މޮރޮކޯގެ ޒުވާން ކުޅުންތެރިޔާ އަޝްރަފް ހަކީމީގެ މައްޗަށް އުފުލުނު ރޭޕްގެ ތުހުމަތުގައި އޭނާގެ އަންހެނުން, ހިބާ އަބޫކް އޭނާގެ ވާހަކަތައް ގަބޫލުނުކޮށް ދެކޮޅުވެރިކަމުގެ ވާހަކަތައް ދައްކައިފިއެވެ.

ޢާންމުކޮށް، ފިރިމީހާ ނުވަތަ ގާތްތިމާގެ މީހަކު އެހެން އަންހެނަކު ރޭޕްކުރިކަމުގެ ވާހަކަތައް ބައެއް މީހުން ގަބޫލުނުކުރެއެވެ. އަދި އެ ހާލަތުގައި ގިނަ ފަހަރު ނަގާނީ ފިރިމީހާގެ ކޮޅެވެ. ނަމަވެސް، ސްޕެއިންއަށް ނިސްބަތްވާ ބަތަލާ ހިބާ ބުނީ މިކަހަލަ މައްސަލަތަކުގައި އޭނާ އަބަދުވެސް ހުންނާނީ އަނިޔާ ލިބުނު މީހާއާ އެއްކޮޅަށް ކަމަށެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ "މާރކާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 24 އަހަރުގެ ހަކީމީގެ މައްޗަށް އުފުލާފައިވާ ރޭޕްގެ ތުހުމަތުތަކާއި ބެހޭގޮތުން އޭނާ ސީދާ ވަކި އެއްޗެއް ބުނެފައިނުވެއެވެ. ހަކީމީގެ މައްޗަށް ކުރެވުނު ދައުވާގައި ހިބާ ވަނީ މިހާތަނަށް ހަނު ހުރެފައެވެ.

ނަމަވެސް، އެންމެ ފަހުން ހިބާ "މާރކާ"އަށް ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ވަނީ "ޝަރުއީ ނިޒާމުގެ ތެރެއިން ކުރަމުންދާ އިތުބާރުހުރި މަސައްކަތް" ގަބޫލުކުރާ ކަމަށް ބުނެފައިއެވެ.

ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތުތައް އުފުލުމުގެ ކުރިންވެސް ހިބާ ވަނީ ހަކީމީއާ ދުރަށްދާން ނިންމައިފައެވެ.

"ގާނޫނީ ގޮތުން އޭނާއާ ދުރުވެ އެކީގައި ނޫޅެން (ވަރިވާން) ނިންމައިގެން އެކަމުގެ ހިތާމައިގައި ހުއްޓާ އެއްވެސް މީހަކު ހީވެސް ނުކުރާނެ އޭގެ އިތުރަށް އެވަރު ކަމެއް އަޑުއަހަން ޖެހިދާނެ ކަމަކަށް،" ހިބާ ބުނެފައިވެއެވެ.

ދެހާސް ވިހި ވަނަ އަހަރުގައި ހަކީމީއާ ކައިވެނިކުރި ހިބާ ވަނީ ހަކީމީގެ މައްޗަށް ރޭޕްގެ ދައުވާއެއް ކުރެވުނު ހިސާބުން ދުބާއީއަށް ދިރިއުޅުން ބަދަލުކޮށްފައެވެ. މިފަދަ ވާހަކަތަކާ ދުރަށް ދިރިއުޅުން މުޅިން އައު ފެށުމަކުން ފަށަން ބޭނުންވާކަމަށްވެސް ހިބާ ބުނެފައިވެއެވެ.

ހަކީމީގެ މައްޗަށް ރޭޕްގެ ދައުވާ ކޮށްފައިވަނީ އުމުރުން 24 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ ބުނީ އެ އަމަލު ހިނގާފައިވަނީ ޕެރިސްގައި ހުރި ހަކީމީގެ ގެއަށް ގޮސް އުޅެނިކޮށް ކަމަށެވެ. އޭނާ މި މައްސަލަ ފުލުހުންނަށް ހުހަޅާފައިވަނީ މިދިޔަ މަހުގައެވެ.

ހަކީމީގެ މައްޗަށް މިފަދަ ދައުވާއެއް އުފުލިފައިވާއިރު، އޭނާގެ ކައިވެންޏަށް ދެ ކުދިންވެސް ލިބިފައިވެއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ހަކީމީގެ އަންހެނުން ހިބާއަކީ އޭނާއަށްވުރެ 12 އަހަރު ދޮށީ އަންހެނެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަކީމީ

    ހަކީމީ އަތުގައި ލާރި ހުރިކަން އިގޭތީ އޭގެ ބޭނުމުގައި ވަރިވަނީ ދޯ!

    18
    2
  2. ނަނަނަ

    މުސްލިމް އަނބިންނަށް ވަރިވީމަ ލިބެނީ ދަރިންގެ ޚަރަދު އެކަނި ނޫންތަ؟