މިއަދު ހަވީރު ކުޅުނު އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ސެމީ ފައިނަލް ފުރަތަމަ މެޗަށް ފަހު ކ. ގުރައިދޫ ސްކޫލްގެ ސަޕޯޓަރުން ރެފްރީއަށް ހަމަލާދީފިއެވެ. މިމެޗްގައި ބައްދަލު ކުރީ ގުރައިދޫ ސްކޫލާއި ކަލާފާނު ސްކޫލެވެ.

އެ މެޗު ކަލާފާނުން 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ފައިނަލަށް ދަތުރުކޮށް މެޗް ނިމުމާއިއެކު ގުރައިދޫގެ ބައެއް ސަޕޯޓަރުން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދޭން މަސައްކަތް ކޮށްފައިވެއެވެ. ބައެއް މީހުންގެ ހަމަލާ ކޮންމެވެސް ވަރަކަށް ރެފްރީގެ ގަޔަށް އަމާޒުވެސް ވިއެވެ. ނަމަވެސް އެތަނުގައި ތިބި ބައެއް މީހުންގެ އެހީތެރިކަމާއިއެކު ރެފްރީ ވަނީ ރޮސްޓްރޮމް އަށް ވައްދާފައެވެ.

މެޗަށް ފަހު ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވީ ރެފްރީއަށް ހަމަލާދޭން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މައްސަލަ ބަލައި ހަރުކަށި އަދަބު ދީ، ފިޔަވަޅު އަޅާނެ ކަމަށެވެ.

އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު މިރޭ އޮންނާނެއެވެ. އެ މެޗުގައި ވާދަކުރާނީ އިމާދުއްދީން ސްކޫލާއި ރެހެންދި ސްކޫލެވެ. މުބާރާތުގެ ސެމީ ފައިނަލް ދެވަނަ މެޗު އޮންނާނީ މިރޭ 8:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކިޔުންތެރިއެއް

    ރެފްރީންނަށް ލާފަތިބެނީ ތަންދޮރުނުފިލާ ކުޑަކުދިން. ކުރިން މެޗުތަކުވެސް ކުޅުންތެރިން ހިފާބޭލިއިރުވެސް ރެފްރީއަކަށްނޭންގެ ހަދަންވީ ނުހަދަންވީއެއް. އެއްއޭމެމް ފެއިލް.

    7
    5
  2. ޢާދަނުބެ

    ތީ މަހާރު މި ގައމުގަ އާންމުކަމެތް ކިރިޔާ ކަމެތް ވާއިރަށް އަރާ ތަޅައިގަންނަނީ ހަމަޔާ އިންސާފުފު ނެތް ގައުމެތްގަ ވާނީ ތިހެން އެތްވެސް މީހަކު ލަދުހަޔަތުގެ ކަންފުޅެއްވެސް ނުހުރޭ

    22
  3. ސަމް

    ރާއްޖެތެރޭމީހުންގެ އާންމުކަމެއްތީ… އެހެންވެ ބުނަނީ 5 ކުޅަނދުހަމަ މަދިއްޔޭ…

    7
    19
  4. ކޮއްޔާ

    ގައުމުގެ މިއަދުގެގެ ހާލަތު ތިފެންނަނީ // ،،،،،،،،،،،

  5. މާލޭސޮރު

    ރެފްރީ ފެނެލްޓީ އޭރިޔާތެރެއިން އަތްލީމަވެސް ނުފެނުނު ދެފަހަރުވެސް މިފަދަ ކަންތައްތައް ބަލައެއްނުގަންނާނެދޯ އެހެންވީމަ ރެފްރީގެ ނުކުޅެދުންތެރިކަން ހާމަވީ އަދި ދަނޑުގެ އިންތިޒާމްތައްވެސް ރޭވިފައެއްނެތް ރަށެއްގެ ގިނަބަކު އައިސް އުޅޭއިރު ހިނގައިފާނެ ހަމަނުޖެހުމަކަށް ސެކިއުރިޓީކަންކަން ނުބެލި އޮތްކަން ފާހަގަވި

    1
    1
    • ޜާއްޖެތެރޭ ސޮރު

      މާލޭ ސޮރަށް ރިޕްލައި...އެހެންވީމަ ތި ސޮރު ރެފްރީން ނަގާ ކޮންމެ ގޯސް ޑިޒިޝަނަކަށް އެ މީހަކު މަރަން ދެއްތޯ ތާޢީދުކުރަނީ... ތި ހިޔާލުގަ ދެމިހުރިއްޔާ ދުނިޔެއިން ރެފްރީން ނެތި ހުސްވެދާނެ...އަދި އެއްފަހަރު ވިސްނާފަ ހިޔާލު ބަދަލުކުރަން ފެނޭ.

  6. ހެހެހެ

    ގުރައިދޫގަ ވެސް ތީ ހަމަ އާއްމުކަމެއް...

  7. ޢާދަނު

    މާލޭގެ ފަސް ކުޅަނދު ހަމަ ބޭފުޅުންނަކަށް ހަޖަމެއް ނުވާނެ ރާއްޖެތެރޭ މީހުން މޮޅުވަންޏަކާ

    4
    1
    • ފާދަނު

      ބަލަގަ އާދަނާ މޮޅުވީ ކަލާފާނު ސްކޫލޭ! މޮޔަގުރައިދޫއެއްނޫނޭ! 10 ކުޅަނދު މަދީ ހެހެހެ...

  8. Anonymous

    5 ކުޅަނދު މަދު މީހުންނާ ގިނައިން ތި ވިދާޅުވާ ކުޅަނދު ހަމަ މީހުން ކައިވެނި ބައްލަވައިގެން ތިއްބެވީ