އިނގިރޭސި ފުޓްބޯޅަ ކްލަބް ޗެލްސީން އިއްޔެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައި އެ ކްލަބްގެ މުސްލިމް ސަޕޯޓަރުންނާއި ޗެލްސީގައި ދިރިއުޅޭ މުސްލިމުންނަށް ޚާއްސަ ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

ޗެލްސީން ވަނީ ބަންގި ގޮވައި ރޯދަ ވީއްލުމަށްފަހު މަޣްރިބް ނަމާދު ޖަމާއަތުގައި ކުރެވޭނެ އިންތިޒާމް ވެސް ސްޓޭޑިއަމްގައި ހަމަޖައްސައިފައެވެ.

މި ރޯދަ އިންތިޒާމްކޮށްފައިވަނީ ޗެލްސީ ފައުންޑޭޝަން އަދި ރަމަޟާން ޓެންޓް ޗެރިޓީންނެވެ. ޗެލްސީން ބުނީ މި ރޯދަ ވީއްލުމުގައި ޗެލްސީގެ ހުރިހާ މުވައްޒަފުންނާއި ޗެލްސީ އަށް ސަޕޯޓު ކުރާ މުސްލިމުން ސަޕޯޓަރުންނަށް ވަނީ ދައުވަތު ދީފައި ކަމަށެވެ. އަދި އޭގެ ތެރޭގައި ޗެލްސީ އަށް ނިސްބަތްވާ މުސްލިމް ސްކޫލްގެ ދަރިވަރުން ވެސް ހިމެނޭ ކަމަށް އެ ކުލަބުން ވަނީ ބުނެފައެވެ. މި ރޯދަ ވީއްލުމުގައި އެތައް ސަތޭކަ މުސްލިމުން ބައިވެރިވެފައިވާ ކަމަށް އިނގިރޭސި ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ރޯދަ ވީއްލުމަށް ފަހު އިއްޔެގެ މަޣްރިބް ނަމާދު ޖަމާއަތުގައި ކުރަނީ.

މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ޕްރިމިއާ ލީގުގެ ކުލަބަކުން ރޯދަ ވީއްލުމެއް ދިން ފުރަތަމަ ފަހަރެވެ. އަދި މިއީ ޕްރިމިއާ ލީގު ކުޅޭ ޓީމެއްގެ ދަނޑުގައި ރޯދަ ވީއްލުމެއް ބޭއްވި ފުރަތަމަ ފަހަރުވެސްމެއެވެ.

ޗެލްސީން ބުނީ މި ރޯދަ ވީއްލުން އިންތިޒާމް ކުރުމުގެ ބޭނުމަކީ ރަމަޟާން މަހުގައި އެއްބައިވަންތަކަން އާލާ ކުރުން ކަމަށެވެ.

ޗެލްސީ ފައުންޑޭޝަންގެ ވެރިޔާ ސައިމަން ޓެއިލަރ ބުނީ ޗެލްސީއަކީ އެކި ނަސްލުތަކާއި ދީންތަކުގެ މީހުންގެ މެދުގައި ފުޓްބޯޅައިގެ ޒަރިއްޔާ އިން ހަމަހަމަކަން ގާއިމު ކުރުމުގެ މަސައްކަތް ފަހުރުވެރިކަމާ އެކު ކުރަމުން އަންނަ ފައުންޑޭޝަނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެދުރުބެ

    ތިކަން ބޭއްވީ މަގުސަދު މި ރާއްޖޭ މިއުޅޭ މީހުންނަށް ހަޖަމެއް ނުވާނެ

    11
    • ނަނަނަ

      ކޮބާ އެމަގްސަދަކީ؟

      4
      1
  2. ބަރަބިސް

    ޢެހަރަކާތް އިންތިޒާމް ކުރިފަރާތުން އެއޮތީނު އެކަން ބޭއްވި މަގުސަދު ކިޔާދީފަ