ޕީއެސްޖީ އަށް ކުޅޭ މޮރޮކޯ ޑިފެންޑަރު އަޝްރަފް ހަކީމީގެ މުދަލާއި ފައިސާ، އޭނާގެ މަންމަގެ ނަން މައްޗަށް ބަދަލުކޮށްފައިވާތީވެ، އޭނާގެ މިލްކިއްޔާތުން ބައެއް ހޯދުމަށް ކުރީގެ އަނބިމީހާ ހިބާ އަބޫކް ކުރި މަސައްކަތް ނާކާމިޔާބުވުމުން އިތުރު ދައުވާތަކެއް ކޯޓަށް ހުށަހަޅައިފިއެވެ. ހިބާ ފުރަތަމަ ހުށަހެޅީ ހަކީމީގެ މިލްކިއްޔާތުގައި ހުރި މުދަލުގެ %50 އޭނާ އަށް ދިނުމަށެވެ. ނަމަވެސް އެމައްސަލަ ނާކާމިޔާބު ވުމުން މިހާރު ވަނީ އިތުރު ދެމައްސަލައެއް ހުށަހަޅާފައެވެ.

މޮރޮކޯގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހިބާ މިހާރު ވަނީ ވަރީގެ ބަދަލެއްގެ ގޮތުން 11 މިލިއަން ޑޮލަރު ހަކީމީގެ އަތުން ހޯދަން ކޯޓުގައި ދައުވާ ކޮށްފައެވެ. ނަމަވެސް ހަކީމީ ކޯޓުގައި ބުނެފައި ވަނީ ވަރީގެ ބަދަލެއްގެ ގޮތުން ދެވޭނީ ދެމިލިއަން ޑޮލަރު ކަމަށެވެ.

ވަރި ކުރުމުން ހަކީމީ، ހިބާއަށް ދޭން ޖެހޭ ފައިސާގެ އަދަދު ނިންމާނީ އެމައްސަލައިގެ އިތުރު އަޑުއެހުންތަކެއް ބޭއްވުމަށް ފަހުއެވެ.

ބަދަލުގެ މައްސަލައިގެ އިތުރުން ހިބާ ވަނީ ހަކީމީގެ މައްޗަށް މަކަރު ހެދުމާއި އޮޅުވާލުމުގެ ދައުވާ އުފުލާފައެވެ. އޭނާ އެދައުވާ އުފުލީ ދެމީހުން ކައިވެނި ކޮށްގެން އުޅުނުއިރު ލިބުނު މުދަލަށް ހަކީމީ ހިޔާނާތްތެރިވެ، އެމުދަލުގެ ނާޖާއިޒު ފައިދާ ނަގާފައިވާ ކަމަށް ބުނެއެވެ.

ހިބާ، ހަކީމީ ކައިރިން ވަރިވުމުގެ މައްސަލަ މީޑިއާތަކަށް ފެންމަތިވީ ދާދިފަހުން ހަކީމީގެ މައްޗަށް އަންހެނަކު ރޭޕްގެ ތުހުމަތު ކޮށްފައި ވަނިކޮށެވެ. ނަމަވެސް ހިބާ ވެސް ބުނެފައިވާ ގޮތުގައި ދެމީހުން ވަރިވާން އޭގެ ކުރިން ވެސް އޮތީ ނިންމާފައެވެ. ދެމަފިރިން ވަރިވާން ނިންމި ސަބަބެއް ދެމީހުން ކުރެ މީހަކު އަދި މީޑިއާއަށް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    މި އަންހެންވެރިން މިއުޅެނީ އަބަދުވެސް ފިރިހެނުންގެ ޖީބު ފަޅަން ދޯ. އެކަމަކު އަންހެންވެރިން ބުނަނީ ފިރިހެނުންނާ އެމީހުން ހަމަހަމަޔޯ. ހަމަހަމަނަމަ ޗަފާޑަށް ތެޅެންވީ ކިޔެއްވެ؟

    30
    3
  2. ލާރިއޯ

    ލާރިއާ ހެދި ބޫތު ކައިފަ

    32
    1
  3. ހިބާގެ ލޯބިވެރިޔާ

    ލާރިކޮޅު ހިފައިގެން އާދޭ ރާއްޖެއަށް..

    15
    2
  4. ދަރަނި ދަންތުރަ

    ޒީލަގަދަ މަންޖެއެއްތާ ރަނގަޅު ބޮނޑިއެއް ބޮއިގެން ކަކޫ މައްޗަށް ތިރިވެ މައިތިރި ވާނެ ބަލަން މިތިބީ

    26
    1
  5. ނަނަނަ

    ރާއްޖެ ކަހަލަ ގައުމުތަކުގަ ހަމަ ހުރެލާފަ ކޮންމެވެސް އެކައުންޓަކަށް ލާރިކޮޅު ޖަމާކޮށްލާފަ ހައެއްކަ ދަރިން ދީފަ ހުންނަ އަނބިމީހާ ވަރިވީމަ/ވަރިކޮށްފަ ހާލުގަ ޖެއްސިއަސް އިންސާފު ލިބޭ ގައުމުތަކުގަ ތިހެނެއް ނުހެދޭނެ. މަށަށް 11 މިލިއަން މަދު... ރަނގަޅު އަދަދަކީ 110 މިލިއަން. އެއީ ހަކީމީއަށް މުސްތަގުބަލުގަ ލިބެން ހުރި ލާރިން ވެސް ބައެއް ލިބެން ޖެހޭތީ..

    5
    24
    • ގިނި

      މޮޔަ ނުގޮވާ ނަނަ ކިޔަން އޮވެ ނިދާލާ

      17
      3
    • Anonymous

      ތިމާގެ ފިރިއެއް ހުރިކަން ނުދަންނަ އަންހެނުންނަށް ތިހާލު ޖެހޭނެ. ފިރިމީހާ ބަހައްޓާފައި ހިލޭ ފިރިހެނުންގެ ގައިގައި އުނގުޅޭ އަންހެނުންނާއެކު ފިރިން ނުތިބޭނެ. ފިރިމީހާ ލައްވާ ކައްކައިގެން ކާން އުޅޭ އަންހެނުންނާއެކު ފިރިން ނުތިބޭނެ. ފިރިމީހާ ލައްވާ ބޮޑެތި ލޯނު ނަގުވައިގެން ފިރިމީހާ ދަރަނިވެރިކުރުވަން އުޅޭ އަންހެނުންނާއެކު ފިރިން ނުތިބޭނެ. މިބުނީ ހުރިހާ ފިރިން ރަނގަޅެކޭ / ގޯހެކޭ ނޫން. އަދި ހުރިހާ އަނބިން ގޯހެކޭ / ރަނގަޅެކޭ ވެސް ނޫން. މިބުނީ ހަވަރުތުންފުހީގެ ވާހަކަ. އެނގިއްޖެތަ؟

      23
      3
      • ސިމްޕް

        ކިތައް އަންހެނުން ތިބެނީ ގޭގައި ކައްކާ ގުލާނުކުރަން ފިރިމީހާ އެހެން އަންހެނުން ގައިގަ އުނގުޅޭ އިރު. މާގިނަވާނެ! އެހެންވީމަ ބަދަލުގައި ކޮންމެ ބޮނޑިއެއްވެސް ދޭން ތިބޭނީ ތައްޔާރަށް.

  6. ހުސޭނުބޭ

    ތާކުން އެއްޗެއް ފެންނައިރަށް ހޭބަލިވެގެން އެޔެއް ފަހަތުން ދުވަންފެށީމާ ވާނެ ގޮތް މިހާރު ހަކީމީއަށް އިހްސާސްވާނެ.

    17
    3
  7. ޙސުޖެ

    ފިރިހެނަކު އަންހެނަކާއި އިންނަ ސަބަބު ތަކުގެތެރެިން އެއް ސަބަކީ ޖިންސީ އުފާ ދެމީހުން އެކުގައި ހޯދުން. އެއީ ދިރިިއުޅުމުގައި ނެތްކަމެއް ކަމަށް ހަދާ ހިސާބުން ފިރިހެނުން އެހެން ގޮތެއް ހޯދާނެ.

    2
    2