އިންޑިއާ ސިފައިން ހިމެނޭ ހޭންޑްބޯލް ޓީމް
އިންޑިއާ ސިފައިން ހިމެނޭ ހޭންޑްބޯލް ޓީމް

ކައްދޫގައި އޮންނަ އިންޑިއާގެ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ލ.ގަމުގައި ގާއިމުވެ ތިބޭ އިންޑިއާ ސިފައިން އެރަށުގައި ކުރިއަށް ދިޔަ ހޭންޑްބޯލް މުބާރާތެއްގެ ފައިނަލް މެޗަށް މިރޭ އަރަން އުޅުމުން ފައިނަލް މެޗް ނުކުޅެވިގެން މެޗް ހުއްޓާލައިފިއެވެ.

ގަމުގައި ހުންނަ ގައުމީ ޔުނިވަސީގެ ކެމްޕަސްގައި އޮންނަ އަހުރަ ގޮފިން އިންތިޒާމް ކޮށްގެން މުއައްސަސާތަކާއި ޖަމިއްޔާތަކަށް ހުޅުވާލައިގެން ބޭއްވި ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗް ކުރިއަށް ނުގެންދެވުނީ ފައިނަލްގައި އެއްކޮޅުން ކުޅެން އައި އިސްކަންދަރު އެއާބޭސްގެ ޓީމްގައި އިންޑިއާ ސިފައިންގެ ދެކުޅުންތެރިއަކު ހިމެނުމުންނެވެ.

މުބާރާތުގައި މީގެ ކުރިން ކުޅެފައި ނުވާ، އަދި ޓީމްގައި ނަން ވެސް ހިމަނާފައި ނުވާ އިންޑިއާ ސިފައިންގެ ދެމީހުން އިސްކަންދަރު އެއާބޭސްގެ ޓީމްގައި ހިމަނާފައި އޮތުމުން ފައިނަލްގައި ވާދަކުރަން އޮތް ގޯޅި ސްޕޯޓްސް އިން ވަނީ މެޗް ކުޅެން ދެކޮޅު ހަދާފައެވެ.

ގޯޅި ސްޕޯޓްސް އިން ބުނެފައި ވަނީ އިންޑިއާ ސިފައިންނަކީ އެއްވެސް މުއައްސަސާއެއްގައި މަސައްކަތް ކުރާ ބައެއް ނޫން ކަމަށާއި އެއީ ޤަވައިދާއި ހިލާފަށް ރާއްޖޭގައި ތިބި ބައެއް ކަމުން އެމީހުން ބައިވެރި ކުރާ މެޗެއް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ ނަން ހިމަނާފައި އޮތް އިސްކަންދަރު އެއާބޭސްގެ ޓީމުން ވެސް ފަހުން ވަނީ އިންޑިއާ ސިފައިން ނުހިމަނާ މެޗް ކުޅެން މަސައްކަތް ކޮށްފައެވެ. ނަމަވެސް އިންޑިއާ ސިފައިން ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް މެޗަށް އެމީހުން އަރާނެ ކަމަށް ބުނެފައެވެ. އެހެންކަމުން މެޗް ކުރިއަށް ނުގެންދެވިގެން ވަނީ ހުއްޓާލާފައެވެ.

އިސްކަންދަރު އެއާބޭސްގެ ހޭންޑްބޯލް ޓީމަކީ ކައްދޫ އެއާޕޯޓް މުވައްޒަފުންގެ ޓީމެއް ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއަށް އިންޑިއާ އިން ފޮނުވާފައިވާ ހެލިކޮޕްޓަރު ބެލެހެއްޓުމުގެ ނަމުގައި ގަމުގައި ސާޅީހަކަށް އިންޑިއާ ސިފައިން ތިބޭ ކަމަށް ވެއެވެ. އެމީހުން ތިބެނީ އާންމުންގެ ގެތަށް ކުއްޔަށް ހިފައިގެންނެވެ. މިހާރު ވިސާ ވެސް ހަމަވެފައިވާ އިންޑިއާ ސިފައިން އަނބުރާ ގައުމަށް ދިއުމަށް ދިވެހި ސަރުކާރުން އެތައް ފަހަރަކު އަންގާފައިވާ ކަމަށް ވެއެވެ. ނަމަވެސް އަނބުރާ ގައުމަށް ދިއުމުގެ ބަދަލުގައި އިންޑިއާ އިން މަސައްކަތް ކުރަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހާއި ހަމައަށް ދިގު ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތި ފެންނަނީ އަސްލު . ނަޝީދު ބުނި އެމީހުންގެ ވެރިކަމުގަ އިންޑި އާޢަށް އެއަރޕޯރޓް ދޭން. ދެން ވިސްނާ

  2. ކިހާ ދެރަކަމެއްމީ، އިންޑިޔާ މީހުން ބޭނުންވަނީ

    ހާޑު ކުރަންތަ؟ އަހަރުން ކެތްތެރިކަން ކޮޅުން

    ލާ ހިސާބަށް ކަންތައް ނުފޮނުވުމަށް އެދެން

  3. ބޭރު ކޮށްލަމާ ހިނގާ

  4. ބޭރު ކޮށްލާ ހަމަ މިހާރު. ކިހާބޮޑުވެއްޖެ ކަމެއްމިދެން.

  5. އަބުދުﷲޖަމީލް

    ކޮބާ ގަޓް ރައީސް

  6. ހަޅުތާލުފަށާ! ބޭރުކޮއްލާ ! މިގައުމުގަ ދިވެހިންނަކަށްވުރެއް ގަދައެއް ނުވެވޭނެ! މީ ދިވެހީންގެ ގައުމު މިތާ ގެރިޔަށް އަޅުކަންކުރާ މީހުނެއް ނުތިބޭނެ !ހުރިހާ ގެރިތައް ބޭރުކޮއްލާ

  7. އިންޑިޔާގެ ހަބަރު ފަތުރާ ވަސީލަތްތަކުން މުޅި ދުނިއެއައްވެސް މިހަބަރުތައް ގެނެސްދީފަ ހުރީ މުޅިންވެސް ދިވެހި ރާއްޖެ ބަދުނާމު ކޮއްފަ އޮޅުވާލުމާ މަކަރާ ހީލަތާ އެކުގަ.
    ދިވެހިރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތް ތަކަސާއި ދައުލަތުގެ ވުޖާރާތަކަށް އިންޑިޔާއިން މިކަމުގައި ގެންގުޅޭ ސިޔާސަތާއި މިމީހުން އަމަލު ހުރިގޮތާއި މިތާގައި ތިބެން ބޭނުންވެގެން އުޅޭ މަގުސަދު ބޭރު ދުނިޔެއައް ހާމަ ކޮށްދިނުމަށް ގޮވާލަން.

  8. ތިކަމުގައި އިންޑިޔާ ސިފަިނގެ ކުށެހްނެތް އިސްކަނދަރު އެއާ ބޭސްގެ މައްސަލއެއްވެސް ނެތް ތިމައްސަލައަކީ މުބާރާތް އިންތިޒާމްކުރި ފަރާތުގެ މައްސަލައެއް މާމޮޅު ގަވާއިދެއް ހެދިފައޮތް މުބާރާތެއް އެއީ ފައިނަލމެޗަސް އަރާފަވެސް ކުޅުންތެރިން އިތުރުކުރެވެޔގޮތަހ ގަވާއިދުއޮތޭ ވީމާ ޚަބަރުލިޔުނުމީހާގެ މަޢުލޫމާތު ރަނގަޅުތަ