އާޖެންޓީނާގެ ފުޓްބޯޅަ ތަރި، ލިއޮނަލް މެސީ މަރާލާނެ ކަމުގެ އިންޒާރު ދީފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާ ގޮތުގައި މެސީ މަރާލާނެ ކަމުގެ އިންޒާރު ދީފައިވަނީ މެސީގެ އަނބިމީހާ އާޖެންޓީނާގެ ރަޒާރިއޯގައި ހިންގަމުން އަންނަ ސުޕަމާކެޓަކަށް ބަޑި ހިފައިގެން ވަން މީހެކެވެ.

އެގޮތުން އޭނާ އެތާ ތެރެއަށް ވަދެ 14 އަށްވުރެ ގިނަ ފަހަރު ބަޑި ޖަހާފައިވާ ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އެކަން ކޮށްފައިވަނީ ސައިކަލެއްގައި ދިޔަ ދެމީހުން ކަމަށެވެ.

އެމީހުން އެތަނުގެ ތެރެއަށް ވަދެ ސުޕަމާކެޓަށް ގެއްލުންދީ، ނޯޓެއް ދޫކޮށްލާފައިވާ ކަމަށެވެ. އެނޯޓުގައި މެސީއަށް އިންތިޒާރު ކުރާ ކަމަށާއި ޖޯކިން އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހެއް ކަމަށް ލިޔެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި "އޭނާ މެސީއަކަށް ނުބަލާނެ ކަމަށް" ވެސް ލިޔެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެސީ އަށް މަރުގެ އިންޒާރުދީ ލިޔެފައިވާ ނޯޓުގައި ފާހަގަ ކޮށްފައިވާ ޖޯކިން އަކީ މެސީ އާއި އޭނާގެ އާއިލާ ދިރިއުޅެމުން އަންނަ ރޮޒާރިއޯގެ މޭޔަރެވެ.

މިހާދިސާ ވަރަށް ގާތުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

މެސީ މަރާލާނެ ކަމުގެ އިންޒާރު ބަޔަކު މީހުން ދީފައިވާއިރު، ޖޯކިން ވެސް ވަނީ މިހަފްތާގެ ކުރީ ކޮޅު، އެސިޓީގެ މަސްލަހަތު ގޯސްވެ، އިތުރު ހަށިފާރަވެރިން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ކޮންމެ ހާލަތެއްގައި ވެސް އެސިޓީގައި ހިނގާ އެފަދަ ކުށްތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަދީހް

    އެހެންނެތް ނުކުޅެވޭނެ މުޅިދިވެހިރާއްޖެމިއޮތީ މެސީއާއިއެކު

    20
    12
  2. މާހް

    ބޮންޖޭގެ ކަމަކަށްތިވާނީ

    4
    1