިން ބުނެފައިވެއެވެ.

ތަށި ދިންއިރު ޖުއްބާ ލެއްވުމުން ޑެއިލީ މެއިލްއިން ފާޑުކިޔައި ލިޔުނު ލިޔުމެއްގެ ސްކްރީން ޝޮޓެއް--

ތަށި ހަވާލުކުރި ފަހުން ޖުއްބާއާ ނުލާ މެސީ އުފާ ފާޅުކުރާ ތަން ވެސް ފެނިގެން ދިޔައެވެ.

ލިވަޕޫލް އެފްސީގެ ރިޕޯޓަރެއް ކަމަށްވާ ޖޭމްސް ޕިއާސް ބުނީ ވަރުގަދަ މެޗަށް ފަހު ތަށި ހިއްލާލަން ލިބުނީ ވަރަށް ލަސްވި ފަހުން ކަމަށާއި އަދި އެ ވަގުތުކޮޅުވެސް ގަތަރުން ހަރާބު ކޮށްލީ ކަމަށެވެ.

https://twitter.com/Tiraa_rara/status/1604863792340701184

"ވަރަށް ކަޑަ ކަމެއް. ކީއްކުރަންތަ ޖުއްބާއަކުން މެސީގެ ޖާޒީ ކަވަރުކުރަންވީ" ޖޭމްސް ބުނެފައި ވެއެވެ.

އީއެސްޕީއިންގެ ލިޔުންތެރިއެއް ކަމަށްވާ މާކް އޮގްޑެން ބުނީ އާޖެންޓީނާގެ ޖާޒީގެ މަތިން ގަތަރުގެ ސަގާފީ ހެދުމުން ކޮންމެހެން ލާން ނުޖެހޭ ކަމަށެވެ.

ބީބީސީގެ ހޯސްޓު ގެރީ ލިނެކާ ބުނީ ޖުއްބާ ލެއްވުމަކީ ވަރަށް ލަދުވެތިކަމެއް ކަމަށެވެ.

ނަމަވެސް ބައެއް މީހުން ވަނީ ޖުއްބާ ލެއްވުމުން ތައުރީފްވެސް ކޮށްފައެެވެ. އަދި އެއީ މެސީގެ ކާމިޔާބީގެ އަގު ވަޒަން ކުރުން ކަމަށް ވެސް ބުނެފައި ވެއެވެ. ގަތަރުގެ މީހުން އުފާ ފާޅުކޮށް ހަދާ މުނާސަބަތުތަކުގައި އެގޮތަށް ޖުއްބާތައް ލައި ހަދައެވެ.

 

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ތަހުޒީބޭ ކިޔައިގެން އުޅޭ މީހުންގެ ހާލަތު

    އަޖާއިބެއް ފަހެ ނުވާނެތަ؟ޖޯޒީ ނުފެނެޔޭ ބުނާ އިރު އެލެއްވި ގައުން އަކީ ގައިގެ ހަންވެސް އެނގޭހާ ތުނި ފޮތީގަ ފަހާފަ އޮތް އެއްޗެއް. މުބާރާތް ބޭއްވީ ޤަތަރުގަ. ވީއިރު ޤަތަރަށް ހަދިޔާއެއްގެ ގޮތުގަ އެމީހުންގެ މެހުމާނަކަށް އެއްޗެއް ނުދެވޭންވީ ސަބަބެއް ނެތް..ސާބަހޭ ކަލޯ ހުޅަނގޭމެން. ހަސަދަވެރި ވިޔަސް ތީ ދެން ބޮޑުވަރެއް.

    50
    1
  2. ބަރޯ

    ހަޖަމު ނުވާ ބަޔަކު އަދިވެސް ގަތަރަށް ފާޑުކިޔޭތޯ މި ބަލަނީ، ވޯޑްކަޕަށް ތަރައްގީކުރަން އެދުމުންވެސް ފުރަގަސްދީ ގަތަރަށް ނުވާނޭ ބުނުމުން ޗައިނާއިން އެވަނީ ހުރިހާ ސްޓޭޑިއަމްތަކެއް ހީނުކުރާ ފެންވަރަށް ހަދައިދީފަ. ޔޫރަޕްގެ ސަގާފަތްތައް ޔޫރަޕްގައި އޮންނަހެން އަރަބިންގެ ސަގާފަތް އަރަބިން ދައްކާނެ.

    32
    1
  3. ކަލޯ

    ޖޯޒީ ނުފެނެޔޯ ބުނާއިރު ގައުންގެ ތުނިކަމުން މެސީގެ ކައިރީގަ ހުރި އަމީރުވެސް އެހުރީ ރީތިކޮށް ފެންނަން. ތިވެރިންގެ ލޮލުގައެއް ނޫން މައްސަލަ އުޅެނީ..ހިތުގަޔާ ސިކުނޑީގަ.އަވަހަށް ބޭސްކުރަން ދޭ.

    32
    1
  4. ކަނބުލޮ

    އެއީ މެސީއަށް ޤަޠަރުން ދިން ލޯބި. އެއީ މެސީއަށް ޤަތަރުން ދިން އޮނަރެއް. އެއީ މެސީއަށް ޤަޠަރުން ކުރި އިޙްތިރާމެއް.

    46
    2
  5. Anonymous

    އިނގިރޭސިންނަކީ މުސްލިމުންގެ ލޭބޯހިތުން ކެތްމަދުވެފަ ތިބި ޝައިޠާނުން ތަކެއް. ގަތަރުން ކުރަންވީކަމަކީ އެލްއެންޖީ އިނގިރޭސިވިލާތަށް ވިއްކުން ހުއްޓާލަންވީ.

    34
    1
  6. ސީނާ

    ވަރަށް ރަނގަޅު ކަމެއް. ޝުކުރިއްޔާ ގަތަރު

    38
    1
  7. ދުރުމި

    އެބަޔަކު ބާނާ ރޮޑެއްގެ ހަން ބާލާނީ އެބަޔަކު ބޭނުންވާ ގޮތަށް ، މިއީ ގަތަރުގަ އޮތް ވޯލްކަޕެއް އިނގިރޭސި ވިލާތަކުނުން އޮތީކީ، ކިތަންމެ ރުޅި އަޔަސް އެއޮތީ ބާއްވާފަ

    38
    1
  8. މެސީގެ މެހި

    ޣަތަރުން މެސީޔަށް އިހްތިރާމް ކޮށް އެމީހުންގެ ސަގާފަތާއެއްގޮތަށް ކަންތައްކުރީ ޔޫރަޕްމީހުންނަށް ކިބުރުވެރިކަމާ ނަސްލީ ތަފާތުކުރުން ހައްދުފަހަނަ އަޅާފަވާތީ ހަޖަމް ނުކުރެވުނީ

    34
    1
  9. މުހައްމަދު

    މެސީ ހުރީ ވަރަށް އުފަލުން. މިއުޅޭ ރޯނުއެދުރުންނަށް ކޮންމެވެސް ގޭސްގަނޑެއް އަނބުރާނުލާ ހަޖަމެއްނުވާނެ.

    24
    1
  10. ބޭހޭކަމެއް ނޫން

    އަހަރެންނަށް އޭރު ވެސް ހީވިއޭ މެސީ މެން މޮޅު ވެއްޖިއްޔާ ކޮންމެވެސް އެއްޗެއް ކިޔާނޭ 😒

    9
    2
  11. ކޮއްޔާ

    މުސްލިމް ބަޔަކު ކަމެއްކުރީމާ އެކަން ރެއިންބޯ މީހުންނަށް ކަމުނުދަނީ /

    6
    1
    • ގިނި

      ޔާ.. ރެއިންބޯ ގޯން އެއް ލެއްވިނަމަ އެމީހުން އޯކޭވާނެ