ސްޕެނިޝް ލީގުގެ މެޗުތައް އިންޑިއަން ސަބްކޮންޓިނެންޓަށް ނުވަތަ ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ ހައްގު ފޭސްބުކް އަށް ދިނުމަށް ނިންމައިފިއެވެ.

ސްޕެނިޝް ލީގުގެ މެޗުތައް ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ ހައްގު ފޭސްބުކް އަށް ދީފައިވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން ކޭބަލް ޓީވީ މެދުވެރިކޮށް އެ ލީގުގެ މެޗުތައް ދެން ރާއްޖެ އަށް ނުފެންނާނެއެވެ.

މިކަމާ ގުޅޭގޮތުން މީޑިޔާނެޓުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ފޭސްބުކް އިން ލަލީގާ މެޗުތައް ދެއްކުމަށް ހަދާފައިވަނީ ކިހާ ބޮޑު އެއްބަސް ވުމެއްކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ސްޕެނިޝް ލީގުގެ މެޗުތައް ދެއްކުމުގެ ރައިޓްސް ފޭސްބުކަށް ދީފައިވަނީ 105.5 މިލިއަން ޑޮލަރަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ފޭސްބުކް ބޭނުން ކުރާ 348 މިލިއަން މީހުން ދިރި އުޅޭ އިރު މީގެ ތެރެއިން 270 މިލިއަން މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުންނެވެ. މިއީ ކުޅިވަރުގެ އިވެންޓެއް ބްރޯޑްކާސްޓް ކުރުމަށް ފޭސްބުކް އިން ކުރާ އެންމެ ބޮޑު އިންވެސްޓެވެ.

ފޭސްބުކްގެ ޑިރެކްޓާރ އޮފް ގްލޯބަލް ލައިވް ސްޕޯޓްސް ވިދާޅުވެފައިވަނީ، ސްޕެނިޝް ލީގުގެ މެޗުތައް ފެނިގެންދާނީ އެއްވެސް އިޝްތިހާރަކާއި ނުލައި ކަމަށާއި މިއީ އިޝްތިހާރު ނުލައި ދައްކާނެ ފުރަތަމަ ލައިވް ކުޅިވަރު އިވެންޓު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަޖްވާ

    އިސްތިރާކާ ނުލާ އަދި އިސްތިހާރަކާވެސް ނުލާ ލަލީގާ ގެ މެޗްތައް ބަލާލަން ލިބުމަކީ ކިހާ އުފާވެރި ކަމެއްކަން އެނގޭނީ އެކަން ތަޖްރިބާ ކުރެވިފަ ހުރި ބަޔަކަށް! ކޭބަލް ޓީވީ ހާދަހާ ވާ ލާރި އެކޭ އެ ނަގަމުން ދަނީކީ އިނގޭ! މިހާރު ދިރާނގު ޓީވީ އައިފަހުން ތަންކޮޅެއް މައިތިރިހެން ހީވަނީ! އެވެސް ޖޭބީ އެކާއުޅެންވެގެން އިންވެސްޓަރުން ކައިރިޔަށް ދިޔައިމަ، އެ ފަކީރު ބޭރުކޮށްފަ ފައިސާ ހުރި މަހުޖަނުންތަކެއް އިންވެސްޓޭ އިންވެސްޓޭ ކިޔައިގެން ދިވެހިންގެ ލޭބޮމުން ދުވެ ނަގަނީ އިނގޭ!

  2. ކެޕް

    އަލްހްމްދުލިﷲ