ދުނިޔޭގައި އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޮއާއި ލިއޮނަލް މެސީގެ ކުރިމަތިލުމެއް މިރޭ ފެނިގެންދާއިރު، މިމެޗު ވެގެންދާނީ މިދެކުޅުންތެރިންނަށް ސަޕޯޓް ކުރާ ފަރާތްތަކަށް ބޮޑު މެޗަކަށް ވެގެންދާނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސައުދީގެ އަލް ނަސްރު ޓީމާއި ގުޅުނު ރޮނާލްޑޯ މިރޭގެ މެޗަށް ނުކުންނައިރު، މިއީ އޭނާ އެޓީމާއި ގުޅުނު ފަހުން ކުޅޭ މިފަދަ ފުރަތަމަ މެޗެވެ. އެހެން ކަމުން ރޮނާލްޑޯގެ ސަޕޯޓަރުން ވަނީ އޭނާ މެޗުން ތަފާތު ދައްކާނެ ކަމަށް ބުނެފައެވެ.

އަލް ނަސްރު ޓީމުގައި ރޮނާލްޑޯގެ އިތުރުން ކީޕަރު އަލް-އޮވައިސް، ޖަންގ ޔުން-ސޫ، އަލީ އަލް-ބޮލެހީ، އަބްދުﷲ އަލް-އަމްރީ، އަންޑްރޭ ކަރީލޯ، އަބްދުﷲ އަލް-ޚައިބަރީ، ލުއީޒް ގުސްޓާވޯ، މަތިއުސް ޕެރެއިރާ، ސަލީމް އަލް-ދައުސާރީ އަދި ޓެލިސްކާ ހިމެނެއެވެ. މިރޭގެ މެޗުގެ ފުރަތަމަ 11ގައި މި ކުޅުންތެރިން ފެނިގެންދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޕީއެސްޖީއަށް ބަލާއިރު، މިރޭގެ ފުރަތަމަ 11 އިން ކީޕަރު ނަވާސް، ޑެނީލޯ، މާކިންހޯސް، ރާމޮސް، ބާނަޓް، ރުއިޒް، އެމެރީ، ހަކީމީ، މެސީ، އެކިޓިކޭގެ އިތުރުން އެމްބާޕޭ ފެނިގެންދާނެއެވެ.

އަލް ނަސްރު އާއި ޕީއެސްޖީ ބައްދަލު ކުރާ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ 22:00 ގައެވެ.