އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ ލެއިސްޓަރ ސިޓީއާއި ފުލަހަމް ބައްދަލުކުރި މެޗު ފުލަހަމްއިން ކާމިޔާބުކޮށްފިއެވެ.

ފުލްހަމްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބުކޮށްފައި ވަނީ 3-5ގެ ނަތީޖާއަކުންނެވެ.

2015-16 ސީޒަން ކާމިޔާބުކޮށްފައިވާ ލެއިސްޓަރ ސީޓިއަށް މި ސީޒަނުގައި ރަނގަޅު ކުޅުމެއް ނުދެއްކެއެވެ. މިހާރު ތާވަލުގެ 10 ވަނައިގައި އޮތް ފުލަހަމްއިން މުޅި މެޗު ކޮންޓްރޯލުކޮށްގެން ކުޅުނު އިރު ފުރަތަމަ ހާފުގައި ވަނީ ގޯލާއި އަމާޒުކޮށް ފަސް ހަމަލާ ފޮނުވާލާފައެވެ. ލެއިސްޓަރ ސިޓީއަށް ފޮނުވާލެވުނީ ތިން ހަމަލާއެވެ.

ފުލްއަމް އަދި ލެއިސްޓަރ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗު ފަށައިގެން 10ވަނަ މިނެޓުގައި ފުލްހަމްއިން ވަނީ ގޯލު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ވިލިއަންއެވެ. އޭގެ އައް މިނެޓު ފަހުން ދެވަނަ ލަނޑެއް ޖަހާ ފުލްހަމްއިން ވަނީ ލީޑު ފުޅާކޮށްފައެވެ. ހެރީ ވިލްސަން ދިން ޕާހަކުން މެޗުގެ 18ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށް ދިނީ ވިނިށިއަސްއެވެ.

ފުލު ފުލުގައި ފުލްހަމްއިން ހަމަލާތައް ފޮނުވާލަމުން ދިޔަ އިރު ލެއިސްޓަރއަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ފުލްހަމްއިން ވަނީ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ވިނިށިއަސްގެ އެހީތެރިކަމާއެކު މެޗުގެ 44ވަނަ މިނެޓުގައި މިލަނޑު ކާމިޔާބުކޮށް ދިނީ ޓޮމް ކާނޭއެވެ.

ފުލްއަމް އަދި ލެއިސްޓަރ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން

ދެވަނަ ހާފު ފަށައިގެން ލެއިސްޓަރއިން ވަނީ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ފުލްހަމްގެ ގޯލަށް އަމާޒުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި ލެއިސްޓަރއިން ވަނީ ގޯލަށް އަމާޒުކޮށް ހަ ހަމަލާއެއް ފޮނުވާލައިފައެވެ. ދެވަނަ ހާފުގައި ފުލްހަމްއަށް ގޯލަށް އަމާޒުކޮށް ފޮނުވާ ލެވުނީ ދެ ހަމަލާއެވެ. މިދެހަމަލާވެސް ފުލްހަމްއިން ވަނީ ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ފުލްހަމްއިން ފުރަތަމަ ހަމަލާ ފޮނުވާލާފައިވަނީ މެޗުގެ 51ވަނަ މިނެޓުގައެވެ. ކެންނީ ޓެޓްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކުރީ ތިން ވަނަ ލަނޑުވެސް ފުލްހަމްއަށް ކާމިޔާބުކޮށް ދިން ޓޮމް ކާނޭއެވެ. މެޗުގައި ލެއިސްޓަރއިން ޖެހި ފުރަތަމަ ލަނޑު ފެނިގެން ދިޔައީ މެޗުގެ 59ވަނަ މިނެޓުގައެވެ.

ފުލްއަމް އަދި ލެއިސްޓަރ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން

ޖޭމްސް މެޑިސަންގެ އެހީތެރިކަމާއެކު މިލަނޑު ލެއިސްޓަރއަށް ކާމިޔާބުކޮށް ދިނީ ހަރވޭ ބާންސްއެވެ. އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން މެޗުގެ 65ވަނަ މިނެޓުގައި ފުލްހަމްގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ލެއިސްޓަރއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ޖޭމީ ވާޑީ ފޮނުވާލި މި ޕެނަލްޓީ ފުލްހަމްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުލްއަމް އަދި ލެއިސްޓަރ ސިޓީ ބައްދަލު ކުރި މެޗުގެ ތެރެއިން

މެޗުގައި ފުލްހަމްއިން ޖެހި ފަސްވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ވަނީ ކާމިޔާބުކޮށްފައެވެ. ހަރިސަން ރީޑްގެ އެހީތެރިކަމާއެކު މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވިލިއަންއެވެ. މެޗުގެ 83ވަނަ މިނެޓުގައި ފުލްހަމްގެ ޕެނަލްޓީ އޭރިޔާގެ ތެރެއިން މެޑިސަންއަން ކުރި ފައުލަކާއި ގުޅިގެން ވަނީ ވެނަ ފަހަރަށް ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް މެޑިސަން ވަނީ ލެއިސްޓަރއަށް ފަރަގު ކުޑަކޮށްދީފައެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލައިސްޓަރގެ ތިން ވަނަ ލަނޑު، ޕެޓްސަން ޑާކާގެ އެހީތެރިކަމާއެކު ކާމިޔާބުކޮށް ދިނީ އެޓީމުގެ ފުރަތަމަ ލަނުވެސް ކާމިޔާބުކޮށްދިން ހަރވޭ ބާންސްއެވެ. ކުޅުނު 35 މެޗުން ލިބުނު 30 ޕޮއިންޓާއެކު ތާވަލުގެ 18ވަނައަށް ލެއިސްޓަރ ވެއްޓި ރެލިގޭޝަންގެ ބިރު ވަނީ ބޮޑުވެފައެވެ.